ޖަޕާންގެ ލަނޑު ޖެހި ފުލާ (ވ) އުފާ ފާޅު ކުރަނީ: އެ ޓީމުން ވަނީ ޖަޕާން ބަލި ކޮށްފަ --- ފޮޓޯ: އޭއެފްޕީ
27 ނޮވެމްބަރ 2022 - 17:04
އައް ރައްޔާން (ނޮވެމްބަރު 27) - މިފަހަރު ވޯލްޑް ކަޕްގައި ދެ މެޗު ކުޅެ ކޮސްޓަ ރިކާއިން ގޯލަށް އަމާޒުކޮށް އުފެއްދި ހަމައެކަނި ހަމަލާއިން ގޯލް ޖަހައި 1-0 ން ޖަޕާން ބަލިކޮށްފި އެވެ.
މެޗުން ޖަޕާން މޮޅުވިނަމަ، ޖަޕާނަށް ދެވަނަ ބުރަށް ދެވުނީހެވެ. އެކަމަކު މިއަދު ކޮސްޓަރިކާ މޮޅުވުމުން ގުރޫޕްގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ޖަރުމަން ފިޔަވައި އަނެއް ތިން ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވައި ނުލެވުނެވެ. ގޯލަށް އަމާޒުވި ފުރަތަމަ ހަމަލާ ފެނުނީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓްގަ އެވެ.
ދެވަނަ ހާފަށް ޖަޕާން ނުކުތީ ދެ ބަދަލާއެކު އެވެ. ޑިފެންޑަރު ޔުޓޯ ނަގަމޯޓާގެ ބަދަލުގައި ހިރޮކީ އިޓޯ ކުޅެން ނުކުތެވެ. އަދި ފޯވާޑް އަޔާސޭ އުއެޑާގެ ބަދަލުގައި ޓަކުމާ އަސޯނާ ކުޅެން ނުކުތެވެ. ބަދަލުގެ ނަތީޖާ ވެސް ފެނުނެވެ. މެޗުގައި ގޯލަށް އަމާޒުކޮށް އުފެއްދި ފުރަތަމަ ހަމަލާ ޖަޕާނުން އުފެއްދީ އަސާނޯ ފުންނާބުން ދިން ޕާސް ހިޑެމާސާ މޮރިޓާ ފޮނުވައިލައިގެންނެވެ. އެ ހަމަލާ ޑައިވް ކުރުމަށް ފަހު ކޮސްޓަރިކާގެ ކީޕަރު ކޭލޯ ނާވަސް ދިފައު ކުރި އެވެ.
މެޗުގެ 80 ވަނަ މިނެޓާ ހަމަ އަށް ދިޔަ އިރު ވެސް ކޮސްޓަރިކާ އަށް ޖަޕާންގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވައި ނުލެވުނެވެ. އެ ޓިމުން ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އާ ދެކޮޅަށް ވެސް ހަމަލާ އެއް އުފެއްދިފައެއް ނުވެ އެވެ.
އެ ޓީމުން އުފެއްދި ފުރަތަމަ ހަމަލާގައި މެޗުގެ 81 ވަނަ މިނެޓްގައި ގޯލް ޖެހި އެވެ. ޖަޕާންގެ ޑިފެންސުން ސާފުކޮށްލައި ކުރިއަށް ދޭން އުޅުނު ބޯޅަ އެ ޓީމުގެ ޑިފެންޑަރުންނަށް ރަނގަޅަށް ފޮނުވައި ނުލެވުނެވެ. ބޯޅަ ގޮސް ޖެހުނީ ކޮސްޓަރިކާގެ ޔެލްސިން ޓެޖެޑާ އަށެވެ. އޭނާ ވަނީ އޭރިއާގެ ތެރޭގައި ހުރި ކޭޝާ ފުލާ ވަނީ ޖަޕާންގެ ކީޕަރު އަތް މަތިން ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާރލް7
28 November 2022
ކޮންޓިނިއު...... އޮންނާނީ ޤްރޫޕް ސްޓޭޖް 1ގައި އެންމެފަހު މެޗްގައި ޖަޕާން ޖަރުމަން އަދި ކޮސްޓަރިކާ ގަދަހިފުމަކަށް ދިއުން. ޤްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކޮސްޓަރިކާ އަތުން ބޮޑު ތަފާތަކުން ޖަރުމަން މޮޅުވެ ސްޕެއިން އަތުން ޖަޕާން މޮޅުވެއްޖެނަމަ 2ވަނަ ބުރަށް ދާނީ ސްޕެއިންއާއި ޖަރުމަން.
×ސއސސއ
28 November 2022
އެހެންތެ