ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޔާމީން ލޯންޗުގައި މާފުއްޓަށް ގެންދަނީ. .-- ފޮޓޯ: ނިޝާން އަލީ | މިހާރު
27 ޑިސެމްބަރ 2022 - 11:03
ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސުންނަށް ޖަލުގައި ހަދާފައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވުމުން ޔާމީން ވަނީ 11 އަހަރަށް ޖަލަށް ހުކުމްކޮށްފަ އެވެ. އެ މަނިކުފާނު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.
ޖަލުގައި ޔާމީނަށް ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްފައިވޭތޯ ބަލަން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން އިއްޔެ ކަރެކްޝަންސަށް ވަޑައިގަތެވެ.
ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި ބައެއް އިންތިޒާމުތަކާއި ބެހޭގޮތުން މަޝްްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީ ލީޑަރުން ކަރެކްޝަންސްގައި .-- ފޮޓޯ: ޕީޕީއެމް
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން "މިހާރު" އަށް މިއަދު ވިދާޅުވީ ޔާމީން ހުކުމް ތަންފީޒުކުރައްވަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައި ކަމަށެވެ.
އެއީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ، ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ކުރުމުން ވެސް ބެހެއްޓި ތަނެވެ.
ޔުސްރީން ވިދާޅުވީ އެތަނުގައި ޔާމީނަށް ދޭން ޖެހޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން ދެމުން އަންނަ ކަމަށެވެ.
"އެއީ ކުރީގެ ރައީސުންނަށް ހުންނަ ވަކި އެޕާޓްމެންޓެއް. އެތަނުގައި ހުންނާނެ ކޮޓަރިއަކާއި ފާހަނާއަކާއި ސިޓިންރޫމެއް. ޖަލުގައި ތިބޭ މީހުންނަށްދޭ ހުރިހާ ހިދުމަތެއް ލިބޭނެ. ކުރީގެ ރައީސަކަށް ވީމަ ވަކިން ސެކިއުރިޓީ ބަލަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.
ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ވަކި އެޕާޓްމެންޓްތަކެކެވެ. އެ ތަން ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ.
އެ ކޮޓަރިތަކުގައި އެނދަކާއި ގޮދަޑިއަކާއި އަލަމާރިއަކާއި ފްރިޖަކާއި އޮޓޯ މެޝިން ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.
އެހެން ކުށްވެރިންނާ ހިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި އޮންނަ ބޭފުޅުންނަށް ހާއްސަ ކެއުންތައް ލިބެ އެވެ. އެ ގޮޅިތަކުގައި ތިބޭ މީހުންގެ ސިއްހީ ކަންކަން ގާތުން ބަލަމުން އަންނައިރު ކިޔާނެ ފޮތްތަކާއި ނޫސް އެ ގޮޅިތަކުގައި ލިބެން ހުރެ އެވެ.
ޔާމީންގެ ސަރުކާރުގައި އެކި ތުހުމަތުގައި ގިނަ އަދަދަދަކަށް ސިޔާސީ ބޭފުޅުން ހައްޔަރުކުރިއިރު އެ ބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން ބޭތިއްބީ އާދައިގެ ގޮޅިތަކުގަ އެވެ. މީގެ 8 ވަރަކަށް އަހަރު ކުރިން އެ ތަން ހެދީ ކުރީގެ ރައީސުންގެ ތެރެއިން ކުށްވެރިވުމުން ޖަލަށް ލާ ބޭފުޅުން ބޭތިއްބުމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ކުރިން އެ ތަނުގައި ބޭތިއްބި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލީ
29 December 2022
މާލޭގަ އުޅޭއިރު ވެސް އެހާ ބޭރުތެރެއަށް ނިކުންނަ މީހެއް ނޫން . ޢެހެންވީމަ ތިތަންވެސް ވަކި ތަފާތެއް ކޮބާ؟ އަނެއްކާ ނުލާހިކު ދަހި މީހެއް ކަމަށް ފެންނަނީ އެހެންވީމަ ޖަލުގަ އިންނައިރު ކެއުމާ ކަރަންޓާ ދެންވެސް އަތުން ޚަރަދެއް ނުދާނެ ތާ.. ތިވީ މާރަނގަޅު ގޮތެއް ކަންނޭގެ
ވެރިކަމައްފަހު ޖަލު
28 December 2022
މިހާރުގެ މީހާއަށް ވެސް ހަމަ ވީއައިޕިކޮއް ހުރެލަން ލިބިދާބެތާ ދޯ ހިގާ ބަލަމާ.
