އެފްއެސްއެމްގެ ހުރިހާ ޕެޓްރޯލު ޝެޑުތަކަށް އެމް ފައިސާ މެދުވެރިކޮށް މިހާރު ޕޭ ކުރެވޭނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ނޮވެމްބަރ 2022 - 12:15
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކަށް އެމް ފައިސާގެ ހިދުމަތް އުރީދޫން ތައާރަފު ކޮށްފި އެވެ.
މާލޭގެ އަލިމަސް ކާނިވާ ކުރިމަތީގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލު ޝެޑުގައި އޮތް ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމަދީ އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމެވެ.
އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް ފައިސާގެ ހިދުމަތް ތައާރަފުކޮށް ދެއްވުމަށް ފަހު އެ ކުންފުނީގެ ސީއީއޯ ވިދާޅުވީ، މަސައްކަތް ކުރަނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް، އާއްމުންނަށް ލުއި ފަސޭހަކަން ފޯރުކޮށް ދިނުމަށް ކަމަށެވެ. ޕެޓްރޯލް ޝެޑުތަކަށް އެމް ފައިސާގެ ހިދުމަތް ތައާރަފު ކުރުމުން ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއެސްއެމްގެ އެމްޑީ ގަސަމް (ކ). އާއި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމަދީ، މިއަދު އެމް ފައިސާގެ ހިދުމަތް އެފްއެސްއެމްގައި ތައާރަފުކުރުމުގެ ރަސްމިއްޔާތުގަ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެފްއެސްއެމްގެ އެމްޑީ ގަސަމް ވިދާޅުވީ، އެފްއެސްއެމްގެ ހުރިހާ ޝެޑަކުން ވެސް އެމް ފައިސާގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާ އިރު، އެ ފަދަ ހިދުމަތްތައް ތައާރަފުކުރުން މުހިންމު ކަމަށާއި އެ ހިދުމަތް ތައާރަފު ކުރީ ގިނަ ދުވަސްތަކެއް ވަންދެން އުރީދޫއާ އެކު މަޝްވަރާ ކޮށްފައި ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.
އެމް ފައިސާގެ ހިދުމަތް އެފްއެސްއެމަށް ތައާރަފުކުރުމާ ގުޅިގެން އުރީދޫން ވަނީ އެމް ފައިސާ ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތުގައި އެމް ފައިސާ އިން އެފްއެސްއެމަށް ފައިސާ ދައްކާ ކަސްޓަމަރުންންގެ މެދުގައި ލަކީޑްރޯއެއް ބާއްވާނެ އެވެ. އެ ލަކީޑްރޯއިން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ކިންސްޓަން ފިހާރަ އިން ދޭ ފިނޯ ސައިކަލެއް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަމަކު އެކަމަކު
14 November 2022
އެކަމަކު އެމީހުން ބުނަނީ އެތާ ހުންނައިރު ފޯނު ނުނަގާށޯ. ދެން ކިހިނެއް ތިޔާ އެއްޗެއް ބޭނުންކުރާނީ. ގޯއްޗަށް ގޮސްސަތަ ތިޔަކަމެއް ކުރެވޭނީ؟
ސޮރުބެ
15 November 2022
ބުނަނީ ފޯނުން ގުޅައިގެން ވާހަކަ ނުދައްކަން..