ވިޔަފާރި / ވެލިގާ ހާޑްވެއާ

ވެލިގާ ވޯލްޑް ކަޕް ފޯރި: ސްކޯ ދިމާ ކޮށްގެން އައިފޯން 14 ޕްރޯ މެކްސް އެއް

މަޖީދީ މަގުގައި ހުންނަ ވެލިގާ ފިހާރަ. އެ ފިހާރައިން ސްކޯ ދިމާ ކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފަ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިހާރު"ގެ ސްކޯ ޕްރިޑިކްޓާގައި ހިމެނޭ ވެލިގާ ގްރޫޕް، "ވެލިގާ ވޯލްޑް ކަޕް ފޯރި" ގައި ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ރަނގަޅު ސްކޯ ދިމާކުރާ މީހަކަށް އައިފޯނު 14 ޕްރޯ މެކްސްއެއް ހުށަހަޅާފައި ވާއިރު ގިނަ ބަޔަކު އޭގައި ބައިވެރިވެއްޖެ އެވެ.

ވެލިގާގެ ގްރޫޕްގައި މިހާތަނަށް ތިން ހާހެއްހާ މީހުން ބައިވެރިވެފައި ވާއިރު މީގެ ތެރެއިން އެންމެ މޮޅު ބައިވެރިއަކަށް ހޮވޭނީ އެންމެ ގިނަ މެޗުތަކުގެ ރަނގަޅު ސްކޯ ދިމާކުރާ މީހެކެވެ. އަދި އެންމެ މަތިން ހޯދާ އިތުރު ފަސް މީހަކަށް 5،000ރ. ގެ ގިފްޓު ވައުޗަރެއް ވެސް ލިބޭނެ އެވެ. އަދި ވެލިގާއިން ކަނޑައަޅާ ވަކި މެޗުތަކެއްގެ ސްކޯ ދިމާ ކުރުމުން ވެސް އަގުހުރި ގިފްޓު ވައުޗަރެއް ލިބޭނެ އެވެ. ވެލިގާއިން ބުނީ އެ ފިހާރައިން ގިފްޓު ވައުޗާ ހުށަހަޅާ ހާއްސަ މެޗުތަކުގެ މައުލޫމާތު ސޯޝަލްމީޑިއާ މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ވޯލްޑް ކަޕް ފޯރި އިތުރުކުރުމުގެ ގޮތުން "މިހާރު" ސްކޯ ޕްރިޑިކްޓާގައި އެ ތަނުގެ މުވައްޒަފުންނަށް ހާއްސަ ޕްރައިވެޓް ގުރޫޕެއް ވެސް ވަނީ ހަދައިފަ އެވެ. އެ ގުރޫޕުގައި ސްކޯ ދިމާ ކުރާ މުވައްޒަފުންނަށް އަގުހުރި ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެއް ވަނަ އިނާމަކަށް ޓެންތު ޖެން އައި ޕެޑް މިނީއެއް ހުށަހަޅާފައި ވާއިރު، ދެ ވަނަ އަށް އެއިޓްތް ޖެންގެ އެޕަލް ވޮޗެއް ވަނީ ހުށަހަޅާފަ އެވެ. އަދި ތިން ވަނަ އަށް ސެކަންޑް ޖެންގެ އެއާޕޮޑް ޕްރޯއެއް ވަނީ ހުށަހަޅައިފަ އެވެ.

ވެލިގާ އަކީ ދިވެހިންގެ މެދުގައި ފުޓުބޯޅައިގެ ފޯރިގަދަ ކުރުމަށް އަގުހުރި އިނާމުތަކެއް ހުށަހަޅާ އެކި މުބާރާތްތަކަށް ފެންޓަސީ ލީގު ވެސް ހިންގާ ފިހާރައެކެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާޕް މޯލްޑިވްސް

21 November 2022

އަހަރުމެން އެންޑްރޮއިޑް ފޯނުގެ ފޭނުންނަށް ކަމެއްނެތްދޯ؟ ތީދެން ފެޓްރޯލް ނުވިއްކާ ރަށެގައި ސައިކަލް ވިއްކުން ފަދަކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454