ޖުޖު
28 December 2022
ދެން އަދީބު ހުންނެވީ؟
ހޯރަބޭ
28 December 2022
މިވެރިން ޖަލަށް ލިޔަސް ލަގުޒަރީ އެފާޓްމަންޓްގަ ވީއައިފީ ފެންވަރުގަ. ޖަލަށް ލަނީއޭ މި ކިޔަނި ކީއްވެބާ? ގޭގަ ބެހެންޓިޔަސް މާރަގަޅު ވާނެ ތިއަށްވުރެ.
ހގގ
27 December 2022
ޔާމީން 11 އަހަރު ޖަލުގައި ގެންގުޅުމަށްވުރެ ދޫކޮށްލައިފިނަމަ، ރައްޔިތުންގެ މާލިއްޔަތަށް ލިބޭގެއްލުން ކުޑަވާނެ. ޖަލުހުކުމެއް އައިސް ޖަލަށްލުމުން ކުރީގެ ރައީސެއް، ކުރީގެ ފަނޑިޔާރެއް، ކުރީގެ ވަޒީރެއް މޮޅުމީހެއް ދެރަމީހެއް އޮވެގެންނުވާނެ. ޤާނޫނުބުނަނީ ހުރިހައިރައްޔިތުން ހަމަހަމަކަމަށް އެހެންވެއްޖިއްޔާ ޖަލަށްވައްދާ އެންމެނަށް އެއްގޮތްވާންޖެހޭނެ. އެއްބަޔަކު ބޯނުގުދަނުގަ އަނެއްބަޔަކު ފިނިކުރިކޮޓަރީގަ. ޤާނޫނުއަސާސީ ގުއިފުހޭ ކަރުދާހަށްވުރެ ދެރަކޮށްފި.
ޓޫވެލް
27 December 2022
ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ރައީސް ޔާމީން އަކީ އެއީ ރާއްޖޭގައި އުފެދުނު ދެވަނަ ބޮޑުތަކުރުފާނުއޭ އޯއް އޯއް ރައީސް ޔާމީން މާބޮޑަށް ރަނގަޅޭ އޯއް އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލް އޯލް އޯލް ޓޫވެލް އޯލް ޓޫވެލް...
ބޮޑުމީހާ
27 December 2022
ވަކި މީހަކަށް ވީތީ އެޕާރޓްމަންޓް ދޭންޖެހޭތަ. މިގައުމުގެ ހަލާކު މި.
ދޮންދީނިވެ
27 December 2022
5 އަހަރު ނިންމާފަ ވަންނާނެ ގަނޑުވަރެއް ހަދާ ... ކޮންފަދަ ބޮޑު ސަކަރާތެއްތޭ
ހަމަނަހަމަ
27 December 2022
އާދައިގެ ނިކަމެތިން ހުރަގޭގަ ގިނައިންކާ ބޮޑެތި ބިޔަ މުޖުރިމުން އެއަރކޮމިސް ކޮށްފަހުންނަ އެކުވެނީގަ
ގާނޫނުގެފޮނިމީތުކަން
27 December 2022
ގާނޫނަކުން ގެންނަންޖެހޭ ވަރަށްބޮޑު ބަދަލެއް އެބައޮތް. 5 އަހަރުގެ ދައުރު ނިމުމުން ކޮންމެ ރައީސަކުވެސް އޮޓޮމެޓިކުން 5 އަހަރުވަންދެން ތި އެޕާޓްމަންޓުގަ ބަހަށްޓަން ވީ. އޭރުން ކޮންމެކޮންމެ ބަޔަކު ވެރިކަމަަށް ކުރިމަތިނުލާނރ ކަމަށް މިބަލަނީ