09 ޑިސެމްބަރ 2022 - 09:17
އެކްޓިން އަށް ފުރަތަމަ ނިކުތް ދުވަސްވަރު ފަލަކަމުން މީހުން މަލާތްކުރިކަމަށް ކޭޓްވިންސްލެޓް ބުނެފި އެވެ.
ޓައިޓޭނިކް ފިލްމު ކުޅެގެން ބޮޑު މަޝްހޫރުކަމެއް ލިބުނު ކޭޓް ވިންސްލެޓް ބުނި ގޮތުގައި ފިލްމީދާއިރާގައި ފުރަތަމަ މަސައްކަތްކުރަން ފެށި ދުވަސްވަރު އޭނާގެ ބަރުދަނަކީ ކޮބައިތޯ ސުވާލުކުރެ އެވެ. ކޭޓް ބުނީ އޭނާ އަށް ކުޅެން ލިބޭނީ ފަލަ އަންހެން ކުއްޖެއްގެ ރޯލު ކަމަށް މީހުން ބުނެފައިވާ ކަމަށެވެ.
ކޭޓް ފުރަތަމަ ފިލްމީ މަސައްކަތަށް ނުކުތީ ސްކޫލްގައި އުޅެމުން ނެވެ. އެ ދުވަސްވަރު އޭނާގެ މަސައްކަތްތައް ހަމަޖައްސައިދެނީ އޭނާގެ އެޖެންޓެވެ.
ކޭޓަށް ފިލްމުތަކުން ފުރުސަތު ދިނުމަށް ފުރަތަމަ ގުޅަނީ އެ އެޖެންޓަ ށެވެ. އަދި ފުރަތަމަ ވެސް އެޖެންޓް ގާތު އަހާ ސުވާލަކީ ކޭޓްގެ ބަރުދަން ހުންނަ މިންވަރު ކަމަށް އޭނާ ބުންޏެވެ. ކޭޓް ބުނީ މިކަމުން އޭނާއަށް ވަރަށް އަސަރުކުރި ކަމަށެވެ.
ކޭޓް ބުނީ އޭނާގެ ބަރުދަން މައްސަލައަކަށް ހަދައި މަލާމާތް ވެސް ކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދު އެކަން ބަދަލު ވެފައިވާތީ ވަރަށް ހިތްހަމަޖެހާ ކަމަށެވެ.
އުމުރުން 47 އަހަރުގެ ކޭޓް މިހާރު މަސައްކަތް ކުރަނީ އޭނާގެ 22 އަހަރުގެ އަންހެން ދަރިފުޅު މިއާއާ އެކު ޓީވީ ޑްރާމާއެއްގަ އެވެ. މިޑްރާމާއަކީ ސޯޝަލް މީޑިއާގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމަށް މީހުން ހުށަހެޅޭކަން ދައްކުވައިދޭ ވަރަށް އިބްރަތްތެރި ޑްރާމާއެކެވެ.
މީގެ އިތުރުން ޓައިޓޭނިކްގެ ޑައިރެކްޓަރު ޖޭމްސް ކެމަރަންގެ ފިލްމް "އަވަޓާރް:ދަ ވޭ އޮފް ވޯޓާ" ގައި ވެސް ކޭޓް ފެންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންމާ
21 December 2022
ފަލަ މީހަކަށް ހިކިމީހެކޭ ކިޔާނީ ކިހިނެއް؟
ޖުޒަމްބަމްބަމްޓަގިޔޯނު
21 December 2022
ކޭޓް ލޯބި ހެސްކިޔާފަ
ތަންދޫރީ
14 December 2022
ކޭޓްގެ މަންމަ އެނމެ ފަހުން ގުޅާފަ ބުނީ ކޭޓް މާގިނައިން ޖަންކު ފޫޑްސް ކަހަލަ އެއްޗެސް ކަނީއޭ ކޭޓް ދެން މިކަން ރަނގަޅު ކޮއްލާ
ޖުއްބާ
18 January 2023
"އެއްޗެސް ކަނީ" މިގޮތަކަށް ދިވެހި ބަހަކުން ނުލިޔާނެ. ރަނގަޅު ގޮތަކީ "އެއްޗެތި" ނުވަތަ " އެއްޗެހި"
ޖީޖީ
11 December 2022
ކޭޓް ހަމަ ފަލަ. ކޭޓް ބަލަ ހުޅާނގުގެ ވަބާގައި ނުޖެހި ގހަގީގަތް ގަބޫލް ކޮށްބަލަ