ވިޔަފާރި / އެޑްވަޓޯރިއަލް

ލިލީ އިންޓަނޭޝަނަލް: 22 އަހަރުން އެންމެ ކުރިއަށް

ހެންވޭރުގައި ހުންނަ ލިލީ އެފް އެންޑް ބީ ސަޕްލަޔާސް ފިހާރަ. ލިލީ އިންޓަނޭޝަނަލް އަކީ ރާއްޖެއަށް ގިނަ ބްރޭންުތަކެއްގެ އުފެއްދުންތަކެއް އެތެރެ ކުރާ ކުންފުންޏެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

27 ނޮވެމްބަރ 2022 - 09:21

1 comments

މީގެ 22 އަހަރު ކުރިން ލިލީ އިންޓަނޭޝަނަލް އުފެއްދިއިރު، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުންފުންޏަށް އެ ތަން ވާނެ ކަމަށް އޭނާގެ ހިތަށް ކުޑަކޮށް ވެސް ނާރަ އެވެ. ވަރަށް ކުޑައިރުއްސުރެ ވިޔަފާރި އަށް ލޯބި ޖެހިފައި ހުރުމުން އެ ވިޔަފާރި އާމިރު މަންސޫރު އިސްވެ، އެ ކުންފުނި އުފެއްދެވީ އެވެ. މިއަދު ލިލީ އިންޓަނޭޝަނަލް އަކީ ރިސޯޓުތަކުގެ މެދުގައި އެންމެ މަގުބޫލު އެއް ކުންފުންޏެވެ. އެފްއެންއެންބީގައި ރާއްޖޭގެ އެއްވަނައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ހޯލްސޭލް އަދި ރީޓެއިލް މާކެޓުގައި ލިލީ އިންޓަނޭޝަނަލްގެ ނަން ގުނަން ޖެހެނީ އެއްވަނައިގަ އެވެ.

ގާތްގަނޑަކަށް 400 މުވައްޒަފުން ތިބޭ ލިލީ އިންޓަނޭޝަނަލްގެ އެއް ޑައިރެކްޓަރު އަދި މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރު 2000 ވަނަ އަހަރު އެ ކުންފުނި އުފެއްދެވީ އެންމެ ނުވަ މުވައްޒަފުންނާ އެކު އެވެ. އޭރު ލިލީ އިންޓަނޭޝަނަލްގެ އޮފީސް ވެސް ހުރީ ބާޒާރުގައި ހުރި ގުދަނެއްގެ މަތީގަ އެވެ. ވަރަށް އާދައިގެ، ކުޑަކުޑަ އޮފީހެކެވެ. އެހާ އާދައިގެ ގޮތަކަށް ފެށި އެ ވިޔަފާރި ފުޅާވެ، މިއަދު ދިވެހިންނަށް އެންމެ ގިނަ ބާވަތްތައް ސަޕްލައިކޮށްދޭ ކުންފުނީގެ ގޮތުގައި އޮތީ އާމިރު މަންސޫރުގެ ބުރަ މަސައްކަތާއި ވިޔަފާރީގައި ގެންގުޅުއްވި ހަރުދަނާ އުސޫލުތަކުގެ ސަބަބުންނެވެ.

ލިލީ އިންޓަނޭޝަނަލްގެ އެއް ޑައިރެކްޓަރު އަދި މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރު "މިހާރު"ގެ ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ދުނިޔެ އަށް ކުރިމަތިވި އެކި ކަހަލަ ކާރިސާތަކާ ގުޅިގެން ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ. އެ އިން ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެން ހިޔާރު ކުރަނީ ކެތްތެރިކަން. އެ ހާލަތެއްގައި ކުންފުންޏަށް އާމްދަނީ ހޯދެން ހުރި ގޮތެއް ހޯދައި، އެ އަށް އަމަލު ކުރަނީ،" އާމިރު މަންސޫރު ވިދާޅުވި އެވެ.

"މިސާލަކަށް ކޮވިޑުގެ ތެރޭގައި ކުންފުންޏަށް ވަރަށް އަސަރު ކުރި. އަޅުގަނޑުމެންގެ ހުރިހާ ތަނެއް ޖެހުނީ ބަންދު ކުރަން. އެކަމަކު ޑެލިވަރީ އަށް ނުކުމެ، ކޮވިޑާ އެއްކޮށް މަޑުމަޑުން ކުންފުނީގެ ކަންތައްތައް ހަމައަކަށް އެޅުމަށް ކެތްތެރިކަމާ އެކު މަސައްކަތްތައް ފެށީ. މިއަދު ކުންފުނި ކުރީގެ ހާލަތަށް އައިސް އޮތުމުގެ ސިއްރަކީ އެއީ."

