30 ނޮވެމްބަރ 2022 - 22:43
އަލް ވަކްރާ (ނޮވެމްބަރު 30) - ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 1-0 އިން ޑެންމާކް ބަލިކޮށް މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގައި ދެ ވަނަ ބުރުން ދަތުރު ކުރި އޭޝިއާގެ ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވެއްޖެ އެވެ.
މިއީ އޮސްޓްރޭލިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ގަދަ 16 އަށް ދަތުރު ކުރީ 2006 ވަނަ އަހަރެވެ. އެ އަހަރު ގުރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ މޮޅުވީ އެންމެ މެޗަކުންނެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވި ނަމަވެސް ފަހުން ކުޅުނު ދެ މެޗު ކާމިޔާބު ކޮށްގެން އޮސްޓްރޭލިއާ ދެ ވަނަ ބުރަށް ދަތުރު ކުރީ ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
އޮސްޓްރޭލިއާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު 60 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމަށް ކުޅޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ފޯވާޑް މެތިއު ލެކީ އެވެ. އޭނާ އަކީ އޮސްޓްރޭލިއާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މިރޭ ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝީއާއާ ވާދަކޮށް ވަނީ 1-0 އިން ބަލި ވެފަ އެވެ.
މި ނަތީޖާއާ އެކު އޮސްޓްރޭލިއާ އާއި ފްރާންސް އަށް ވެސް ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. އެކަމަކު ފައިދާ ގޯލުން ކުރި ހޯދައި އެއް ވަނައިގައި ނިންމީ ފްރާންސް އެވެ.
މިރޭގެ މެޗުގެ ކުރިން ވެސް ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފައިވާ ފްރާންސް އިން މި މެޗަށް ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. މުޅި މެޗުގައި ވެސް ޓިއުނީޝިއާ އިން އިތުބާރާ އެކު ޑިފެންސް ކޮށް، ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދި އެވެ.
ޓިއުނީޝިއާގެ ހަމައެކަނި ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި ޖަހައިދިނީ، ފްރާންސް ލީގުގެ މޮންޓްޕެލިއޭ އަށް ކުޅޭ ފޯވާޑް ވަހްބީ ޚަރްޒީ އެވެ.
މެޗުގައި އިތުރު ވަގުތުގެ އަށް މިނިޓު ދެއްކި އެވެ. އަދި އެންމެ ފަހު މިނިޓުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ފަހު ކޮޅު އެރުވި އެންޓޮއިން ގްރީޒްމަން ލަނޑެއް ޖެހި އެވެ. ނަމަވެސް ދެ މިނިޓުގެ ވީއޭއާރު ރިވިއު އަކަށް ފަހު އެ ލަނޑު ބަލައި ނުގަތީ އޭނާ އޮފްސައިޑް ވެފައި ވާތީ އެވެ.
ދެ ވަނަ ބުރުގައި ފްރާންސް ބައްދަލުކުރާނީ ގުރޫޕް ސީ ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. އަދި އޮސްޓްރޭލިއާ ވާދަކުރަން ޖެހޭނީ އެ ގުރޫޕްގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ.
ގުރޫޕް ސީ ގެ ފަހު ދެ މެޗް މިރޭ 12 ޖަހާއިރު ކުޅޭނެ އެވެ. އާޖެންޓީނާ އާއި ޕޮލެންޑް ބައްދަލުކުރަން އޮތްއިރު، ދެން ކުޅޭ މެޗްގައި ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އާއި މެކްސިކޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޑު
01 December 2022
ރަނގަޅުގޮތަކީ "އޭއެފުސީ"ގެ(Asian Football Confederation) ފުރަތަމަ ގައުމު! އޮސްޓުރޭލިއާއަކީ އޯޝޭނިއާބައްރުގެ އޭއެފުސީގައި ކުޅޭގައުމެއް!!
