ބިޕާޝާ ބާސޫ އާއި ކަރަން:
14 ނޮވެމްބަރ 2022 - 06:35
ބޮލީވުޑްގައި ފަނޑުވުމެއް ނެތި ވިދަމުން އަންނަ ބިޕާޝާ ބާސޫ އާއި ކަރަން ސިންގުގެ އަލަތު ދަރިފުޅަށް ކިޔަނީ "ދޭވީ" ކަމަށް އެ މީހުން ބުނެފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު އެ މީހުން ވަނީ އިންސްޓަގްރާމުގައި ދަރިފުޅުގެ ފައިތިލައިގެ ފޮޓޯއަކާ އެކު ދަރިފުޅުގެ ނަމަކީ ދޭވީ ކަން އިއުލާންކޮށްފަ އެވެ.
ބިޕާޝާ އަލަތު ދަރިފުޅަށް ބަނޑުބޮޑުކަން އިއުލާންކުރީ މި އަހަރުގެ އޮގަސްޓު މަހު އެވެ. އޭގެ ފަހުން އެ މީހުން އައީ ޕްރެގްނެންސީ ފޮޓޯޝޫޓްތަކާއި އެކަމާ ގުޅޭ ހުރިހާ ކަމެއް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ސަޕޯޓަރުންނަށް ހިއްސާ ކުރަމުންނެވެ.
ދެ ތަރިންގެ ވެސް ސަޕޯޓަރުންނާއި ގާތް މީހުން އަންނަނީ ދެ މީހުންނަށް ވެސް މަރުހަބާ ކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިރުސ
14 November 2022
ދޭވީ އަކީ ކޯއްޗެއްކަން ގެޓްވާނެ
ހެޔޮ މަށަށް
14 November 2022
ދެން މަށަށް ކީއްތަ؟
48343
14 November 2022
އަލްމާ ދޭވީ ކައިވެނިކުރަން މިހާރުއްސުރު ތައްޔާރުވާންވީ.