އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއް. މަހުގެ ޑިއުޓީ ނެގުން ކަނޑާލުމާ ގުޅޭ ގޮތުން ކުރެވޭ މަޝްވަރާތައް ކާމިޔާބު--ފޮޓޯ:މިހާރު
22 ޑިސެމްބަރ 2022 - 12:45
ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓު ކުރާ މަހުން ޑިއުޓީ ނެގުން ހުއްޓާލުމާ މެދު ކުރިއަށްދާ މަޝްވަރާތައް ވަރަށް ޕޮޒިޓިވް ކަމަށާއި ނަމަވެސް އެކަން ކުރަން ފަށާނެ ތާރީހެއް ބުންނަން އަދި ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު ވިދާޅުވީ، ޑިއުޓީ ކަނޑާލުމާ ގުޅޭ ގޮތުން ސަރުކާރުން އީޔޫއާ މަޝްވަރާ ކުރާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ.
"ނެގޯސިއޭޝަންތައް ރަނގަޅަށް ދަނީ. އަދި ވަކި މުއްދަތެއް ދަންނަވާކަށް ނޭނގޭ. [ދެ މަސް ދުވަހަށް ވުރެ] އަވަސް ވެސް ވެދާނެ ނޫނީ ލަސް ވެސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު މިހެން ވިދާޅުވި އިރު އެންމެ ލަސްވެގެން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އިނގިރޭސިވިލާތަށް އިމްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ނަގަ އެވެ. އެހެންވެ، ރާއްޖެއިން ޔޫރަޕް މާކެޓަށް ވިއްކާ މަހުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.
އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ގިންތީގައި 2011 ވަނަ އަހަރު ރާއްޖެ ހިމެނުމުން، އީޔޫގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށި އެވެ. އެހެންވެ އެކަށީގެންވާ އަގެއް ނުހޯދޭތީ އެކަމުގައި ލުޔެއް ހޯދަން ކުރީގެ ދެ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. މި ސަރުކާރުން ވެސް އެކި ފޯރަމްތަކުގައި ޑިއުޓީ ކަނޑާލުމާ ގުޅޭ ގޮތުން ޔޫރަޕް ގައުމުތަކާ އެކު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމެރިކާ
22 December 2022
ޢެމްޑީޕީ ރާއްޖެެއައް ދަތިކުރުމުގެ ފިޔަވަޅު އަޅާދޭން ބޭރުގެ ގައުމުތަކުގަ އާދޭސްކުރި.
މޫނިސާ
22 December 2022
ހިންގާލަން ވައުދުވީ،އެމް.ޑީ.ޕީ.އެކަން ހިނގާކަން އެދަނީ ފެންނަމުން، ދެ ރައީސުން އެދަނީ ރިޔާސީ ޓިކެޓް ހޯދުމަށް ކެމްޕޭން ކުރްމުން. ރާއްޖެއިން އީ ޔޫ އަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލާނެ ކަމުގެ ޔަގީންކަން ލިބުމަކީ އުފާކުރާ ކަމެއް.
ސަސި
22 December 2022
ހިންގާލަނަމޭ ކިޔާފަ އައިސް ނޭންގެއޭ ބުނިމަ ކަމަކު ނުދާނެދޯ. ނިކަން ބާރަށް ހިންގާލަބަލަ