25 ނޮވެމްބަރ 2022 - 21:40
ވޯލްޑް ކަޕުގައި މިއަދު ވޭލްސްއާ ދެކޮޅަށް އިރާނުގެ ގައުމީ ޓީމު ކުޅުނު މެޗުގެ ފަހު ލަނޑާއެކު، އުފާފާޅު ކުރުމުގެ ގޮތުން އިރާނުގެ ސަރްދާރު އަޒުމޫން، އެ ޓީމުގެ ކޯޗު ކާލޯސް ކުއިރޯޒްގެ ކަރުގައި ހިފާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.
އިރާނުގެ ފުރަތަމަ ލަނޑު އިތުރު ވަގުތުގެ 8 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ރުޒްބެހް ޗެޝްމީ އެވެ. މެޗުގެ އެންމެ ފަހު ސިކުންތުގައި ދެ ވަނަ ލަނޑު ރަމީން ރެޒައިއަން ޖެހުމުން އިރާނުގެ ކުޅުންތެރިން އާދަޔާ ހިލާފަށް އުފާފާޅު ކުރި އެވެ.
މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމަށް ފަހު، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފޭބި އަޒުމޫނަށް ވީ ގޮތަކީ ރަމީން، އެ ލަނޑު ޖެހުމުން އާދަޔާ ހިލާފު ޖޯޝެއް އައީ އެވެ. ބެންޗުގައި އިނދެ، އުފާޅުކުރުމުގެ ގޮތުން ކުއްލިއަކަށް ކޮޅަށް ތެދުވެ ކޯޗު ކުއިރޯޒްގެ ކަރުގައި ހިފީ އެވެ. އެ މަންޒަރުން ފެނުނު ގޮތުން ނަމަ އަޒުމޫންގެ އުފާފާޅު ކުރުން ކޯޗަށް އެހާ ކަމަކު ނުދިޔަ އެވެ. ކަރުގައި ހިފުމުން ކޯޗަށް ކޮންމެވެސް ވަރަކަށް އުނދަގުލެއް ކުރިމަތިވިކަން މޫނުމަތިން ފެނުނު އަސަރުން އެނގެ އެވެ.
އެ މަންޒަރު ޓީވީން ވެސް ވަގުތުން ދެއްކި އެވެ. މިހާރު ސޯޝަލް މީޑިއާގައި އަންނަނީ އެ ފޮޓޯ ވެސް ވަރަށް ބޮޑަށް ވައިރަލް ވަމުންނެވެ.
އެ މޮޅަކީ ފަސްވަނަ ފަހަރަށް ވޯލްޑް ކަޕުގައި ވާދަކުރާ އިރާނަށް، މުބާރާތުގެ ތާރީހުގައި ލިބުނު ތިންވަނަ މޮޅެވެ. މީގެ ކުރިން އެ ޓީމު މޮޅުވީ މޮރޮކޯއާ ދެކޮޅަށް 2018 ގައި އަދި އެމެރިކާއާ ދެކޮޅަށް 1998 ގަ އެވެ.
މިއަދުގެ މެޗަށް އިރާން ނުކުތްއިރު އިނގިރޭސި ވިލާތުގެ މީޑިއާތަކުން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ޕްރެޝަރު ކުރުމަށް ސިޔާސީ މައްސަލަތައް ނަގައިގެން ކުޅުންތެރިންނާ ސުވާލު ކޮށްފަ އެވެ. ޔުނައިޓެޑް ކިންޑޮމަށް ނިސްބަތްވާ ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އިރާން މޮޅުވުމުން ކުޅުންތެރިންނަށް އެހާ ބޮޑު ޖޯޝެއް އައީ އެހެންވެ ކަމަށް ބެލެވެ އެވެ.
