މަޖީދީމަގު ސްކައިފޯ ކުރިމަތީގައި ހެދި އެމްއެންޕީގެ އާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 އޮކްޓޯބަރ 2022 - 10:44
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖެއިން ބައެއް ނުގެއްލޭ ގޮތަށް ޗާގޮސްގެ މައްސަލަ ހައްލުކޮށްދެއް ވާނެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ރޭ ވިދާޅުވެއްޖެ އެވެ.
މަޖީދީމަގު ސްކައިފޯ ކުރިމަތީގައި ހެދި އެމްއެންޕީގެ އާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ މިއީ ގައުމުގެ ހާލަތާ މެދު ވަރަށް ބޮޑަށް ހިތާމަކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމަށެވެ. އަދި މިހާރު އަބަދުވެސް އިވެނީ ރާއްޖޭގެ ތަންތަން ބޭރުގެ ބަޔަކަށް ވިއްކަން އުޅޭ ވާހަކަ އާއި ނަހަމަ ގޮތުގައި އެކި މީހުންނަށް ތަންތަން ދޭން އުޅޭ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވަން އޮތީ މި ޕާޓީގެ ސްޓޭންޑް ވަރަށް ސާފޭ. ދިވެހިރާއްޖޭގެ އެއްގަމުން، ކަނޑުން އަދި ވައިން އެންމެ ތަންކޮޅެއް ވެސް އަޅުގަނޑުމެން ދޫނުކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
މި ޕާޓީ އަށް ފުރުސަތު ދެއްވާ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ގެއްލެމުންދާ އުޅޭ ޗާގޯސް މައްސަލާގައި އަޅުގަނޑުމެން ގާނޫނުގެ ތަރަހައިން މަސައްކަތްކޮށް، ރާއްޖޭގެ އެންމެ ތަންފުކެއް ވެސް ނުދޭގޮތަށް އެ މައްސަލަ ހައްލުކުރާނަން. -- ނާޒިމް، އެމްއެންޕީގެ ރައީސް
ނާޒިމް ވިދާޅުވި ގޮތުގައި ޗަގޮސް މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅޭ ސްޓޭންޑް ބަދަލުވެ އާންމުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
މަޖީދީމަގު ސްކައިފޯ ކުރިމަތީގައި ހެދި އެމްއެންޕީގެ އާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ މެމްބަރުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ޕާޓީ އަށް ފުރުސަތު ދެއްވާ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ގެއްލެމުންދާ އުޅޭ ޗާގޯސް މައްސަލާގައި އަޅުގަނޑުމެން ގާނޫނުގެ ތަރަހައިން މަސައްކަތްކޮށް، ރާއްޖޭގެ އެންމެ ތަންފުކެއް ވެސް ނުދޭގޮތަށް އެ މައްސަލަ ހައްލުކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރަން، ރައްޔިތުންގެ ހިދުމަތުގައި އުފެއްދި ޕާޓީއެއް ކަމަށާއި އެ ޕާޓީން ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ.
ޗާގޮސްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައި، މަޖިލީހަށް ގަރާރެއް ވެސް ނާޒިމް ހުށަހެޅުއްވި އެވެ.
މަޖީދީމަގު ސްކައިފޯ ކުރިމަތީގައި ހެދި އެމްއެންޕީގެ އާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީއަށް އަލަށް ގުޅުނު ބައެއް ޒުވާނުންނާ އެކު ނާޒިމް ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރޭގެ ޖަލްސާގައި ނާޒިމް ވިދާޅުވީ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ. އެ ޕްރައިމަރީގައި އޭނާ ވެސް ވާދަކުރައްވާނެ ކަމަށް އަނެއްކާވެސް އޭނާ ވިދާޅުވި އެވެ. އަދި ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތީ ވަރަށް ދަށްކޮށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ވެރިކަމެއްގައި އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯރޗް
01 May 2023
ރައްޔިތުންގެ ފުރިހަމަ އަގްލަބިއްޔަތަކުން އިންތިހާބު ކޮށްފަ ހުރި ރައީސުލްޖުމްހޫރިއްޔާ އަކަށް "އެއްވެސް ޝަރުތެއް ނެތި އިސްތިއުފާ ދިނުމަށް" އަމުރުކުރި ބޭފުޅަކު ކޮންމެ ފަދައެއްޗެއް ވެސް ބުނެފާނެ.
