ދަ ސާކަލް އިން ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގެ ތެރެއިން. ދަރިވަރުންގެ ހުނަރު ތަރައްގީކުރުމުގެ ގިނަ ޕްރޮގުރާމުތަކެއް އެ ތަނުން ދަނީ ހިންގަމުން. -- ފޮޓޯ: އުގެއިލް ފައުންޑޭޝަން
21 ނޮވެމްބަރ 2022 - 15:37
ކުޑަކުދިންގެ ލީޑަޝިޕްގެ ހުނަރުތައް ތަރައްގީކުރުމުގެ ގޮތުން އުގެއިލް ފައުންޑޭޝަންގެ "ދަ ސާކަލް" އިން ހިންގާ "ފިއުޗާ ލީޑާސް" ޕްރޮގުރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕްރޮގުރާމަކީ 13 އަހަރާއި 15 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއް އަހަރު ދުވަހުގެ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށެވެ.
މިއީ ޕްރޮފެސަ ހަސަން އުގެއިލްގެ ހާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ. ޕްރޮގުރާމުގައި ކިޔަވައިދެއްވާނީ އުގެއިލްގެ އިތުރުން އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންނެވެ.
މި ޕްރޮގުރާމުގައި ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުގެ މައުލޫމާތާއި، އެ ދާއިރާތަކަށް އަންނަމުންދާ ބަދަލުތަކާއި، އެ ދާއިރާތަކުން ކުރިއަށް ދިއުމަށް ކިޔަވަންޖެހޭ އެކި މާއްދާތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާ ހިއްސާކުރާނެ އެވެ. އަދި ވާހަކަދެއްކުމާއި މުއާމަލާތް ކުރާނެ ގޮތުގެ ހުނަރާއި، ނެޓުވޯކު ކުރާނެ ގޮތްތަކާއި އެކި ގޮންޖެހުންތަކާ ކުރިމަތިލާން ބޭނުންކުރަންވީ އުކުޅުތައް ވެސް ކިޔައިދޭނެ އެވެ. އެ ޕްރޮގުރާމަކީ ޓާސްކް އަދި ޕްރޮޖެކްޓް ބޭސްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.
ދަ ސާކަލައިން ބުނި ގޮތުގައި މިއީ ލިމިޓެޑް ސީޓުތަކެއް ހިމެނޭ ޕްރޮގުރާމެކެވެ. ޕްރޮގުރާމަށް ހޮވުމަށް އެ އެކަޑެމީން ނިންމާފައިވާ ވަނީ 40 ކުދިންނެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވި ކުރީގެ ދަރިވަރުން ބުނި ގޮތުގައި އެ ކުދިންގެ މުސްތަގުބަލު ބައްޓަން ކުރުމުގައި އިސް ދައުރެއް އެ ޕްރޮގުރާމުން ވަނީ އަދާކޮށްފަ އެވެ. އަދި ލީޑަރެއްގެ ހުންނަންޖެހޭ ކޮލިޓީތަކާއި، ލީޑަރަކަށްވުމަށް ބޭނުންވާ ސިފަތަށް ވަރަށް ފުރިހަމައަށް ދަސްވެ، ލީޑަރަކަށް ވުމަށް ދާންވީ މަގު ދެނެގަނެވިއްޖެ ކަމަށް ވެސް ބުންޏެވެ.
