ސިފައިންގެ ޓީމުގެ ކެޕްޓަން ޒާހިޔާ، މުބާރާތުގެ ތަށި އުފުލާލަނީ.-- ފޮޓޯ: ކްލަބް މޯލްޑިވްސް
04 ނޮވެމްބަރ 2022 - 16:46
ކްލަބް މޯލްޑިވްސް ގެ އަންހެން ޑިވިޝަން ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާ ގެ އެންމެ ފަހު ތިން ފަހަރުގެ ޗެމްޕިއަން އެމްޕީއެލް 10-2 އިން ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއާ އެކު އެމްޕީއެލް އާކު ސިފައިން ވެސް ވަނީ ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ސިފައިން ވަނީ 2013 އަދި 2014 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އެންމެ ގިނަ ފަހަރު 18/30 ފުޓްސަލް ފިއެސްޓާ ކާމިޔާބު ކޮށްފައި ވަނީ، ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކުރި ޓީމް އިމިގްރޭޝަން އެވެ.
ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ސިފައިންގެ ޓީމަށް ކުޅޭ ފާތިމަތު ތީބާ އާއި ބަންގްލަދޭޝް ގައުމީ ޓީމުގެ ސަބީނާ ކަތުން ވަނީ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ތީބާ ތިން ލަނޑު ޖެހި އިރު، ސަބީނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ސިފައިންގެ ޓީމުން ތިން ލަނޑު ޖެހި އެވެ. ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ތީބާ އެވެ. އަދި ތިން ވަނަ ލަނޑު ޖެހީ ކެޕްޓަން އާމިނަތުު ޒާހިޔާ އެވެ. ހާފު ނިމެނިކޮށް ލިބުނު ދުރު ޕެނަލްޓީއަކުން އެމްޕީއެލް އަށް ލަނޑު ޖަހައިދިނީ ގޯލްކީޕަރު ސަސިޕްރަޕްހާ ސަކްސެން އެވެ.
ސަކްސެން އަކީ ތައިލެންޑްގެ ފުޓްސަލް ގައުމީ ޓީމުގެ ގޯލްކީޕަރެވެ. އެމްޕީއެލްގެ ފުރަތަމަ ލަނޑަށް ފަހު ވެސް ފަރަގު ކުޑަކުރަން އިތުރު ދުރު ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ސަކްސެން ފޮނުވާލި އެ ޕެނަލްޓީ، ސިފައިންގެ ގޯލްކީޕަރު ސާއިގާ ހުސެއިން ވަނީ ދިފާއު ކޮށްފަ އެވެ.
ސަބީނާ އާއި ތީބާ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ސަބީނާ މި ހާފުގައި ހަތަރު ލަނޑުޖެހި އިރު، އޭނާ އާއެކު ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުޅޭ މަޓްސުޝިމާ ސުމާޔާ ވެސް ލަނޑެއް ކާމިޔާބު ކުރި އެވެ. މި ހާފުގައި ސިފައިންގެ ޓީމުގެ މަރިޔަމް ރިފާ ވެސް ލަނޑެއް ޖެހި އެވެ.
ދެ ވަނަ ހާފު ނިމެން ތިންވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ކުރިއަށް އަރައި ހޯދި ބޯޅައަކުން އެމްޕީއެލްގެ ދެވަނަ ލަނޑު ޖެހީ ވެސް، ގޯލްކީޕަރު ސަކްސެން އެވެ.
ފައިނަލް މެޗުގައި ޖެހި ހަތަރު ލަނޑާ އެކު ސަބީނާ ވަނީ 22 ލަނޑު ހަމަކޮށް، މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމް ހޯދައިފަ އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓޮޕް ސްކޯރާ އެވެ.
ފައިނަލް މެޗަށް ނުކުތްއިރު 20 ލަނޑާ އެކު މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިފައި އޮތީ އެމްޕީއެލް ޓީމަށް ކުޅޭ ތައިލެންޑު ގައުމީ ފުޓްސަލް ޓީމުގެ ތަރި ނަޓަމޮން އާޓްކްލާ އެވެ. އަނިޔާ އާއެކު ކުޅެމުން ދިޔަ ނަޓަމޮން މެޗުގައި ފޮނުވާލި ގިނަ ލަމަލާތައް ބްލޮކް ކުރަން ސިފައިންގެ ޓީމުގެ ޑިފެންސް ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ސިފައިންގެ ޓީމުގެ ސަބީނާ އާއި ސުމާޔާ އަދި ގޯލްކީޕަރު ސާއިގާ ގެ އިތުރުން، އެމްޕީއެލްގެ ނަޓަމޮން އަދި ކެޕްޓަން ފާތިމަތު ސާލިޔާ އެވެ.
ފެއާ ޕްލޭ ޓީމަކަށް ކްލަބް ވެމްކޯ ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިޔަކީ ސިފައިންގެ ޓީމުގެ ތީބާ އެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ ޓީމުގެ އަހުމަދު ތޯހާ އެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ އެކު "ކުއީން އޮފް ފުޓްސަލް" ގެ މަގާމް ހޯދީ، ސަބީނާ އެވެ.
ކްލަބް މޯލްޑިވްސް ކަޕް 2022 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލް އޮންނާނީ ހޮނިހިރު ދުވަހުގެ ރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ އެމްޕީއެލް އާއި ޓީމް ފެނަކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިމާރުލްގައުމު
05 November 2022
ދިވހެި ސިފައިންނަށް ފިނޑިއަށް ގޮވި އަންހެނާ. ކޮބާތަ މީނަގެ ލަދުހަޔާތް. ގޮސް އެތަނަށް ވަދެ ތަށި ދޭން
ތުނޑުހަސަނު
05 November 2022
އެއީ ސިޔާސީގޮތުން ބުނާ ބުނުންތައް. އޮޑިއަށް އެރީމަ އެނގޭނީ ފަޅުވެރިން މަސައްކަތްކުރާގޮތް. ފަޅުވެރިންކުރާ މަސައްކަތް ފެނި ފަޅުވެރިންނާއެކީ އުޅޭއިރު ޙަގީގީ ވާހަކަ ދައްކާނީ. އޮޑިން ފައިބައިގެން ދެންވާހަކަ ދައްކާގޮތަކުން އެނގޭނީ މީހާގެ ހުންނަ ޕްރޮފެޝަނަލްކަމާއި ތަންދޮރު އެނގޭ މިންވަރާއި ޙަގީގަތުގެ މައްްޗަށް ސިޔާސީ ވިސްނުން އިސްނުކުރާ މިންވަރު.
ބަބުރަންޖީ ހާޖީ
04 November 2022
18/30 ކިއުނު ސަބަބު ކޮންމެވެސްކުއްޖަކު ސާފުކޮށްލައިދީބަލަ؟