15 ނޮވެމްބަރ 2022 - 10:13
އެމެރިކާ އާއި ޗައިނާއާ ދެމެދު އިތުރު ފިނި ހަނގުރާމައެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ މަހާސިންތާއަށް، އިންޑޮނީޝިޔާގެ ބާލީ އަށް ވަޑައިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށް ފަހު، ރައީސް ބައިޑެން ވިދާޅުވީ ޗައިނާ އާއި އެމެރިކާއާ ދެމެދު ވަރުގަދަ ވާދަވެރިކަމެއް އޮންނާނެ ކަމަށެވެ. ނަމަވެސް އެ ވާދަވެރިކަމުގެ ސަބަބުން ދެ ފަރާތުގެ މެދުގައި މައްސަލައެއް އުފެދި ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ތިން ގަޑިއިރު ވަންދެން ރައީސް ޝީއާ އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ބައިޑެން ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި ކުރިއަށް ދިޔައީ ވަރަށް ހުޅުވިފައިވާ ވަރަށް ހިތް ނިޔަތް ސާފު މަޝްވަރާތަކެއް ކަމަށެވެ.
Biden and Xi met in Bali during the G20 top. "Nothing replaces" face-to-face discussions, says #Biden . Xi says ready for 'sincere' exchange. pic.twitter.com/osBh0bZgv7
— NOËL 🇪🇺 🇺🇦 (@NOELreports) November 14, 2022
"އަޅުގަނޑު ފުރިހަމަ އަށް ގަބޫލުކުރަނީ، އާ ފިނި ހަނގުރާމައެއް ނުހިނގާނެ. އަދި ތައިވާނަށް އަރައިގަތުމަށް ޗައިނާ އިން އެއްވެސް މަސައްކަތެއް ކުރާހެނެއް ވެސް އަޅުގަނޑަކަށް ހިޔެއް ނުވޭ."
ރައީސް ބައިޑެން މި މޭރުމުން ވާހަކަ ދެއްކެވީ، ތައިވާންގެ މައްސަލައާ ގުޅިގެން، ޗައިނާ އާއި އެމެރިކާއާ ދެމެދު އާ ފިނި ހަނގުރާމައެއް ފެށުނަނުދީ ހުއްޓުވިދާނެތޯ، ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
އަދި ތައިވާންގެ މައްސަލައިގައި އެމެރިކާ އިން ގެންގުޅެމުން އައި ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަން ރައީސް ޝީ އަށް ވަރަށް ސާފުކޮށް ދެންނެވި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ ދެކެން ބޭނުންވަނީ ހުރިހާ މައްސަލައެއް ވެސް ވަރަށް ސުލްހަވެރިކަމާ އެކު ހައްލުވެގެން ދާ ތަނެވެ.
"އަޅުގަނޑު މި ދަންނަވާ އެއްޗެއް ރައީސް ޝީ އަށް ވަރަށް ރަނގަޅަށް ފަހުމުވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ."
ބައިޑެން ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ބައިނަލްއަގުވާމީ މުޖްތަމައަށް އަންނަ ބަދަލުތަކާ މުއާމަލާތުކުރުމަށް އެންމެ އެކަށީގެންވާ ގައުމަކީ އެމެރިކާ އެވެ. އަދި ރައީސް ޝީއާ އެކުގައި އިއްޔެ މަޝްވަރާ ކުރެއްވި މައްސަލަތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކައި ގޮތްތަކެއް ނިންމުމަށް، ދެ ގައުމުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ރައީސް ޝީ އާއި އޭނާ އެއްބަސްވެވަޑައިގެންނެވި ކަމަށް، ރައީސް ބައިޑެން ވިދާޅުވި އެވެ.
ދެ ގައުމުގެ ގުޅުމުގެ އިތުރުން އުތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތަކާއި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ޔޫކްރޭން ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ދެކޮޅު ހައްދަވާ ކަމަށް، ރައީސް ޝީ އާއި ރައީސް ބައިޑެން ވެސް އެއްބަސްވެވަޑައިގަތެވެ.
ފިނި ހަނގުރާމަ މާނަކުރެވެނީ، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، އެމެރިކާ އާއި އޭރުގެ ސޮވިއެޓް ޔޫނިއަން (ރޫސީ ވިލާތް) އާ ދެމެދު އޮތް އަސްކަރީ، ސިޔާސީ އަދި އިގްތިސާދީ ވާދަވެރިކަމަށެވެ. އެއަށް ފަހު އާންމު ގޮތެއްގައި ފިނި ހަނގުރާމަ މާނަކުރަމުން އަންނަނީ، އަސްކަރީ ކުރިމަތިލުމަކާ ނުލައި، ވާދަވެރި ނުވަތަ އިދިކޮޅު ދެ ގައުމެއްގެ ދެމެދުގައި، ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އެއް ގައުމުން އަނެއް ގައުމަށް ގެއްލުން ދިނުމުގެ ހާލަތެއް މެދުވެރިވެފައި އޮތުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލުވަޒީރު.
15 November 2022
ދަތްނެތް ސިންގާއަށް ކުރެވޭނެކަމެއް ދެން ނެތް. އެމޭޒަނުން އެތައްހާސް މުވައްޒަފުން ވަކިކުރަނީ. ޓުވީޓާއިން އެހާގިނަ މުވައްޒަފުން ކަނޑާލީ. ފޭސްބުކުގެ އެތައްހާސް މުވައްޒަފުން އެދަނީ ކަނޑަމުން. އެމެރިކާއަށް ލިބުން ގެއްލުންތޯ ބޮޑީ ރަސިއާއަށް ލިބުން ގެއްލުންތޯ ބޮޑީ. ޑޮލަރު ޗާޕުކޮށްގެން ރައްޔިތުންނަށް ކާންދެނީ. މިރާއްޖޭގައިވެސް ކަމަކީ ރުފިޔާ ޗާޕުކުރުން.
ނިއުޓްރަލް
15 November 2022
ކޮން ފިނި ހަނގުރާމައެއް ކުރެވޭނީ.. ރަޝިޔާ އާ ހަނގުރާމަ ކޮށްގެންވެސް ތިއުޅެނީ ގައުމުގެ އަގުތައް ހައްދުން ނެއްޓިގެން.. އަދި ޗައިނާ ކަހަލަ ބިޔަ އިގްތިސާދަކާ ކުޅެލީމަ ކިހާވަރަކުން ދާނެ..
ދގދސެފ×
15 November 2022
ފިނިކޮށްވެސް ހޫނުކޮށްވެސް ހަނގުރާމަކުރާނެކަމެއްނެތް.