ޚަބަރު / އުމުރުން ދުވަސްވީ މީހުން

އުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއް އައްޑޫގައި ހަދަނީ

ގުރައިދޫ މަރުކަޒުން ބަލަހައްޓާ އުމުރުން ދުވަސްވީ އަންހެނުން ތިބޭ ވޯޑުގައި ދިރިއުޅޭ ބަޔަކު: އަޅާލާނެ ބަޔަކު ނެތި މަރުކަޒުގައި ވެސް ގިނަ ބަޔަކު ދިރިއުޅެމުންދާ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އުމުރުން ދުވަސްވީ މީހުން ބައިތިއްބާ ހާއްސަ މަރުކަޒެއް (އެލްޑާލީ ހޯމް) އައްޑޫގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާރާތްކުރާ އެ މަރުކަޒުގެ މައިގަނޑު ބޭނުމަކީ ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމެވެ.

އެފަދަ މީހުންނަށް މިނިވަން މާހައުލެއް ގާއިމު ކޮށްދިނުމާއި އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުގެ ބެލުމުގެ ދަށަން ގެންދާ އެމުރުން ދުވަސްވީ މީހުން ބަލަހައްޓަން އެކަށީގެންވާ މާހައުލެއް ގާއިމު ކުރުމަކީ "އެލްޑާލީ ހޯމް" އެއް ހެދުމުގެ ބޭނުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ވިލެޖުގެ ހިދުމަތް ހޯދާ މީހުން ބަހާލާފައި ވަނީ ތިން ބަޔަކަށެވެ. އެއީ:

- އެ ތަނުގެ ހިދުމަތް ހޯދަން އަމިއްލަ އަށް ބޭނުންވާ މީހުން (ޕްރައިވެޓް ރެސިޓެންޓްސް)

- އެހީތެރިކަމާއި އަޅާލުން ބޭނުންވާ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން.

- ގޭގައި ބަލަހައްޓަމުންދާ ދޮށީ އުމުރުގެ މީހުން، އެ މީހުން ބަލަހައްޓަމުންދާ މީހުން ވަޒީފާ އަދާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވަޒީފާ އަށް ދާ ވަގުތު ތަކުގައި "ޑޭ ކެއާ"ގެ ގޮތުގައި.

މި ވިލެޖް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުންނެވެ.

އުމުރުން ދުވަސްވީ މީހުންނަށް މަރުކަޒެއް އެޅުމަށް ނިންމާފައި ވާއިރު، އަޅާލާނެ މީހަކު ނެތި ތިބޭ އެ ފަދަ މީހުން މިހާރު ބަލަމުން ގެންދަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ގުރައިދޫ މަރުކަޒުގަ އެވެ.

19 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 50%
icon wow icon wow 17%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަކަތީބު

23 December 2022

އައްޑޫގެ ތަރައްޤީއައް ވަރަށް މުހިއްމު ތަނެއް އަދި ގުރައިދޫ ހުންނަ މަރުކަޒު ބަދަލު ކޮށްލުމުން މާފުރިހަމަވީސް!

The name is already taken The name is available. Register?

ތަހުޒީބު

23 December 2022

ޢުމުރުން ދުވަސްމީހުން ގެ މަރުކަޒު ހުންނަންޖެހޭނީ ސަލާމަތަްކަން ބޮޑުރަށެއްގަ. ޢައްޑޫގަ ހަރުކުލައިގެމީހިންވެސް އައްޑޫގަނޫލޭނެ. ޥައްކަން ގިނަ ތަނެއް

The name is already taken The name is available. Register?

ގަމަޜޫ.

23 December 2022

ވައްކަމަށްވުރެން ހަކުރު ގިނަ މުޤައްދަސް ރަށްކޮޅު ކިހިނެއްވާނެ ؟ އެއީ ވީއްޔާ ކަލޭމެން ބޭނުންވާ ގޮތަކީ. ބިމެއް ނެތަސް އިންޑިޔާއިން އަޅާދޭޏް އުޅޭ ކެންސަރު ހޮސްޕިޓަލްވެސް ތިތަނަށް ބަދަލު ނުވެގެން ތެޅި ބާލަނީ.