އައްދޯއި
01 December 2022
އޭ މަބުނީ އިޒްރޭލަކީ ޔޫރަޕްގެ ގައުމެއްތަ؟ ގައިމު އިޒްރޭލު ވޯލްޑްކަޕް ކޮލިފައި އާއި ޗެމްޕިއަންސް ލީގާއި ޔޫއެފާ ނޭޝަންސް ލީގު ކުޅެނީ ޔޫއެފާގެ މެންބަރެއްގެ ގޮތުގަ.
ހުސެންދީ
01 December 2022
ކޮސްޓްތޭލިޔާއަކީ ވަކި ކޮންޓިނެންޓެއް. އޭޝިއާއަކީ ވެސް އެހެން ކޮންޓިނެންޓެން.
ތުނޑުހަސަނު
01 December 2022
އޮސްޓްރޭލިޔާއަކީ އޭޝިޔާގެ ގައުމެއް ނޫން. ވޯލްޑްކަޕް ކޮލިފައިންގައި އޭޝިޔާ ބައްރުގެ ގައުމުތަކާއެކު ކުޅުމަކީ އޭޝިޔާގެ ގައުމަކަށް ވުމެއްނޫން. ތިމޭރުމުން އިޒްރޭލަކީ ވެސް ޔޫރަޕްގެ ގައުމެއް.
ހަބީބީ
01 December 2022
ވޯލްޑްކަޕް ބާއްވަނީ ފީފާ އިން. ފީފާގެ ސަބް އެސޯސިއޭޝަން އޭއެފްސީ އަކީ އޭޝިއާ ގައުމުތަކުގެ ބެލެނިވެރިފަރާތް. އެހެންވެ ފުޓްބޯޅައިގަ ސޮކަރޫސް ވަނީ އޭޝިއާ ގައުމަކަށް. އޭޝިއާ ގައުމެއްގެ ގޮތުގައި ކުޅޭތާ ލައްކަ ދުވަސް ވެއްޖެ. އާދެ، ފުޓްބޯޅައިގަ އިޒްރޭލް އިޒް ޔޫރަޕިއަން.
ހައިރާންވޭ
01 December 2022
ފުޓުބޯޅަކުޅެންވީމަ އޭޝިޔާގައި، އެހެން ހުރިހާކަމަކަށް އޯޝަނިޔާގައި، ވަރެއްގެ ބައެއްތާ!
ޙަބީ
01 December 2022
ޢޮސްޓްރޭލިއާ އޭޝިއާގައުމަކައް ވީގޮތެއްވެސްލިޔެލިނަމަ!
ބޮޑުކަމެއް
01 December 2022
ކީއްވެތަ އަޅެ އެންމެން މި ކިޔަނީ އޮސްޓްރޭލިއާއަކީ އޭޝިއާގެ ޤައުމެކޭ؟ ބަލަގަ އެއީ އޯޝަނިއާ ބައްރަށް ނިސްބަތްވާ ޤައުމެއް
މާ ބޮޑުކަމެއްް
01 December 2022
ބަލަ އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ކޮލިފައިވީވެސް އޭޟިއާގެ ޓީމުތަކާ ވާދަކޮށްގެން، ވާނުވާ އެގިގެން ކޮމެންޓް ކުރެވޭތޯ ބަލާ..
ހަންޖަރު
30 November 2022
ފުރަތަމަވެސް އަދި ހަމައެކަނިވެސް ޓީމަކީ އެެއީ
އޮނަރަބްލް އަފީފު ދީދީ
30 November 2022
ފީފާ ވޯލްޑް ކަޕްގައި Australia އޮންނަނީ އޯޝެނިއާ ސަރަޙައްދަކު ނޫންދޯ..!؟
ޑިޒާސްޓާ
01 December 2022
އޮނަރަބަލް ހާދަ ފަހަތްޕުޅުގަ. އޯޝޭނިއާ ގައުމެއް ގަތަރު ވޯލްޑްކަޕްގަ ނުކުޅޭ އިގޭތޯ.