މިއަދުގެ މެޗުން މޮޅުވެ، އިރާނަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ އުންމީދެއް ލިބިފަ އެވެ. އެ ޓީމުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
27 November 2022
އެހާ މޮޅު ކޯޗަކު ކާފަރަކަށް ވިޔަތީ ކަންނޭގެނުން؟
އަފްރާސިޔާބު
26 November 2022
އަހަރެމެންނަށް ފެނުނު މި ވޯލްޑް ކަޕްގައިވެސް އިސްލާމީ ގައުމެއްގެ ޓީމެއް ޖަހާލަނޑު 100 ޕަސެންޓް ޔަގީންވާ ގޯލެއްނޫނީ ރެފްރީން ގަބޫލު ނުކުރާކަން. އަދި ޔޫރަޕުގެ ގައުމަކަށް ލނޑެއް ކާމިޔާބު ކުރެވޭނެ ހުރިހާކަމެއް ކޮށްދޭކަން. މިސާލަކަށް ރޮނާލްޑޯ އަށް ދިން ޕެނަލްޓީއާއި ކޯލްކީޕަރަށް ހުރަސްއެޅީކަމަށް ބުނެ ލަނޑެއްކަމަށް ނުބެލި ލަނޑަކީވެސް އެއްކޮޅުގައި ޔޫރަޕާ އިދިކޮޅަށް ކުޅެނީ ޔޫރަޕުގެ ގައުމަކަށް ނުވާތީ ދުއްވާލީ. ބަލާތީ އީރާން އެމެރިކާ މެޗްވެސް ހިގާނީމިގޮތަށް
ކިހާބޮޑުކަމެއް
27 November 2022
އަފްރާސިޔާބޭ، ދެން ތިހެންވެއްޖިއްޔާ އާޖެންޓީނާއިން ސައދީކޮޅަށް ޖެހި 3 ލަޑު އޮފްސައިޑްކަމަށް ދެއްކީ އާޖެންޓީނާއަކީ އިސްލާމީ ގައުމަކަށް ވީމަތާ އަދި ސައުދީއަށް ޕޮލަންޑާދެކޮޅަށް ކުޅުނުއިރު ޕެންލްޓީއެއްވެސް ރެފްރީ ދިނީ ސައުދީއަކީ ކާފަރު ގައުމަކަށް ވީމަތާ!!??
އަބްޑޫޅް
27 November 2022
"އީރާން އެމެރިކާ މެޗްވެސް ހިގާނީމިގޮތަށް". އެމެރިކާއަކީ ޔޫރަޕުގެ އަތޮޅެއްތަ؟
އޭނަމީނަ
27 November 2022
މުޅިޔަކުން ރަނގަޅު އެއްޗެއްނޫން ތިއީކީ. ރޮނާލްޑޯޖެހީ ޑައިވެއްކަން އެންމެންވެސް ޤަބޫލުކުރޭ. އެކަމަކު އާރޖެންޓީނާ އެމީހުންގެ ފުރަތަމަ މެޗުގައިޖެހި ރަނގަޅު 2 ގޯލު އޮފްސައިޑްކަމަށް ދެއްކުމުން އެބައިނގޭ ވަކިބަޔަކާކަން ޖައްސާލައިގެން އުޅެނީ.
މާރިއޯ ޒަގަލޯގެ ޅީދަރިފުޅު
26 November 2022
އަހަރުމެންގެ ނަމްބަރ ވަން އަކީ ނަމާދު އެއަށް ފަހު ކުޅިވަރު އަންނާނީ
ޙަބީބު..
26 November 2022
އެހެންވޭމަށައްވެސް ފޯރިއަރާ ވަގުތުކޮޅު ނަމަވެސް ގޮއްޔެ ވަރައް އުފާވާނެ އެހެން ހިފާލީމަ އެނގޭނެ އެއީލޯބިވާތީކަން
އެނދިމަރިޔަނބު
26 November 2022
ނޫސްވެރިން އެބަ ޖެހޭ އެހެން ނޫހެއްގަ އޮންނަ ހުރިހާއެއްޗެއް ތަރުޖަމާ ކޮއްގެން ފަތުރާއިރު ސަމާލުވާން، މި ވޯލްޑްކަޕްގަ މުސްލިމު ގައުތަކާ އަރަބިންނާ، ހުޅަގުން ހިތް ނުރުހޭ ހުރިހާ ގައުމަކާމެދު ނެގެޓިވް ލައިޓެއްގަ ދެއްކުމަށް ހުޅަނގުގެ މެއިންސްޓްރީމް މީޑިއާ ދަނީ މަސައްކަތް ކުރަމުން، އެމަސައްކަތުގަ ދިވެހި ނޫސްވެރިން ބައިވެރި ނުވޭ.
ބޮއިހަލާކު
25 November 2022
ކޮންތާކު. އޭނަ ފެށީ ހޭން. އަހަރެމެން ވެސް ތިމަންޒަރު ދެކުނިން
ދގދސެފ×
25 November 2022
ތީ މައްސަލައެއްނޫން. ވާލޯބީގާ ކަރުގާވެސް ހިފިދާނެ. ކޮންމެހެން ބޮޑުކޮށްލާންޖެހޭ ކަންކަމެއްނޫން ތިހުންނަނީ.
ސަޕޯޓަރުން
25 November 2022
އެންމެ ފޯރުހިފާ މެއްޗަށް އިރާން އެމެރިކާ މެޗު ވާނެ
ގެދާނޯމޮސް
27 November 2022
މަޖާވެގެން ދެން ކަރުގަ ހިފުން މީ ދެން މާގިނަޔަކަަށް ކަމުދާނެ ކަމަކަށް ހަދާނެއެވެ.