ޔޫތު އެވޯޑް 2022: އެވޯޑް ލިބުނު ފަރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑް ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
23 އޮކްޓޯބަރ 2022 - 22:34
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން މިރޭ ދީފި އެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ އެވޯޑް ހާސިލުކުރި މީހުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
2022 ވަނަ އަހަރު ޒުވާނުންގެ އެވޯޑް ލިބުނު ފަރާތްތައް pic.twitter.com/AqarCrDbEM
— Ministry of Youth,Sports and Community Empowerment (@MoYSCEmv) October 23, 2022
މި ފަހަރުގެ ޒުވާނުންގެ އެވޯޑް ދިނީ ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ދަރުމަވެރި ކަމުގެ ދާއިރާ، ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާ، ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ، ފަންނުވެރިކަމުގެ ދާއިރާ، މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ އަދި ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމް އިން ހޮވުނު ޒުވާނުންނަށެވެ.
ޔޫތު އެވޯޑް 2022: އެވޯޑް ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަކަނބަލުންނާއި ނައިބް ރައީސް ފައިސަލް ނަސީމް އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
• ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ: މުހައްމަދު ޖައިލަމް
• ކުޅިވަރުގެ ދާއިރާ: ނީޝާ ހަލީމް
• ދަރުމަވެރި ކަމުގެ ދާއިރާ: ފިރާޝާ މުހައްމަދު
• ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާ: އަބްދުﷲ ޝަހުނީޒް
• ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ: އަލީ އަމީރު
• ފަންނުވެރިކަމުގެ ދާއިރާ: ޢަބްދުﷲ ޝަފީއު
• މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ: އާފިރު މުހައްމަދު
• ދަނޑުވެރިކަމުގެ ދާއިރާ: އަލީ ރަޝީދު
• ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ: އިބްރާހިމް ޝަރީފް ހަސަން
• ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އިނާމް: އަހްމަދު އަހްނަފް ފިރާގު
ޔޫތު އެވޯޑް 2022: ނައިބް ރައީސް ފައިސަލް ނަސީމް ޔޫތު މިނިސްޓްރީގެ ވެބްސައިޓް ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ އެވޯޑަކީ އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ކޮންމެ އަހަރަކު ވެސް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޯލަބޭ
24 October 2022
ކުޅިވަރުދާ އިރާއިން ބާސްކެޓް ގެ (ސުޕުން) އައް ނިލިބޭތަ؟
މުހައްމަދު ސައީދު / ފިނިފެންމާގެ
24 October 2022
މިފަދަ ޤައުމީ އިނާމުދޭއިރު ކުރިން މިއިނާމުލިބިފަތިބި މީހުނަށް ދަޢުވަތު ނުފޮނުވަނީ މިކަންކުރާއިދާރާއިން ކުރީގެ ރެކޯޑުތައް ބެލެހެއްޓުމުގައި ކޮންކަހަލަ އުސޫލެއް ގެންގުޅޭތީބާ؟؟؟؟
މިއީ މަށެ
24 October 2022
އޭ މަށޭ އެބަ ކިޔާތަ؟
ދިވެހިރެފިއުޖީން
24 October 2022
10 ޒުވާނުން މީހުންނަށް ވެސް އެނގުނީސް ދޯ ފޮޓޯ އެއްވެސް ޖަހާލި ނަމަ. އެހެންމިބުނެވުނީ ގައުމީ އިނާމް ދިންބޭފުން މަސްހޫރު ކަމުން ތިޔައިގެން ބޭފުޅެއްގެ ނަންވެސް ނޭގޭތި. ވަރަށްވެސް ސިއްރުން ދެއްތޯ ހިދުމަތް ކޮށްދެއްވި...
އެމްސް
24 October 2022
ޙުސައިން ޞަލާޙުއްދީން ދައުލަތުގެ އެޓާނީއަކަށް ލީ ޢުމުރުން 18 އަހަރުގަ! ނައިބުތުއްތު ދަންނަން؟
ޒައީމާއަލީ
23 October 2022
ޔޫތް ޑޭ އިވެންޓް ވިނަރސް އަށް މަރްހަބާ…ހިތާމައަކީ މިކަން ކަމަށް މިހާ ބޮޑު ހޭދައެއް ކުރާއިރު ޔޫތް މިނިސްޓްރީ މަސައްކަތް ކޮއްފަ ބިލް ލީމަ 3-4 މަސްވާއިރުވެސް ފައިސާ ނުލިބޭތީ…މަހްލޫފް ވަނީ ފެއިލް ވެފަ..
އެމްސް
24 October 2022
ތިޔަ ދެއްކެނީ ފިނޭންސް މިނިސްޓްރީ ގެ ހިންގުންތެރިކަމުގެ ވާހަކަ!
ޒައީއަލީ
24 October 2022
ނޫނޭ…ފިނޭސް އަށްވެސް ނުދަނީ ބޭނުންވާ ކުންފުނި ތަކަށް އެކަނި ދެނީ…