އާމިރަކީ ވިޔަފާރީގައި ވަރަށް ދުރަށް ވިސްނަވާ ބޭފުޅެއްކަން ވިޔަފާރީގެ ކާމިޔާބީން ސާފުވެ އެވެ. ކޮންމެ އަހަރެއް ވެސް ފަށަނީ މާކެޓް ސްޓްރެންތާއި ބައިން ޕަވާ ބަލައި ދިރާސާކޮށް، އެ އަހަރަކަށް ބޭނުންވާ ސްޓްރެޓެޖީއެއް އެކުލަވާލައިގެންނެވެ. ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ދެވެން ހުރި ގޮތްތައް ހޯދައި، މާކެޓުގައި އަބަދުވެސް އަލަށް ނުކުންނަށް އުފެއްދުންތަކާއި ގުޅުން ހުރި މައުލޫމާތުތައް ވެސް އާމިރު ހޯއްދަވަ އެވެ.

ބޭރުގެ މަޝްހޫރު ކޮފީ ބްރޭންޑް ސްޓާ ބަކްސްގެ އުފެއްދުންތައް ވެސް ލިލީ އިންޓަނޭޝަނަލްއިން ވަނީ ތައާރަފު ކޮށްފަ.

އާމިރު ވިދާޅުވިގޮތުގައި، ލިލީ އިންޓަނޭޝަނަލްގެ އެންމެ ބޮޑު އެއް މަގުސަދަކީ ކޮންމެ ކަސްޓަމަރަކަށް ވެސް ގަނެވޭނެ އައިޓަމްތަކެއް ގެނެސްދިނުމެވެ. ހުރިހާ މުދަލެއް ވެސް ގެންނަނީ އެކި އަގުތަކުގައި ވިއްކޭނެ ބްރޭންޑުތަކަށް ބަލައިގެންނެވެ.

އާއްމުންގެ މެދުގައި މަގުބޫލު އެންކާ ބްރޭންޑުގެ އުފެއްދުންތަކާއި ނެސްލޭގެ އެކި އުފެއްދުންތަކާއި މެގީގެ ބްރޭންޑުތަކަކީ ވެސް ލިލީ އިންޓަނޭޝަނަލުން ގެންނަ އުފެއްދުންތަކެވެ. މިހާރު ވެސް 40 އަށް ވުރެ ގިނަ ގައުމުތަކުގެ ކުންފުނިތަކުން 3،000 އަށް ވުރެ ގިނަ ވެރައިޓީގެ އައިޓަމްތައް ލިލީ އިންޓަނޭޝަނަލުން ވިއްކަ އެވެ.

ހެންވޭރުގައި ހުންނަ ލިލީ އެފް އެންޑް ބީ ސަޕްލަޔާސް ފިހާރައިގެ އެތެރެ. އެކި އަގުތަކުގެ، ގިނަ ބްރޭންޑުތަކެއްގެ އުފެއްދުންތައް އެ ތަނުން ގެނޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އާމިރުގެ ވިޔަފާރި ފުޅާވެފައި ވަނީ ހަމައެކަނި ރިސޯޓުތަކަށް ނޫނެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައެއް ވެސް ނޫނެވެ. ކެއުންބުއިމުގެ ހިދުމަތުގެ އިންޑަސްޓްރީގައި ވެސް އޭނާ ގެންދަވަނީ ކުރިއަށް ވަޑައިގަންނަވަމުންނެވެ.

މާލޭގައި އެންމެ ފުރަތަމަ ފްރެންޗައިޒް ރެސްޓޯރަންޓެއް ހުޅުވީ ވެސް ލިލީ އިންޓަނޭޝަނަލުންނެވެ. މިއަދު ދިވެހިންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް ތަނަކީ އެ ކުންފުނީގެ ކުޑައިގެ ދަށުން ހުޅުވި މެރީ ބްރައުން ރެސްޓޯރަންޓެވެ. މެލޭޝިއާގެ ފްރެންޗައިޒް ރެސްޓޯރެންޓު މެރީ ބްރައުންގެ 400 އައުޓްލެޓްތައް އެކި ގައުމުތަކުގައި ހުރި އިރު، މިދިޔަ ފަސް އަހަރު ވެސް އެންމެ ގިނަ ސޭލްސް ހޯދީ ރާއްޖޭގެ މެރީ ބްރައުންއަށެވެ.

