އެލިއާގެ އިސްވެރިއެއް ބޯޓިން އެވޯޑުގައި ލިބުނު އެވޯޑަކާ ހަވާލުވެލައްވަނީ. އެ އެވޯޑުގައި ތިން އެވޯޑެއް އެލިއާއަށް ލިބިފައިވޭ. -- ފޮޓޯ: އެލިއާ
14 ޑިސެމްބަރ 2022 - 19:31
މިއަހަރުގެ ބޯޓިން އެވޯޑްސްގެ މުހިންމު ތިން އެވޯޑެއް އެލިއާ އިންވެސްޓްމަންޓާއި ޔަމަހާއަށް އަށް ލިބިއްޖެ އެވެ.
އެ ކުންފުންޏަށް ލިބިފައި ވަނީ އެންމެ މަގުބޫލު މެރިން އައުޓްބޯޑު އިންޖީނާއި، މެރީން އިންޖިނީއަރިން ސާވިސް ޕްރޮވައިޑާ އެވޯޑުގެ އިތުރުން އެންމެ ރަނގަޅު އާފްޓަ ސޭލްސް ސާވިސް ޕްރޮވައިޑާ އެވޯޑެވެ.
އެލިއާއިން ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނުތަށް ތަޢާރަފުކޮށް، ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްއެއް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންއަންނަތާ ވަނީ 48 އަހަރު ވެފަ އެވެ.
އެލިއާ އަށް ިބުނު އެވޯޑަކާއި އެލިއާގެ އިސްވެރިއެއް ހަވާލުވެ ލައްވަނީ. އެންމެ ރަނގަޅު އާފްޓަ ސޭލްސް ސާވިސް ޕްރޮވައިޑާ އެވޯޑް ވެސް ލިބުނީ އެލިއާ އަށް. -- ފޮޓޯ އެލިއާ
އެލިއާއިން ބުނި ގޮތުގައި ޔަމަހާގެ އައުޓްބޯޑު އިންޖީނުތަކަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކޮށް ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ އިންޖީނެކެވެ. އަދި އިންޖީނުގެ ސްޕެއާ ޕާޓުތައް އެ ކުންފުނީގެ ފިހާރަތަކުން ލިބޭނެ އެވެ. އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް ޖަޕާނުގެ ޓެކްނިކަލް އެކަޑަމީން ތަމްރީނުވެފައިވާ، ތަޖުރިބާކާރު ޔަމަހާގެ ސެޓިފައިޑް މެކޭނިކުން އެލިއާގައި މަސައްކަތްކުރެ އެވެ.
ބޯޓިން އެވޯޑުގައި އެލިއާ އަށް ލިބުނު އެވޯޑަކާއި އެލިއާގެ އިސްވެރިއެއް ހަވާލުވެލައްވަނީ. އަހަރުގެ އެންމެ މަގުބޫލު މެރިން އައުޓްބޯޑު އިންޖީނުގެ އެވޯޑު ވެސް ލިބިފައި ވަނީ އެލިއާއިން ވިއްކާ ޔަމަހާ އަށް. -- ފޮޓޯ: އެލިއާ
އެލިއާއިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ފެންވަރު ރަނގަޅު އަދި އަވަސް މެރިން އައުޓްބޯޑު އިންޖިނިއަރިން ސާވިސް ފޯރުކޮށްދިނުމެވެ.
ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން ދާއިރާގައި މަސައްކަތް ކޮށް ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން ދެމުން އަންނަ އެވޯޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ ހުސެން
14 December 2022
އިސްތިހާރު ތަކަށް ހަރަދު ކުރި ވަރަކަށް ތި އެވޯޑްތަށް އުކާފަ ހުންނާނެ، އެއްވެސް ކަހަލަ ކްރެޑިބިލިޓީ އެއް ނުހުރޭ، ކޮންސިއުމާ ސާވޭ، ސާވިސް އޮޑިޓެއް މިޒާތުގެ އެއްވެސް ކަމެއް ނެތި ކޮންމެ އަހަރަކު ފައިސާ ނަގައިގެން އެވޯޑް! ހަހަ!