ކްރޮއޭޝިއާގެ ކޯޗު ޑަލިޗް: އޭނާ ބުނީ ޕްރެޝަރު އޮތީ އާޖެންޓީނާ އަށް ކަމަށް --- ފޮޓޯ: އޭއެފްޕީ
13 ޑިސެމްބަރ 2022 - 11:10
ލުސައިލް (ޑިސެމްބަރު 13) - ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި މިރޭ ޕްރެޝަރު އޮތީ އާޖެންޓީނާ އަށް ކަމަށް، އެ ޓީމާ ދެކޮޅަށް ނުކުންނަ ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފި އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއިން ވަނީ އާޖެންޓީނާގެ މައްޗަށް 3-0 ން މޮޅުވެފަ އެވެ. އެ މުބާރާތުގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސް ދިން ކޯޗު ޑަލިޗް ބުނީ ސެމީ ފައިނަލަށް ދިއުމުން އާޖެންޓީނާގެ ޓީމަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
"ލިއޮނެލް މެސީ ލީޑް ކުރާ ވަރުގަދަ އާޖެންޓީނާ ޓީމަށް ވަނީ ބޮޑު ހިތްވަރެއް ލިބިފައި. އެކަމަކު މި ވަގުތު ކްރޮއޭޝިއާގެ ޓީމަށް ވުރެ ބޮޑަށް އެ ޓީމު އޮތީ މާ ބޮޑު ޕްރެޝަރެއްގައި،" ޑަލިޗް ބުންޏެވެ.
"އާޖެންޓީނާ ކުޅޭ ގޮތް އަހަރެމެން ބަލައި ދިރާސާކޮށްފިން. އަހަރެމެންނަށް އެނގޭ އެ ޓީމުން ކިހިނެއް ކުޅެގެންކަން ނަތީޖާ ނެރެނީ. އެކަންކަމާ ކުރިމަތިލާން އަހަރެމެން މިތިބީ ތައްޔާރު ވެގެން."
އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކޮލާނީ ވެސް ބުނީ ކްރޮއޭޝިއާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެންނާނެ ކަމަށް އޭނާ ލަފާ ކުރާ ކަމަށެވެ.
"އެ މީހުންނަކީ ވަރަށް ފުރިހަމަ ޓީމެއް. އެ ޓީމުން ކުޅެނީ ޑިފެންސިވް ގޭމެއް ވެސް ނޫން އަދި އެޓޭކިން ގޭމެއް ވެސް ނޫން. އެ ޓީމުގައި އޮވޭ އަމިއްލަ ސްޓައިލެއް. އަހަރެމެން ވެސް އަހަރެމެންގެ ސްޓައިލްގައި ކުޅޭނަން." ސްކޮލާނީ ބުންޏެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު އެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ނުވަތަ މޮރޮކޯ އާ ދެކޮޅަށެވެ. އެ ދެ ޓީމު ބައްދަލު ކުރާ މެޗު މާދަމާ ރޭ އޮންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލ.އަތޮޅު
13 December 2022
ފީފާ ތެރޭގައި އާރޖަންޓީނާއަށް ތަށި ދޭން މިހާރު ކެއްމަދުވެފައި ހުރީ
ރޮނާލްޑޯ
13 December 2022
އާޖެންޓީނާއިން ސެމީއަށް ދިއުމުން އުޅުނު ގޮތުންނާއި އުފާ ފާޅުކުރި ގޮތުން އެމީހުން ރޯންޖެހޭނެ މެޗަކަށް މިމެޗް ވާނެހެން ހީވަނީ. މާބޮޑަށް ހަޑިކޮށް އުޅުނީ، މީ އެވަގުތު އެމީޙުން ބިމުގައި ހަމަ ފައިޖައްސަންޖެހޭ.
ވައިރަސް
13 December 2022
ނެދާރލެންޑް ކުރީގެ ކުޅުންތެރިންނާއި ކޯޗްގެ އަގަ ހަޑީ.. ޕެނެލްޓީގަ ނެދާރލެންޑް ކުޅުންތެރިން އުޅުނު ގޮތް ފެނުނު ތަ