އާމިރު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެ ކާމިޔާބާ އެކު، އިތުރު ފްރެންޗައިޒްތަކެއް ތައާރަފުކުރުމުގެ މަސައްކަތްތަކެއް ލިލީ އިންޓަނޭޝަނަލުން އަންނަނީ ކުރަމުންނެވެ.

ހުޅުމާލޭގައި ހުންނަ މެރީ ބްރައުންގެ އައުޓްލެޓު. މާލޭގެ ހުންނަ މެރީ ބްރައުންއަށް ތަރުހީބު ބޮޑުވެ، ހުޅުމާލޭގައި ވެސް މެރީ ބްރައުންއެއް ވަނީ ހުޅުވާފަ. މިއީ ލިލީ އިންޓަނޭޝަނަލުން ހިންގާ ތަނެއް. -- ފޮޓޯ: މެރީ ބްރައުން

ފާއިތުވެ ދިޔަ 22 އަހަރުގެ ތެރޭގައި މާކެޓުގެ އެންމެ ކުރީގައި އޮތުމަށް ލިލީ އިންޓަނޭޝަނަލުން ވަނީ ޒަމާނާ، ޑިމާންޑާ އެއްވަރަށް ކުންފުނި ވެސް ތަރައްގީކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް އެ ކުންފުނީގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ ގޮތުން ކަނޑުމަގުންނާއި އެއްގަމުން މުދާ އުފެލޭނެ ވަސީލަތްތައް ކުންފުންޏަށް ވަނީ ހޯދައިފަ އެވެ. ޑްރައި ވެއާ ހައުސްތަކެއް ގާއިމުކޮށް، ކުންފުނީގެ މުދާ ބެހެއްޓުމަށް ބޮޑު ކޯލްޑް ސްޓޯރެޖެއް ވެސް ވަނީ ހަދައިފަ އެވެ. އެއީ ޖުމުލަ 500 މެޓްރިކް ޓަނުގެ ޖާގައިގައި ހަދާފައިވާ، ރާއްޖޭގެ އެންމެ ބޮޑު އެ ފަދަ ފެސިލިޓީ އެވެ.

ރާއްޖޭގައި ރިސޯޓު ސަޕްލައިސްގަ އާއި އާއްމުންނާ ހަމައަށް އެކި އުފެއްދުންތައް ފޯރުކޮށްދޭ ލިލީ އިންޓަނޭޝަނަލުން އަބަދުވެސް ދަނީ ހިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގައި އާއްމުންގެ ހުރި ޝަކުވާތައް އަޑު އަހަމުންނެވެ. ކުންފުނީގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި މުވައްޒަފުންގެ އަގުވަޒަންކޮށް، މުވައްޒަފުންނަށް ދެވެން ހުރި އިނާޔަތްތައް ވެސް ދޭ ކަމަށް އާމިރު މަންސޫރު ވިދާޅުވި އެވެ.

ލިލީ އިންޓަނޭޝަނަލްގެ އެއް ޑައިރެކްޓަރު އަދި މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރު ވިދާޅުވީ ކުންފުނީގެ މުސްތަގުބަލު ވަރަށް އުޖާލާކަމަށް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ކުންފުނިން އަންނަނީ މާކެޓަށް އަންނަމުންދާ ހުރިހާ ބަދަލުތަކަށް ހޭނެމުންނެވެ. އެއް ދުވަހުން އަނެއް ދުވަހަށް، ކުންފުނި ކުރިއަރަމުން ދާއިރު، ކުންފުނީގެ އެމްޑީ އާމިރު މަންސޫރުގެ އުއްމީދަކީ އެ ކުންފުނި ލިސްޓެޑް ކުންފުންޏަކަށް ހެދުމެވެ. މިހާރު ކުންފުނީގެ މަސައްކަތްތައް ބައްޓަން ކޮށްފައި ހުރީ އެ އަމާޒަށް ވާސިލުވުމަށެވެ.

ނޯޓު: މިއީ ލިލީ އިންޓަނޭޝަނަލްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 54%
icon wow icon wow 8%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސެމި

27 November 2022

ބޮޑުައަގުގަ އަބަދުވެސް އެއްޗެހިވިއްކާބައެއް! ތިހާ ދަހިވެތިނުވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454