ފަޝަން
31 October 2022
ބުނެވިދާނެ ވެރިކަން ލިބިއްޖެ ނަމަ ރާއްޖެއިން ހަނދަށް ރޮކެޓެއް ފޮނުވާނަމޭވެސް
ކްލަނީ
27 October 2022
ނުކުރެވޭނެ ނާޒިމަކަށް، ތިއީ ނަޒާހަތްތެރި މީހެއް ނޫން.
ޖޯކް
27 October 2022
ބަގާވާތް އަލުން އިންވެސްތިގޭޓްކޮށް އޭގެ ބޮޑުން ޖަލަށްލާނެ މަތިން މަ ވޯޓެއްދޭނަން?
hasan
27 October 2022
ޖަވާބު ބޭނުންވާ ކިތަންމެ ކަމެއް ހުއްޓާ ، ތިދެއްކެނީ ވެރިކަމުގެ ވާހަކަ ، އެއްވެސް ޝަރުތެއް ނެތި އިސްތިއުފާ ދޭންޖެހެނީ ކީއްވެތޯ . ކާކު ބުނެގެން ނެރުނު ސިޓީއެއްތޯ ؟ މިބާތުގެ ސުވާލު ތަކެއް ހުއްޓާ ތިދައްކަނީ ވެރިކަމުގެ ޝައުނާ ، ޝާގަތު ގެ ވާހަކަ ، ސޭންޑަސްޓް އިހަށް ބަހައްޓާ ! އެހާދިސާ ނާޒިމް ދަންނަ ގިނަމީހުންނަށް އޮންނާނީ ދިތުން ވެފަ .
ޒުހުދާ
27 October 2022
ތަރިޔާ ހަދުވެސް ބޭލޭނެ މޮޔައިން މޮޅު ވާހަކައެއް ދައްކާލީ ސަޕޯޓް އިތުރުވާނެކަމައް ތިޔަކަމުގަ މިހާރު ޖާނާމާލުނއ ޤުރުބާންނުވާބަޔަކައް އެއްކަމެއްވެސް ނުވާނެ އަވައްޓެރި ބޮޑުބޭބެގެ އެގްޒިމް ބެންކުން ލޯނުދޫގެން ޕްރޮޖެކްޓް ހިންގާބަޔަކައް މިކަން ކިހިނެއްބާ ވާނީ އެމީހުންގެ ސްޓްރަޓީޖިކް އެޖެންޑާޔައް ފައްކާވާ ޕާޓީޔެއް ތިޔައީ
މޯޙަން
27 October 2022
މިހާރު ނުކުރެވުނުކަމެއް ލާހިކެއްނޫންކުރާކައް ، ތިޔަކަހަލަ ވައުދު ވުމުން މިހާރު މޮޔާންވެސް ގަބޫލްނުކުރާނެ ތިޔަބުނަނީ ރޫސީން އަތުން ކްރައިމިއާ ހޯދާވާހަކަ .، ސިފައިންގެ ދައުރުގަ މިކަހަލަ އެކަޑަމީކް ކޭސް ސްޓަޑީއެއް ހެދިންތޯ ނޫނީ ސަންޑާސްޓުން ބޭރުކުރީތޯ
އިސްލާމީ ވެރިކަން ގެނެސްދީ
27 October 2022
އޭރުން ވޯޓު ލާނަން
1206
26 October 2022
ހައްލު ކުރާނެ ގޮތް ބުނެދޭންވީ. ހައްލު ކުރާނަމޭ ބުނުމަކުން ހަމަ ނުފުދޭ.
ސަސް
26 October 2022
ނުވާނެ އެއްކަމެއް ވެސް، ކުރެވޭނެ ކަމެއް ހަރާމް.