The name is already taken The name is available. Register?

އެއްކަލަ އިބުރާ

23 December 2022

މިތަނަށް ވައްދާ ގިނަ ބޭފުޅުންނަކީ ދަރިން ނެތިގެން، ނޫނީ ދަރިން މަރުވެގެން އެކަނިވެރި ވާ ބޭފުޅުން ކަމަކަށް ނުވާނެ. މުސްކުޅިންނައް އަޅާލާ ތަނެއް ހެދީމަ މީހުން ރުޅި އަންނަނީ އެއް ނޫން. ރުޅި އަންނަނީ ދަރިން ހެޔޮ ހާލިގަ ތިބެ މައިންބަފައިން ބެލުމުގެ ބަދަލުގަ މިތަނަށް ވައްދާނެތީ. މިހާރުވެސް ދަރިން ތިބެމެ ކިތައް މީހުން މަގުމަތި ކޮއްފަ ތިބެނީ؟

The name is already taken The name is available. Register?

ހީނާ

23 December 2022

އިތުރު ތަނެއް ހެދުމުގެ ކުރިން މާ މުހިންމުވާނެ މިހާރު ހުރި ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު ހަރުދަނާ ކުރުން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 December 2022

އަހަރުމެންގެ މުޖުތަމައުއަކީ މައިންބަފައިންނަށް އިޙްތިރާމާއި، ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމާއި، ހިމާޔަތް ދިނުމުގައި ޒަމާންތަކެއްވަންދެން ދެމުތިބި ބައެއް. # މިކަން ބަދަލު ކޮށްލީ މާލޭސަރުކާރުގެ ސިޔާސަތުގެ ސަބަބުން މަޖުބޫރީ ޙާލަތް މެދުވެރިވެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ކަންކަން ފުއްދުމަށާއި އާމްދަނީ ހޯދަން އަހަރުމެން ކުލީ އަޅުންގެ ގޮތުގައި ވަޒަންދޫކޮށް ކ.އަތޮޅު މާލެއަށް މިސްރާބު ޖަހާންޖެހި އާއިލާތައް ވިއްސިވިހާލިވުމުން ނޫންތޯ.

The name is already taken The name is available. Register?

ފޮނިކުއްޖާ

23 December 2022

ކީއްވެތަ އެހާ ގިނަ ކޮމެންޓަރުންނައް ނުވިސްނެނީ... ބައެއް މީހުންގެ ދަރިން އެމީހުންނަށް ވުރެ ކުރިން މަރުވާކަން، އަދި ބައެއް މީހުންގެ ދަރިން ނުވެސް ހުންނާނެކަން؟! މިކަހަލަ ފެސިލިޓީ އެއް ގާއިމްވެ، އެފަދަ މީހުންގެ ހައްގުތައް ރައްކާތެރި ވެދާނެތީ، ހާދަ ރުޅިއެއް ތި އަންނަނީ؟ އަމިއްލަ ދަރިން ކަލޭމެންގެ ހުރީތީ ޝުކުރުކޮއްގެން މަޑުން ތިބެބަލަ!

The name is already taken The name is available. Register?

އަންތަރީސް

23 December 2022

ބަލަ. ދަރި ނެތިއްޔާ އެއްބަނޑު މީހުން ވެސް ތިބޭނޭ. މިކަހަލަ ތަންތަން ހުޅުވިމާ ނުކުންނަ އެންމު ނުބައި ނަތީޖާއަކީ ގުޅުވަން އަންގަވާފައިވާ ގުޅުންތައް ހީނަރުވުން ރަހިމުގެ ގުޅުން ނުދަންނަ ވ. ނިތަހުޒީބު މުޖުތަމައެއްކަން މި ކަންކަމުން މި ދައްކާދެނީ. ހުޅަނގުގެ މީހުން އެމީހުން އެމީންގެ މައިން މުސްކުޅިވީމާ މިކަހަލަ ތަންތަނަށް ލާގެން އުޅޭ ސަޅި ދިރިއުޅުޅުމެއް ބޭނުން ވެގެންބާ މި އުޅެނީ..

