ކުޅިވަރު / ވޯލްޑް ކަޕް 2022

12 އަހަރުވަންދެން ގަތަރުން ކުރި މަސައްކަތް ފެނަށް

ލުސައިލް (ނޮވެމްބަރު 25) - ސެނެގާލް އަތުން ވެސް 3-1 އިން މިއަދު ބަލިވެ، ވޯލްޑް ކަޕަށް ހާއްސަކޮށް ގަތަރުން 12 އަހަރު ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެ، މުބާރާތާ އަލްވަދާއު ކިޔުމާ ގާތަށް ހިނގައްޖެ އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ތިން މެޗުގެ ތެރެއިން ދެ މެޗުން ވެސް ބަލިވެ، އެ ޓީމަށް އޮތް އަމިއްލަ ބާރު ވަނީ ކެނޑިފަ އެވެ. ގަތަރަށް ދެން އޮތް މެޗަކީ ވަރުގަދަ ނެދަލެންޑްސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

މިއަދުގެ ތިންވަނަ މެޗުގައި ނެދަލެންޑްސް އާއި އިކުއެޑޯ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމަކަށް ގުރޫޕުގެ އެއްވަނަ އަށް ދެވޭނެ އެވެ. އެ ދެ ޓީމު ކުޅުނު ފުރަތަމަ މެޗުތަކުގައި ދެ ޓީމު ވެސް މޮޅުވީ 2-0 އިންނެވެ.

މި އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބާއްވަން، އެ ގައުމަށް ފީފާގެ ބީލަން ކަށަވަރުވީ ޑިސެމްބަރު 2010 ގަ އެވެ. އޭގެ ފަހުން ގަތަރުން ވަނީ އެ ގައުމުގެ ފުޓްބޯޅަ ބިނާކުރަން ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގައިފަ އެވެ. ބައިނަލްއަގްވާމީ ފެންވަރުގެ އެކަޑަމީތައް ބިނާ ކުރި އެވެ. ގައުމުގެ ލީގަށް ދުނިޔޭގެ ފެންވަރުގެ ތަރިން ގެނެސް ލީގު ވަރުގަދަ ވެސް ކުރި އެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި ނުފެނުނަސް އޭޝިއާގެ ފުޓްބޯޅައިގެ ބާރަކަށް ގަތަރު ވި އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި 2019 ގައި ބޭއްވި އޭޝިއަން ކަޕުގެ ޗެމްޕިއަންކަން ގަތަރުން ހޯދި އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލުން ލީޑް ނަގައި، އެ ހާފު ނިމުގެ ކުރިން ލަނޑު ޖެހީ ބޮލާޔޭ ޑިއާ އެވެ. ދެވަނަ ހާފު ފެށި ގޮތަށް ފަމާރާ ޑިއެޑިއޫ ވަނީ އެ ޓީމަށް ލީޑް ފުޅާކޮށް ދީފަ އެވެ. ގަތަރަށް ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑު ޖަހައި ދިނީ މުހައްމަދު މުންތާރީ އެވެ. އޭނާ ލަނޑު ޖެހީ އިސްމާއީލް މުހައްމަދު ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ނަތީޖާގެ ފަރަގު ކުޑަކޮށް، މެޗު ފެށުން އަވަސް ކުރަން ގަތަރުން މަސައްކަތް ކުރިޔަސް އޭގެ ފައިދާ ނެގީ ސެނެގާލް އެވެ. ސެނެގާލްގެ ތިންވަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ބަމްބާ ޑިއެންގް އެވެ.

19 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 68%
icon angry icon angry 4%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

27 November 2022

އަސްލު އަރަބި ފުޓުބޯޅަޔައް ޖަޔަންޓް ލީޕް އެކޭ ބުނެވޭނީ، މިހާރު ނޫުން ކީއްވެބާ 12 އަހަރުގެ މަސައްކަތް ފެނަށޭ ތިބުނީ؟

The name is already taken The name is available. Register?

ވަގުތުސް

26 November 2022

މިހާރު ނޫސް ހަޖަމް ކޮށްލާ އަރަބިން އަތުން މެސީ ބަލި ނުވާ ކަމަކަށް ނުވާނެ ލޮލް

The name is already taken The name is available. Register?

