ގޯލްޑް 100 އެވޯޑްގެ ދަށުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދަމާސްގެ ސީއީއޯ މުހައްމަދު ސޯލިހާ، ނައިބު ރައީސް ފައިސަލް ރޭ ހަވާލު ކުރައްވަނީ.---ފޮޓޯ:ފަޔާޒް މޫސާ/ފަޔާޒް މޫސާ
30 ނޮވެމްބަރ 2022 - 11:04
ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުންޏަކަށް "ގޯލްޑް 100" އެވޯޑް ރޭ ދީފި އެވެ.
މިއީ އެ އެވޯޑް ދިން ހަވަނަ ފަހަރެވެ.
ރާއްޖޭގައި ފާހަގަކޮށްލެވޭ 100 ކުންފުންޏަކަށް ދޭ އެ އެވޯޑް މި އަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް އާއި އުރީދު އާއި ދިރާގާއި އެލައިޑް އިންޝުއަރެންސާއި އޭޑީކޭ ގްރޫޕާއި ލިންކް ސާވިސް ފަދަ މަޝްހޫރު ބައެއް ބޮޑެތި ކުންފުނިތައް ލިބުނެވެ.
ކްރޮސް ރޯޑްސްގައި ބޭއްވި އެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ފުޅާކުރަން އަމިއްލަ ފަރާތްތަކުގެ ދައުރު ބޮޑު ކަމަށެވެ. ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ވެސް ޕްރައިވެޓް ސެކްޓަރުގެ މުހިއްމު މަސައްކަތްތައް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ގޯލްޑް 100 އެވޯޑު ބީއެމްއެލްއަށް ހަވާލުކުރަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ނައިބު ރައީސް ވިދާޅުވިގޮތުގައި، ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ޓޫރިޒަމް ދާއިރާއަކީ އަމިއްލަ ފަރާތްތަކުގެ މަސައްކަތެވެ. އެ މަނިކުފާނު ވިދާޅުވީ، ޓޫރިޒަމް ދާއިރާއެކޭ އެއްގޮތަށް އެހެން ދާއިރާތައް ވެސް ފުޅާކޮށް، އިތުރަށް ޑައިވާސިފައި ކުރަން ޖެހޭ ކަމަށެވެ.
"ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއި ފަސޭހަކަން ހޯދައި ދިނުން، ކޯވިޑް-19ގެ ހާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދެއްވި މާލީ އެހީތަކުގެ މައްޗަށް،" ނައިބު ރައީސް ވިދާޅުވި އެވެ.
ގޯލްޑް 100 އެވޯޑް ލިބުނު މީހަކު، އެވޯޑްގެ ފޮޓޯއެއް ނަގަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ރޭ ބޭއްވި ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބުނީ ދަމާސްގެ ޗެއާމަން މުހައްމަދު ސޯލިހު (ޑިމްސް ސޯލިހު) އަށެވެ.
ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ، ކާމިޔާބު 100 ކުންފުނި ހިމަނައިގެން "ގޯލްޑް 100"ގެ ނަމުގައި ލިސްޓެއް އެކުލަވާލައި ހާއްސަ މަޖައްލާއެއް ވެސް ރޭ ނެރުނެވެ. "ގޯލްޑް 100" ގައި ހިމަނާނެ ކުންފުނިތައް ހޮވަނީ ކުރިމަތިލާ ފަރާތްތައް ސްކްރީން ކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަންނާނެބާ؟
01 December 2022
މީ ވިއްކާ އެއްޗެއް. ފައިސާ ދިނީމަ ލިބޭނެ ތި އެވޯޑު. ދެން އެމްމެން އަމިއްލައައް ބޮޑޭވާން ގަންނަ އެއްޗެއް ކަން މަދުމީހަކައް ނޫނީ އިނގޭނެ ކަމައް މި ބަލަނީ
ޖުމާ
30 November 2022
މި އެވޯޑު ކުރިއަށް އޮތް 50 އަހަރަށް ވާވަރަށް ތި ކުންފުނިތަކަށް ގަނޑުކޮށް ދޭންވީ. ކޮންމެ އަހަރަކު ތިދިނީމަ އެވޯޑްު ކަބަޑު ފުރޭލެއް ތަންކޮޅެއް ލަސްވާނެ
ގަގުނަސް ތަރާނާ
30 November 2022
މީ ބައްޕަ މާލެ ގޮއްސައައިސް އޭނަގެ 10 ދަރިންނަށް މެޓާ ބެހުން ފަދަކަމެއް. މާލެ ގޮއްސިއްޔާ އެކުދިންނަށް ޔަގީން ކޮންމެ ފަހަރަކު ލިބޭނެކަން
ާއެކްސިސް
30 November 2022
ހެޑްލައިން ނުބައި. ރާއްޖޭގެ އެންމެ ބޮޑު 100 ކުންފުނިކަމަށް ދައުވާ ކުރާ އެވޯޑު ގަންނަން އެއްބަސްވާ 100 ކުންފުންޏަށް ގޯލްޑް 100 ދީފި
ޢަލީ ބޮޑޭ
30 November 2022
ތިޔައީ ކޮންތާކުން ކިހިނެއް ދޭ އެވޯޑެއް! ހަމަ ފައިސާވެރި ބަޔަކު އަޑީގައި ތިބެ އެމީހުންގެ މަޝްހޫރުކަން އިތުރު ކުރަން ކުރާ ކަމެއް!
ބޮޑުމީހާ
30 November 2022
ކުންފުނިތައް ކުރިއަރަނީ. އެތަންތާގެ މަސައްކަތްކުރާ މީހުން ހަނާވަނީ
ޖުލައި2021
30 November 2022
ތިސަތޭކަ ކުންފުނި ދުވަހަކުވެސް ބަދަލުވާނެތަ، ހެހެ ފީލްގުޑް އެވޯޑް ފޯދެމްސެލްވެސް
ދުމައިން
30 November 2022
މިއެވާޑު ދޭންވެސް އިންޑިއާގެ މާހަވަރު.
ހަސަން32132ފދ
30 November 2022
ރާއްޖެ ކަހަލަ ކުޑަ ގައުމަކައް 100 ކުންފުންޔައް އެވޯޑް ދިނީމަ މިލިބެނީ އެއްބަޔަކައް އަބަދުވެސް މި އެވޯޑް 3 ކެޓަގަރީ އައް ހަދާފައި ކުދިވިޔަފާރި ތަކައް 10 އެވޯޑް އަދި މީޑިޔަމް ބިޒްނަސް ތަކައް 10 އެވޯޑް އަދި އެންމެ ބޮޑެތި 5 ކުންފުންޔަކައް ދޭން ފެނޭ ! އެވޯޑްގެ ވެލިއު ވެސް ރަގަޅު ވާނެ އޭރުން
ހިތަދޫ ހަސަން
30 November 2022
ތިވެސް ގަންނަން ލިބޭ އެވޯޑެއް، މި ވަރަށް ވާހަކަ، ނަން ވާނީ ސުނީތީ! ހެހެ!