އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ވިއްކަމުން އައި ދަގަނޑުގެ އަގު ހެޔޮކޮށްފި ---ފޮޓޯ: ނިޝާން އަލީ | މިހާރު
01 ނޮވެމްބަރ 2022 - 21:48
އެސްޓީއޯ އިން ވިއްކާ ދަގަނޑުގެ އަގު ހެޔޮކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ވިއްކަމުންދާ ދަގަނޑުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.
އެ ކުންފުނިން ވިއްކާ ދަގަނޑުގެ ބާވަތްތަކުން 14 ޕަސެންޓާ ހަމައަށް އަގުތަށް ވަނީ ދަށްކޮށްްފަ އެވެ.
ފާއިތުވި އަހަރުތަކުގައި ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް އައި ލޮޅުމުގެ ސަބަބުން ތަކެތީގެ އަގު އުފުލުނުއިރު، ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ އަގާއި، ދަގަނޑު އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
އެ ދުވަސްވަރުގައި ވެސް ރާއްޖޭގެ މާކެޓުގައި އެފަދަ ތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އެންމެ ކުޑަ އަގެއްގައި މުދާ ފޯރުކޮށްދޭން މަސައްކަތް ކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަންނަމުން އަންނަ މިދުވަސްވަރު، އިމާރާތް ކުރުމުގައި ބޭނުން ކުރާ އެހެނިހެން ސާމާނުތަކުގެ އަގުތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީހާމީ
02 November 2022
ފެން ޖެހިގެން ތެމުނު ދަގަނޑު ތައް ދޯ???
ބޮޑުހުސޭނު
02 November 2022
ހެޔޮކުރީއަގު. އައްޑޫއެސްޓީއޯގަ ރިންގުދަގަނޑުނެތްތާ ކިތައްދުވަސްބާ
އެމްސް
02 November 2022
ފަސޭހަ ކަންކަން ދޫކޮށް ރަޢިއްޔަތުންނަށްވެސް އޭގެ މަންފާ ބޮޑު ކަންކަމަށް އެސްޓީއޯ އިންވެސް އިންވެސްޓް ކުރަންވީ ނޫންތޯ! ދަނޑުވެެރިކަމާއި އެކި އެކި އިންޑަސްޓްރީސް އުފައްދަން! ކަން މިހެން ނުވުމުން ރާއްޖޭގަ ދަނޑުވެރިކަންވެސް މިއަދު ކޮންޓްރޯލް ކުރަނީ ބޮންދުން! ބިދޭސީން ވަޒީފާތަކުގަ ގިނަވުމަކީ ޤައުމުން ބޭރުވާ ފައިސާ އިތުރުވާނެ ސަބަބެއް!
މައުލޫމާތު
04 November 2022
މީގެން މި ފެންނަނީ ދިވެހިންގެ ކަންނެއްކަން. ބޮންދުން ދަނޑުތަކުގައި އުޅެންޖެހެނީ ދިވެހިންނައް ދަނޑުވެރިކަން ކުރަންނުކެރޭތީ. ދިވެހިންގެ ކަންނެއްކަމަ ފުރަތަމަ ބޭހެއް ނުވަތަ ހައްލެއް ހޯދަންވީ. ރާއްޖޭގަ ދިރިއުޅޭ ބިދޭސީންނައް ލިބޭ މުސާރައިގެ 75 ޕަސަންޓް ހަރަދު ކުރަނީ ރާއްޖޭގަ، އަނެއް 25 ޕަސަންޓްފޮނުވަނީ އެބައެއްގެގައުމައް. މި ގައުމުގެ ވެރިން ބޭރުގައުމުތަކައް ކުރާ ދަތިރު ހޭދައައްވުރެވެސް ކުޑައަދަދެއް ބިދޭސީންގެ މުސާރައިން މި ގައުމުން ބޭރުވަނީ.