ސައްޕޭ

26 November 2022

ރޮނާލްޑޯވީމައި ، އަމިއްލަޔަށް ފައިގައި އެޅިގަނެގެން ވެއްޓުނަސް ރެފްރީ ބަލަންޖެހޭ އެއްވެސް ކަމެއްނޯވޭއެވެ. ޔޫރަޕްވީމައެވެ. ވަގުތުން ޕެނަލްޓީއެވެ. ގަތަރުގެ ކުޅުންތެރިޔާގެ ގައިމައްޗަށް ތިންޓަނުގެ މީހަކު ވެއްޓިގަތީމައި އެއްކަލަ އަދުލުއިންސާފުގެ ޔޫރަޕްން ޕެނަލްޓީދޭން ބަލާލަންވެސް ބޭނުމެއްނުވެއެވެ. ގަތަރުވީމައެވެ.

The name is already taken The name is available. Register?

ވިސްނުން1

26 November 2022

ތިމާ ހިތް ނުއެދޭ ގޮތެއް ދިމާވެއްޖެ ނަމަ، ކޮންމެ ކަމެއްވެސް އަދި ވާހަކަ އެއްވެސް ގޮސް މިހުއްޓެނީ މުސްލިމުންނާ ކަފަރުން ގެ ދެމެދަށް، އެހެން އެންގަލް އަކުން ވިސްނާ ތިމާމެންނަށް ކުރިހޯދޭނެ ސަބަބު ދަނެގެނެ އަމިއްލަ އަށް ކަންކަން ރަގަޅުކުރުމުގެ ވިސްނުން ގެންގުޅެގެން ނޫނީ ދިވެހިންގެ ވިސްނުންތެރި ޖީލެއް ބިނާ ނުކުރެވޭނެ.

The name is already taken The name is available. Register?

ހާސަރު

26 November 2022

ގަތަރުން މި މުބާރާތް ހޯދިއިރުވެސް ވޯލްޑް ކަޕުން މާބޮޑު ނަތީޖާއެއް ނެރެވޭނެކަމަކަށް ދެކޭނެހެނެއް ހިޔެއްނުވޭ ، އެއީ އޭރުވެސް ގަތަރުގެ ވޯލްޑްކަޕްގެ ރޭކިންއޮތް ހިސާބު އެގޭނެ. 10 އަހަރުން ވާނެކަމެއްނޫން އެއީ. އެކަމަކު މި ވޯލްޑްކަޕުން ގަތަރަށް އެއަށް ވުރެ މާބޮޑު ކާމިޔާބެއް ލިބިއްޖެ އެއީ ދުނިޔެއަށް އިސްލާމުންނަކީ ކަޑަބައެއް ނޫންކަމާ ތަހުޒީބު ބައެއްކަން ދެއްކިއްޖެ.

The name is already taken The name is available. Register?

ތުލންސް

26 November 2022

މުބާރާތް ފެށުމުގެ ކުރިންވެސް އިނގޭ ދަނޑުމަތީގައި ގަތަރަށް މާބޮޑު ކާމިޔާބެއް ނުލިބޭނެކަން ނަމަވެސް ގަތަރުގެ ކާމިޔާބަކީ މިބޮޑުއިވެންޓް މިހާފުރިހަމަކޮށް ތައްޔާރުކޮށް އިންތިޒާމުތަކުގެ ފުރިހަމަކަން

The name is already taken The name is available. Register?

ކޮބާހޭ މައްސަލައަކީ!

26 November 2022

މުސްލިމުންނައް ނަސްރު ނުލިބޭ ކުޅިވަރެއްގަވެސް! ދުވާލުދާ ހަތަރުދަމު މިކިޔަނީ ނަސްރު ލިބޭނެޔޭ، އަދި އެހެންމީހުންނައް ދުވަހަކުވެސް ނަސްރު ނުލިބޭނެޔޭ! ބޯހަލާކުވެއްޖެ! ކަމެއް ނުވާތީ!

The name is already taken The name is available. Register?