ދަ ސާކަލްގެ ޕްރޮގުރާމުގައި ރަޖިސްޓާވެވޭނީ https://theCircle.ac/LOT23 ލިންކުގައިވާ ފޯމު ފުރައިގެންނެވެ. އަދި ބައިވެރިވުމަށް އިންޓަވިއުއެއްގައި ބައިވެރިވާން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޭރަންޓް
22 November 2022
ރާއްޖޭގެ އެއްވެސް ސްކޫލަކުން ކިޔަވައިގެން ނިކުންނަކުދިންގެ ގާބިލްކަމެއް ނުހުންނާނެ، ހިތާމަވެރިކަމެއް. ކިޔަވާދިނުމުގެ ގޮތްގަނޑު ބަދަލުކުރަންޖެހޭ، މިހާރު ކުދިން ހަލާކުވުން ނޫންކަމެއް ނުވޭ
އެމްސް
22 November 2022
މުސްތަޤްބަލާއި މާޒީއަށްވުރެ މުހިއްމީ މިހާރު! ހުރިހާ ކަމެއްވެސް ހިނގަނީ މިވަގުތު! މިވަގުތު އާމްދަނީގެ ހުރިހާ ވަސީލަތެއްހެން މިޤައުމުގަ އޮތީ ބިދޭސީންގެ އަތްމަތީ! %90 ވަޒީފާ ދިވެހި ކުންފުނިތަކުންވެސް ޚާއްސަކުރަނީ ބިދޭސީންނަށް! މިއަކީ ލިބޭ މިންވަރުން ދެކޮޅުޖެއްސޭ، ޑުބާއީ ފަދަ އިންޑަސްޓްރިއަލް ނުވަތަ ފުދުންތެރި ތަނެއްވެސް ނޫން! ހުރިހާ ތަކެއްޗެއްހެން ޑޮލަރު ދީފަ ބޭރުން މިޤައުމަށް އެތެރެކުރާ ތަނެއް! އޭގެ މައްޗަށް މަހަކު އެތައް ސަތޭކަ މިލިޔަން ޑޮލަރު....
މަދީޙާ
21 November 2022
ސްކޫލުތަކުން ކުދިންނަށް ކިޔާނުދޭ އެތައް ފިލާވަޅު ތަކެއް މި ޕްރޮގްރާމް ގައި ކުދިންނަށް ކިޔައިދޭ! ވަރަށް ރަގަޅު ޕޮރޮގްރާމް އެއް
ައައިނަސީމް
22 November 2022
ކުދިން މީހުންނަށް ވުމުން އަންނަ ބަދަލަކީ ސްކޫލް މަންހަޖުގެ ތެރެއިން މަޢުލޫމާތާއި ހުނަރު އަދި އުޅުން ދަސްކޮށް ނުދެވޭތީވެ ދިމާވާ ކަމެއް ނޫން. އެއީ އޭނާ ހިމެނޭ މާހައުލުގެ ނުފޫޒުތަކުގެ ސަބަބުން ދިމާވާ ކަމެއް. ދުނިޔޭގެ އިޖުތިމާޢީފޭރާމގެ ފެންވަރު ބަދަލުއައިސް ދަށަށް މިދަނީ، މީހުންގެ ހިތްހަމަޖެހުމަށް އިޖުތިމާޢީ ޤާނޫނު ހަލާކު ކުރަމުން ދާތީވެ. އެކަން އެހެންވާނެ. ދެން އެކަން ނުހުއްޓުވޭނެ. ކިތަންމެ ތަޖުރިބާކާރު ޕްރޮފެސަރުންވެސް ދެން އިސްލާހެއް ނުކުރެވޭނެ.
އަޙްމަދު.
21 November 2022
ހަމަ ވަރަށް ސަޅި ޕްރޮގުރާމް އެއް.. ލީޑަރަކަށްވުމަށް ބޭނުންވާ ސިފަތަށް ވަރަށް ފުރިހަމައަށް ކިޔައިދޭ.
ޙައްވަ.
21 November 2022
ކުދިންގެ މުސްތަގުބަލު ބައްޓަން ކުރުމަށް މީ ރަނގަޅު ޕްރޮގުރާމް އެއް
އުނަސް
21 November 2022
އަޅުގަނޑު ވަރަށް ލުކް ފޯވަޑް ކޮށްގެން މިހިރީ މިއަށް، ވަރަށް ރަނގަޅު ޕުރޮގުރާމެއްކަމަށް މީހުން ކިޔާތީ
ޒުލޭޚާ
21 November 2022
މީގެ ބައިވެެރިވާ ކުދިންގެ ހުނަރު އެކުދިން ލިޔެފައިހުންނަ އާޓިކަލްތަކުން ފެނުނު. ވަރަށް ބޭނުންތެރި ބޭނުންތެރި މަސައްކަތެއް. އަންނަން އޮތް ޖީލަކީ އަލުގަނޑުމެންގެ މުސްތަގުބަލު.
އަހުމަދު41
21 November 2022
ރަނގަޅު ޕްރޮގްރާމެއް. މީގެ ވާހަކަ ކުރިން އަޑުއެހިން. އަދި ކުދިންގެ ބައެއް މަސައްކަަތް ފެނުނު. ވަރަށް ރަނގަޅު.