The name is already taken The name is available. Register?

ސޔޔު

22 December 2022

ތިއުޅެނީ މީހުްނގެ މައިންބަފައިން މަގުމަތި ކުރުވާލެއް ގިނަކުރަން. ހުޅަނގުގައި ހަދާގޮތަށް. އެމީހުން ހިޔާތަކުގައި ބައިތިއްބުން .ދަރިން ހިތައް އެރި ދުވަހަކުން ހާލުބަލަން އަންނާނީވެސް. އެމީހުން ބާކީވީ

The name is already taken The name is available. Register?

ފޮނިކުއްޖާ

23 December 2022

ދަރިން ނުހުންނަ މީހުން، ތިމާއައްވުރެ ކުރިން ތިމާގެ ދަރިން ނިޔާވާ މީހުން، ހަމައެކަނި ނުކުޅެދޭ ދަރިން ލިބުނު މީހުން، މިފަދަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމައްޓަކައި މިފަދަ ހޯމްތައް ހުންނަން ޖެހޭ.

The name is already taken The name is available. Register?

އަހަންމަ

22 December 2022

އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު ޢުމުރުން ދުވަސް ވުމަކީ ކޮބައިކަމެއް.. ޢުމުރުން ދުވަހެއް ނުވާމީހަކު މިދުނިޔެއަކު ނުހުންނާނެ.. މުސްކުޅި ވީއޭބުނީމަ ހަޑީތަ..

The name is already taken The name is available. Register?

ބަރުބަރީ މޮރޮކޯ

23 December 2022

ނޫން އެހެނެއް ނޫން ވަނީ މުސްކުޅި މައިންބަފައިން ކޮވިޑް ފެސިލިޓީ އަށް އުކާލާ އެއް ދުވަހުން 14 މީހުން މާރާލި ގޮތަށް މުސްކުޅި މައިންބަފައިން އުކާލާ މީހުން މިހާރު ރާއްޖޭގައި ވަރަށް ގިނަ. ދެން ތި ސިކުނޑި ހުޅުވާލާ. ތުންފަތުގަ ރަތް ދަވާދު ފާޓާއެއް ހާކާ ފުށް ބަސްތާއަކުން ނޫނީ ފުށް ނުޖެހޭ ހަރުގަނޑަށް ހަރާ ހުންނަ ވަރުގެ ފުއްކަށި ފައިވާނަކަށް އަރާ ހުންނަ އަންބަކު ލިބުނީމަ މުސްކުޅި މައިންބަފައިން އުކާލަނީ ހުތުރު ބަދުނާމެއް ބޮލުގަ އަޅުވާފަ.

The name is already taken The name is available. Register?

ބޮސް ގެ ބޮސް

22 December 2022

ޢައި.ޖީ.އެމް.އެޗްގެ ވޯޑުތަކަށް އުކާފަ ތިބި މީހުންނޯ؟

The name is already taken The name is available. Register?

އާދަނު123

22 December 2022

ދެން އެހެން ރައްރަށު މީހުން ވަޒީފާ އަށް ދާންވީމަ އައްޑޫ އަށްތަ މާމާ ކާފާމެން ފޮނުވަންވީ، އައްޑޫ އަކީ ރާއްޖޭގެ ނިސްބަތުން ހޫނު ވެސް ގަދަ ހިސާބެއް، ތިކަން ކުރަންޏާ ހުރިހާ އަތޮޅަކަށް ފައިދާ ވާނެހެން ކުރުން ރަނގަޅު، ތީ ބޭނުންވާ ތަނެއް އުމުރުން ދުވަސްވީ މިހުންނަށް އަޅާނުލާ ދަރި މިހާރު ވ ގިނަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454