600 އަހަރު

26 November 2022

ބްރޯ ނަސްރު ލިބޭނެޔޭ އަންގަވާފަ އޮތްގޮތަށް އުޅެންޏާ. މަގު ކައްސާލީމަ ދެން ނަމެއްގަ މުސްލިމުވިޔަސް ނަސްރު ހޯދަން އުނދަގޫވާނެ. ނިކަން ބަލާބަލަ ތާރީހު 13 ވަނަ ގަރުނުން 19 ވަނަ ގަރުނާ ހަމަޔަށް ދުނިޔޭގެ އެންމެ ވަރުގަދަ އެމްޕަޔަރަށް (އޮޓޮމަން އެމްޕަރަޔ) އޮތީ މުސްލިމުން އަތުގަ.. 600 އަހަރު.

The name is already taken The name is available. Register?

ބުލްގަ

26 November 2022

ކުރިންދުވަހު ސައޫދީ އަދި އީރާން އެއޮތީ މޮޅުވެފަ

The name is already taken The name is available. Register?

ކަރު ކުރު ކަޅު ކިރުޅި ކުކުޅު

26 November 2022

ބަލަ ބޭފުޅާ ތިޔަ އުޅެނީ މިދުނިޔޭގަތަ؟؟ޔޫރަޕްގެ ގައުމުތަކުގެ ނަން މަޝްހޫރު ކުލަބުތަކުގަޔާއި ޓީމުތަކުގަ މޮޅު ކުޅުމެއް ދައްކާ ޗެމްޕިއަންކަން ހޯދައިދީފަވާ މުސްލިމު ކުޅުންތެރިން ހަމަ ނުފެނޭތަ؟؟ތަނެއް ދޮރެއް ދޮރާއްޓެއް ބަލާނުލާ އެބަކިޔައޭ މުސްލިމުންނަށް ކުޅިވަރެއްގަ ނަސްރެއް ނުލިބެޔޯ..ފައިވާނުގެ ވަދޭ ކިޔާބަލަ.

The name is already taken The name is available. Register?

މިހާރުގެހަނިވިސްނުން

26 November 2022

މެސީ ލަނޑު ޖެހިއަސް ސައުދީ އިން އާޖެންޓީނާ ބަލިކޮށްފި. މިއީ އާޖެންޓީނާ ބަލިވީމަ ޖަހާފަ އޮތް ލުއި ސުރުޚީ. ގަތަރު މިއީ ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ ފަހަރު. ގަތަރުގެ ކާމިޔާބީ ގުޅިފަ އޮތީ ފުޓުބޯޅަޓީމަކާ ނޫން. އެމީހުން ވީލްޑްކަޕް އިންތިޒާމް ކުރުމުގަ ބޮޑު ކާމިޔާބެއް ހޯދައިފި.

The name is already taken The name is available. Register?

ފެނަށޭ

26 November 2022

ގަތަރުން ކުރި މަސައްކަތް ފެނަކައްނުދޭދޯ. އެމީހުން އަތުގަ ފައިސާ ހުރީތީ ވަރައް ގިނަކަންކަން ހާސިލުވެއްޖެ. ކުޑަކުޑަ އާބާދީއެއޮތް ފުޓްބޯޅައިގެ ބާރެއްނެތް ގައުމެއްގަ ވޯލްޑްކަޕް ބޭއްވިއްޖެ އެމުބާރާތުގަ ވާދަކުރުމުގެ ފުރުސަތު ލިބިއްޖެ. އެމީހުންނައް މަބާރާތުގަ މާބޮޑު ކާމިޔާބެއްނުލިބޭނެކަން އެމީހުންނައްވެސް އެނގޭނެ އެކަމަކު އެމީހުންގެ ފުޓްބޯޅައައް ކުރިއެރުންތަކެއްލިބޭނެ އެގައުމުގަ ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމުވާނެ.

The name is already taken The name is available. Register?

ދެ123

26 November 2022

ސުކުން ދަސްކޮށްބަލަ..ހެޔޮ ނުވާނެ

The name is already taken The name is available. Register?

ދގދސެފ×

25 November 2022

އޭބަލަ އިބޫ. ހަމަމިހާރު ގަތަރާ ގުޅުންބަދަހިކުރާންއުޅޭށޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454