"އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ މަންޒަރެއް
23 ޑިސެމްބަރ 2022 - 08:11
ސިނަމާގެ ތާރީހުގައި މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމަކީ، މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ކެމެރަންގެ 2009 ވަނަ އަހަރުގެ ފިލްމް، "އެވަޓާ" އެވެ. އެ ފިލްމަށް 2.9 ބިލއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބުނެވެ.
އެ ފިލްމު އެޅުވީންސުރެއް، އެންމެންހެން ކެތްމަދުވެފައި ތިބީ އޭގެ ސީކުއެލް އަކަށެވެ. ދެ ވަނަ ބައެއް އޭރު އިއުލާނުކުރި ނަމަވެސް، ފިލްމުގައި ދައްކާ ހިޔާލީ ދުނިޔެ "ޕެންޑޯރާ" ގެ ހިތްގައިމު މަންޒަރުތައް ސްކްރީނަށް އައިސްފާ މި ވަނީ 13 އަހަރު ފަހުންނެވެ.
އެވަޓާ ދެވަނަ ބައިގައި މެއިން ކެރެކްޓަރުންނާއި އާއިލާ
"އެވަޓާ: ދަ ވޭ އޮފް ވޯޓާ" ސިނަމާތަކުގައި އެޅުވީ މިދިޔަ ހުކުރު ދުވަހު އެވެ. އެންމެ ކާމިޔާބު ފިލްމުގެ ދެ ވަނަ ބަޔަށް ވުމުން، ބެލުންތެރިންނާއި، ފިލްމުގައި މަސައްކަތްކުރި މީހުން ހިމެނޭހެން ގިނަ ބަޔަކު އެއާ މެދު އެތަކެއް އުންމީދުތަކެއް ކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އަހަރު ޕްރިމިއާކުރި މަގްބޫލް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ އެވަޓާ އެވެ. ދެ ދުވަސްތެރޭ 180 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއަކާ އެކު، އެ ފިލްމުން ވަނީ މި އަހަރު އެޅުވި، "ބްލެކް ޕެންތާ 2" އާއި "ޑޮކްޓަ ސްޓްރޭންޖް 2" ވެސް ފަހާލައިފަ އެވެ.
އެވަޓާގެ މެއިން ދެ ކެރެކްޓަރުން: ޖޭކް ސަލީ އާއި ނެއިޓިރީ
އެޅުވި ފުރަތަމަ ހަފްތާގެ ތެރޭގައި ފިލްމަށް 550 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބި، މި އަހަރު ތެރޭ ޕްރިމިއާކުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ބައި ބިލިއަން ޑޮލަރު ހުރަސްކުރި ފިލްމުތަކުގެ ތެރޭގައި ވެސް މި ފިލްމު ހިމެނެ އެވެ.
ޕްރޮޑަކްޝަނަށް 350 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ އެވަޓާގެ ދެވަނަ ބައިގެ ހުރިހާ ހަރަދުތައް ކެނޑުމަށް ފަހު ފައިދާއެއް ލިބެން، ފިލްމުގެ އާމްދަނީ ދެ ބިލިއަނަށް ވުރެ ގިނަ ވާންޖެހޭނެ ކަމަށް ކެމެރަން ބުނެފައިވެ އެވެ.
"އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ މަންޒަރެއް
ސިނަމާގެ ތާރިހުގައި ވެސް ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފާ ވަނީ ފަސް ފިލްމެވެ. އެއީ އެވަޓާ (2.9 ބިލިއަން ޑޮލަރު)، އެވެންޖާސް އެންޑް ގޭމް (2.7 ބިލިއަން ޑޮލަރު)، ޓައިޓޭނިކް (2.1 ބިލިއަން ޑޮލަރު)، ސްޓާވާސް: ދަ ފޯސް އަވޭކެންސް (2.07 ބިލިއަން ޑޮލަރު) އަދި އެވެންޖާސް އިންފިނިޓީ ވާ (2.05 ބިލިއަން ޑޮލަރު) އެވެ.
ބައެއް ގައުމުތަކުގައި އަދިވެސް އަޅާފައިހުރި ކޮވިޑްގެ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ޖުމްލަ އާމްދަނީ ފުރަތަމަ ފިލްމާ ގާތް ނުކުރެވޭނެ ކަމަށް ބުނި ނަމަވެސް، މި ފިލްމަކީ ތަފާތު، ރީތި އަދި ހިތްގައިމު ސިނަމާ ތަޖުރިބާއެއް ކަމަށް ފިލްމުތަކަށް ފާޑުކިޔާ ގިނަ ކްރިޓިކްސް އިން އަންނަނީ ބުނަމުންނެވެ.
Avatar The Way of Water: lol imagine being dumb enough to bet against James Cameron. or teen alien Sigourney Weaver. or giant whales subtitled in papyrus.
— david ehrlich (@davidehrlich) December 6, 2022
light years better than the first & easily one of the best theatrical experiences in ages. streaming found dead in a ditch.
ކްރިޓިކްސްގެ ނަޒަރުގައި މި ފިލްމު ފުރަތަމަ ފިލްމަށް ވުރެ އެތައް ގޮތަކުން މާ ރީއްޗެވެ ބައެއް މީހުން ބުނާ ގޮތުން، ފަހުގެ ތާރީހެއްގައި "ފިލްމަކަށް ވާ ކަހަލަ ފިލްމެއް" އެ ލިބުނީ އަދި ކިރިޔާ އެވެ.
I say it again: Avatar 2 - seeing it you realize how long it has been since you saw a MOVIE-MOVIE (like that, in caps).
— Guillermo del Toro (@RealGDT) December 7, 2022
އެއްބަޔަކު ތައުރީފުކޮށް ވާހަކަ ދައްކާއިރު، އަނެއްބަޔަކު އަންނަނީ ފިލްމުގެ ވަގުތު ދިގުވުން ފަދަ ކަންކަމަށް ފާޑުކިޔަމުންނެވެ. ގިނަ މީހުންގެ ރިވިއު އަށް ބަލާއިރު، އާމްދަނީގެ ގޮތުން ފުރަތަމަ ފިލްމު ފަހާ ނުލެވުނަސް، އެ ފިލްމަށް ވުރެ ފަހުގެ ފިލްމު ރީއްޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލަމް ފެމިލީ
04 January 2023
2022 ގެ އެންމެ މޮޅު ފިލްމް. އަވަޓާ 1 އަށް ވުރެ މޮޅު ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްފައި ހުރީ. އެކަމު ތަންކޮޅެއްދިގު. އަދިވެސް ބަލަން ބޭނުން. ޖޭމްސް ކެމެރަން ތޭންކްސް!
ރެދަން
30 December 2022
މިހާ ވަރައްކިމި ރެދަންލަނީ އެވެޓާގެ ސަބަބުންދޯ ވަރައް ރެދަން ފިލްމެއް
މަނިޕާލް
26 December 2022
ފިލްމް ހަމަ ވ ހަބޭސް. އަދިވެސް ބަލާކަހަލަ