ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ހާލިދު -- ފޮޓޯ: މިހާރު
26 ޑިސެމްބަރ 2022 - 13:54
ހަތަރު އަހަރުގެ ދައުރު ހަމަވުމުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އިއްޔެ އެ މަގާމުން ވަކިވެވަޑައިގެންފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އަލީ ހާލިދުގެ އިތުރުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމް ވެސް އޭނާގެ ދައުރު ހަމަވުމުން މިއަދު މަގާމުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.
ޕީއެސްއެމްގެ ގާނޫނުގައިވާ ގޮތުން އެ ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަންކުރެވޭނީ ހަތަރު އަހަރުގެ ދައުރަކަށެވެ. އެ ކުންފުނީގެ ބޯޑުގައި ފަސް މެމްބަރުން ތިއްބަވަ އެވެ.
އާސިމް ވިދާޅުވިގޮތުގައި، އަލީ ހާލިދާއި ޝަމީމްގެ ދައުރު ހަމަވިޔަސް، ހުސްވި މަގާމުތަކަށް މީހުން އައްޔަންކުރަން އެ ކުންފުނީގެ ހިއްސާދާރު، ސަރުކާރުން އަދި އެދިފައެއް ނުވެ އެވެ.
"މުއްދަތު ހަމަވާކަން ރައީސް އޮފީހަށް ވެސް އަންގާފައިވާނެ. އެކަމަކު އަދި އެ މަގާމަށް ބަޔަކު އައްޔަންކުރަން ނާންގާނާ،" އޭނާ ވިދާޅުވި އެވެ.
މެނޭޖިން ޑިރެކްޓަރު ކަމުން އަލީ ހާލިދު ވަކިވުމުން މިހާރު ޕީއެސްއެމްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އެ ކުންފުނީގެ ޕްރޮކިއުމަންޓް މެނޭޖަރު މުހައްމަދު ސައީދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުގާސްމަން
27 December 2022
ގައުމީ ޓީވީ ޗެނަލުގެ ބޭނުން އެންމެ ރަގަޅަށްހިފީ ޔާމީން، މުޅި ސްޓޭޝަން އޮތީ ހަމަ ސީދާ ޔާމީން ކެމްޕޭނުގަ އެހެންކަމެއް ނުކުރޭ
މިހާރު ކިހިނެއް
27 December 2022
މިހާރު ވަކި ތަފާތުތަ؟
ހާމިދު ޝާހިދު
27 December 2022
އިބޫ ސޯލިހެކޭ ތަފާތެއްނެތް. 4 އަހަރު ފާއިތުވެގެން ދިޔައީ، ސްނެއިލް ސްޕީޑްގައި. އަސްލުވާނީ އަލުން މީނާ އައްޔަން ކުރަން. އެހެނީ، އިބޫމެންގެ ސްލޯ އެޖެންޑާ ދެމެހެއްޓޭނީ މިކަހަލަ ޓީޗަރެއް ލައިގެން.
އަލި ކާޅޭ
26 December 2022
ތިބުނިހެން މަކަރު ވެރި އެއް ޔާމީން ދައުރުގަ ރއީސް ގެ ސްޕޯކްސް ޕާރސަނ ދެން އިބޫ ޗެނަލް ޕީ އެސް އެމ. ކުރިން ޑީއާރް ޕީ ހަމަ އކަނި މުހިއްމުނޫނީ ނަސްރުގެ ދުވަސް . ނިމި ދިޔަ ވޯލްޑް ކަޕްގަ މީޑިއާ ނެޓާ އެއް ބައިވެ ހިނގި ބޮޑު ކޮރަޕްޝަނޯ .. ނާހަމަ ހަމަ ނުބައި ކަން ބޮޑު، ގިނަ ދުވަސްވީ މުއައްޒަފުންނަށް ގޯސް މީހެއް
ސުހާނީ. އުއްމީދީ ބަދަލު
26 December 2022
ޕީއެސްއެމްގެ ޕްރޮގްރާމްތައް ކޮންޒަވޭޓިވް ކުރުމުގެ މޭސްތިރިއަކީ އަލީ ކަމަށް އަޅުގަނޑުމެން ބަލަނީ. ކޮންމެ ޕްރޮގްރާމަށް ދީނީ، ގައުމީ އަދި ސިޔާސީ ކޮމްޕޯނެންޓެއް ލައިގެން ދައުލަތުގެ ޓީވީ ހިންގާތަން ފެންނަނީ. ހުޅަނގާއިމެދު ނަފްރަތު އުފައްދާކަންވެސް ފާހަގަކޮށްލަން.
ފިނރުޓޭ
26 December 2022
2023 ވަނަ އަހަރަކީ އިންތިޚާބު އަހަރެއްނު! ކޮންމެވެސް ފަޅި އަކަށް އަރަން ރާވަނީ ކަމަށް ބޮޑަށް ބެލެވެނީ އިނގޭ! ކުރިންވެސް އުޅުނު ޓޫޓޫގެ ބުންޏާމީނު މެނާ އެކީ ޑީއާރުޕީ ކިޔާ ޕާޓީއެއްގެ ކަންކަމުގަ! ވަރަށް އެޒާތުގެ ފިކުރުގެ ބޭޅެއް ކަމަށް ބެލެވެނީ އިނގޭ!
މާކުންބޭ
26 December 2022
މަކަރުވެރި މީހެއް، ޕީއެސްއެމަށް ދިރާގު ޑީލް ނުހޯދާ ތިދަނީ ސަންޝިޔާމް ދިރާގުން ދަމައިގަތް ޓީވީ ސާރވިސްއަށް ދާން. ކަރަޕްޓް މީހުން އެކިގޮތްގޮތުން ދައުލަތުން ފޭރޭތަން މިފެންނަނީ.
ނަންރީތި ހަސަން
26 December 2022
ޢަލީ ޚާލިދު ވަނީ ޕީ.އެސް.އެމް.ދަރުވާލާފައި.އަދި އެ ތަނުގައި ގނަ ކަރަޕްޝަންގެ ޢަމަލުތައް ދަނީ ހިގަމުން.
ޢިހްސާސް..
26 December 2022
ޢަލީ ހާލިދުގެ ކުރިން އިކުރާމް ހަލީލުމެން ވޯލްޑުކަޕް ޕީއެސްއެމްއަށް މިގައުމުގަ މިލްކުވިއްޔޭ ކިޔާފަ ދަރުވާލި.
އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ
26 December 2022
މީނާ ބުނީ ނަސްރުދުހަކީ، އެހެންގޮތަކަށްބުނާނަމަ، ސަގަރޭމެން އެރިދުވަހަކީ "ބީ" ކެޓަގަރީ ދުވަހެކޭ. އަނެއްކާ ބޮޑެތި އަދަދުތަކުން ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރެވޭމީހެއް. މާނައަކީ ކޮންމެވެސް މިނިސްޓްރީއެއްގެ ޑިރެކްޓަރުކަމަށް ނުނީ ނައިބުކަމަށް ޝަރުތުހަމަވެފައޭ.
ހިރަފުސް
26 December 2022
ވަރަށް އުފާވެރި ޚަބަރެއް... މީނައާހުރެ މުޅި ޕީއެސްއެމް ވަނީ ހަލާކުވެފަ. ކުރިއަރައިގެން ދިޔަ އެއްކަމެއްވެސް ނެތް. މީނަ ނެތަސް މިއަށްވުރެ ރަނގަޅަށް ހިނގާނެ.