ކުޅިވަރު / ވޯލްޑް ކަޕް 2022

ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު

ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން: އޭނާ އަށް ވެސް ވަނީ ހުން ޖެހިފަ --- ފޮޓޯ: އޭއެފްޕީ

18 ޑިސެމްބަރ 2022 - 10:27

10 comments

ލުސައިލް (ޑިސެމްބަރު 18) - ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ އާޖެންޓީނާއާ ވާދަކުރާ ފްރާންސްގެ ޓީމުގައި ފެތުރެމުންދާ ޖަމަލު ހުމުގެ ވައިރަހާއެކު އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނި ގޮތުގައި އެ ހުން ޖެހި ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން ހުކުރު ދުވަހުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރި ނުވެ އެވެ.

ޑިސެމްބަރު 10 ގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލު މެޗާ ހިސާބުން ފެށިގެން ފްރާންސްގެ އެކި ކުޅުންތެރިން ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ކުޅުނު ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ޑަޔޮޓް އުޕަމެކޯނާ އާއި އެޑްރިއަން ރަބިއޯ ހުން ޖެހިގެން ސެމީ ފައިނަލު މެޗުގައި މޮރޮކޯ އާ ދެކޮޅަށް ނުވެސް ކުޅެ އެވެ.

ރަބިއާގެ ބަލި ބޮޑުވުމުން، ޓީމާއެކު ދަނޑަށް ވެސް ނުދެ އެވެ. އޭނާ ހުރީ ދޯހާގައި ޓީމު ތިބޭ ހޮޓަލުގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޑެޝޯމްޕްސް ބުނީ ކިންގްސްލީ ކޯމަން ވެސް ބަލިވެފައިވާ ކަމަށެވެ. އަދި ރަފޭލް ވަރާން އާއި އިބްރާހިމް ކޮނާޓޭ ވެސް ވަނީ ބަލިވެފަ އެވެ.

ފައިނަލުގައި އާޖެންޓީނާ އާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިހުގައި ބައިވެރިނުވެވުނު ކުޅުންތެރިންނަކީ ވަރާން އާއި ކޮނާޓޭގެ އިތުރުން އައުރެލިއަން ޗުއަމެނީ އާއި ތެއޯ ހެނާންޑޭޒް އެވެ.

މޮރޮކޯ މެޗުގައި ހެނާންޑޭޒްގެ ކަކުލަށް ކޮންމެ ވެސް ވަރަކަށް ވަނީ އަނިޔާވެފަ އެވެ. ޗުއަމެނީ އަށް މިރޭގެ މެޗުގައި ނުކުޅެވޭ ގޮތްވެއްޖެނަމަ އެ ވާނީ ފްރާންސަށް ކުރިމަތިވާ ބޮޑު މައްސަލައަކަށެވެ.

ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރު ދަނީ މިހާތަނަށް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ތަޖުރިބާކާރު މިޑްފީލްޑަރުން ކަމަށްވާ ޕޯލް ޕޮގްބާ އާއި އެންގޯލާ ކަންޓޭ ނެތްތަން ޗުއަމޭނީ ދަނީ ވަރަށް ރަނގަޅަށް ފޫބައްދަމުންނެވެ.

ޑެޝޯމްޕްސް އިއްޔެ ބުނީ ކުޅެވެން ތިބި ކުޅުންތެރިންނަކީ ކޮބައިކަން އޭނާ މިއަދު ވެސް ދެނެގަންނާނެ ކަމަށެވެ.

ގަތަރުގެ ފިނިހޫނުމިން ދަށް ގޮސްފައި ވުމުން ދޯހާގައި ޖަމަލު ހުން ދަނީ ފެތުރެމުންނެވެ. މީގެ ކުރިން ސްވިޒަލެންޑް ބައެއް ކުޅުންތެރިންނަށް ވެސް އެ ހުން ޖެހުނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި އާޖެންޓީނާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8 ޖަހާއިރު އެވެ.

10 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 29%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަހުވާ އަލީ

18 December 2022

ޖަމަލު ހުމޭ.؟މާތް އެއްޗެއް ނޫންތަ ޖަމަލަކީ

The name is already taken The name is available. Register?

ޅޮލް

18 December 2022

ކޮބާތަ މާތް އެއްޗެއް ކަމުގެ ދަލީލަކީ؟

The name is already taken The name is available. Register?

މުގާބޭ ބެ

18 December 2022

ޖަމަލު ގައުމުތަކުގައި ޖަމަލު ހުން ފެތުރޭނެ. އެއީ ޖަމަލު މާތްވެގެން ވާ ކަމެއް ނޫން

The name is already taken The name is available. Register?

ސުނާރު

18 December 2022

އަނިޔާއިން ރަނގަޅުވެ ޓީމްއާ ގުޅެން ބެންޒޭމާ އެދުމުން ކުރިންވެސް މުސްލިމަކަށްވާތީ އޭނާ އާދެކޮޅަށް ގެންގުޅޭ ޒާތީ ހަސަދައާހެދި ކުޅެންފުރުސަތު ނުދިނުމުން އެކަމަށް މަޖުބޫރީ ހާލަތު ކުރިމަތިވަނީކަމަށް ފެންނަނީ

The name is already taken The name is available. Register?

ބެންޒީ މޮމް

18 December 2022

ބެންޒީމާ ނުކުޅުނީ ރެއިންބޯ ތަމްސީލްކުރަން ބޭނުންނުވީމާ.. އޭރު ފްރާންސުންވެސް އުޅުނީ ރެއިންބޯ ކެޕްޓަން ބޭންޑް އަޅާގެން ކުޅެން.. ބެންޒީމާ ހުރިނަމަ އޭނަ އެބޭންޑް އަޅަންޖެހޭނީ..

The name is already taken The name is available. Register?

ޙވވހބހ

18 December 2022

އެއްޗެކޭ ކިޔަނީއޭ ދޯ، މިފަހަރު މީ މެސީގެ ފަހަރު

The name is already taken The name is available. Register?

ފަހުދު.

18 December 2022

ހަމަލު ހުން ހެހެނީ ހަމައެކަނި ފްރާންސް މީހުންނައް ތަ؟

The name is already taken The name is available. Register?

ކުޗީ

18 December 2022

ބަލަންތިބޭ ... ކުޅެން އަރާއިރު ކަރީމް ޖަމަލުވެސް އަދި ދެތިބި ހުރިހާ ޖަމަލެއްވެސް އަރާނެ. ބަލިވީމަ ދައްކާނެ އުޒުރެއް ކުރިޔާލާ ތިހާމަކުރަނީ ... ތިއީ ދުނިޔޭގައި އަލަށްކުރާ ކަމެއް ނޫން.

The name is already taken The name is available. Register?

ޖަމަލު ފޮޑި

18 December 2022

ޖަމަލު ފޮޑިއޭ ކިއާނެ ކަމެއްނެތް، ތީ ހުސްފޭކު ވާހަކަ.

The name is already taken The name is available. Register?

ކޯބްރާ

18 December 2022

ތީހަމަ މައިޑްގޭމް. ތިބުނި އެެންމެން ޔަގީން ކުޅެން އަރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454