ހުޅުމާލެ 2 ގައި ދެ ބަސް ހުއްޓި އިތުރުކޮށްފި ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 އޮކްޓޯބަރ 2022 - 10:52
ހުޅުމާލެ 2 ގައި ސްޓެލްކޯ ފްލެޓްތައް ހުންނަ ސަރަހައްދަށް އަދި ހުޅުމާލެ 2 ގައި އެންމެ ފުރަތަމަ ހުޅުވި މިސްކިތް ކައިރީގައި ބަސް ސްޓޮޕެއް ހަދައިފި އެވެ.
އެމްޓީސީސީން ބުނީ، މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު އޮޕަރޭޓްކުރާ ބައެއް ބަސް ރޫޓުތަކަށް އާ ދެ ބަސް ސްޓޮޕް އިތުރު ކޮށްފައިވާ ކަމަށެވެ.
ބަސް ސްޓޮޕް އަލަށް އިތުރު ކުރީ، ހުޅުމާލެ 2 ގެ ނިރޮޅުމަގުން މަސްޖިދުލް އަމީރު ޖަލީލް ކައިރި އަށާއި ހިތި ގަސް މަގުން ސްޓެލްކޯ ފްލެޓް ސަރަހައްދަށެވެ.
އެ ބަސް ސްޓޮޕްތައް އިތުރު ކުރީ ހަތަރު ރޫޓަކަށެވެ. އެއީ:
- ހުޅުމާލެ 2 - ހުޅުމާލެ ފޭސް 1 (ރޫޓް 6)
- ހުޅުމާލެ 2 - މާލެ ވެސްޓު ޕާކު (ރޫޓް 7)
- ހުޅުމާލެ 2 - މާލެ ކާނިވާ (ރޫޓް 8)
- ހުޅުމާލެ 2 - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ރޫޓް 9)
ސްޓެލްކޯ ފްލެޓް ސަރަހައްދަށް ދެ ބަސް ސްޓޮޕް އިތުރު ކުރިއިރު އެ ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy