ރެއާލުން ލީޑު ނެގި ޕެނަލްޓީ ބެންޒެމާ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
31 ޑިސެމްބަރ 2022 - 13:18
ވަލަޑޮލިޑް (ޑިސެމްބަރު 31) - މެޗުގެ ފަހު ހަތް މިނިޓުގެ ތެރޭ ކަރީމް ބެންޒެމާ ޖެހި ދެ ގޯލާ އެކު ރެއާލް މެޑްރިޑުން 2-0 އިން ރެއާލް ވަލަޑޮލިޑް ބަލިކޮށްފި އެވެ.
ރެއާލުން ޖެހި ދެ ގޯލު ވެސް ޖެހީ، މެޗުގެ 82 ވަނަ މިނިޓުގައި ވަލަޑޮލިޑްގެ ފޯވާޑް ސާޖިއޯ ލިއޯނަށް ރަތް ކާޑު ދެއްކި ފަހުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ކޯނަރެއްގައި އެންޓޮނީ ރުޑިގާ ބޮލުން ފޮނުވާލި ހަމަލާއެއް ވަލަޑޮލިޑްގެ ޑިފެންޑަރެއް އަތުގައި ޖެހުނު ކަމަށް އެޕީލް ކުރުމުން ހިނގާދިޔަ ދެބަސްވުންތަކާ ގުޅިގެންނެވެ.
ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު އެއީ ޕެނަލްޓީއެއް ކަމަށް ނިންމައި، ލިއޯން އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
ބެންޒެމާ ރެއާލްގެ ދެވަނަ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ 83 ވަނަ މިނިޓުގައި ކެޕްޓަން ބެންޒެމާ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކޮށް، ރެއާލަށް ލީޑު ހޯދައިދިނެވެ. އަދި ދެ ވަނަ ލަނޑު 89 ވަނަ މިނިޓުގައި ބެންޒެމާ ޖެހީ އެޑުއާޑޯ ކަމަވިންގާ ދިން ޕާހަކުންނެވެ.
އަނިޔާގެ ސަބަބުން ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލުނު ބެންޒެމާ ވަނީ ރެއާލާ އެކު ރޭގެ މެޗުގެ 90 މިނިޓު ކުޅެފަ އެވެ. ވޯލްޑް ކަޕް ފައިނަލް ގައި ކުޅުނު ފްރާންސްގެ ކަމަވިންގާ އާއި އޮރޭލިއެން ޗުއަމެނީ ކުޅެން ނުކުތީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި، ކްރޮއޭޝިއާ އަށް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިިން ކެޕްޓަން ލޫކާ މޮޑްރިޗް ވެސް ކުޅެން އެރި އެވެ.
މި ނަތީޖާއާ އެކު ރެއާލް ވަނީ ބާސެލޯނާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ވަގުތީ ގޮތުން ލީގު ތާވަލްގެ އެއް ވަނައަށް ޖެހިލައިފަ އެވެ. ރެއާލް ވަނީ މިހާތަނަށް ކުޅުނު 15 މެޗުން 38 ޕޮއިންޓް ހޯދައިފަ އެވެ. ބާސެލޯނާ މިހާތަނަށް ކުޅުނު 14 މެޗުން ހޯދި 37 ޕޮއިންޓާ އެކު މިވަގުތު އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ.
ބާސެލޯނާ މި އަހަރު ކުޅޭ ފަހު މެޗުގައި މިއަދު ހަވީރު 6 ޖަހާއިރު އަމިއްލަ ދަނޑުގައި އެޓީމުގެ އަވަށްޓެރި އެސްޕަނިޔޯލާ ދެކޮޅަށް ކުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކސޖނޒ
01 January 2023
ހާރޑުނުވޭ!!! ރެފްރީއަލް މެޑުރިޑަށް ރެފުރީންގެ އެހީތެރިކަން ލިބޭނެ ލީގުގެ މިހިސާބުން… ބަލަން ތިބޭ
ިސިސިސުސޖުސޖސނ
01 January 2023
މުޅިން އެހެންނޭ މޮޅުވަނީ ޗެންޕިއަންސް ލީގުގަ ވެސް.. މިބުނީ ރެފުރީންގެ މަދަދު ލިބޭ ވާހަކަ ތިޔަ ޓީމުތަކަށް
މަޒް
31 December 2022
މެސީ ކިޔާ ސޮރަކު ވޯލްޑް ކަޕުގައި އެއް މުބާރާތެއްގައި އެންމެ ގިނަ ޕެނަޓީ ޖެހި ރެކޯޑް ހެދި ތޯއްޗެއް.. އެވާހަކަ ނުދައްކަމެއްނުން
އިިއިއިިސިސ
01 January 2023
ދޭބަލަ އެވާހަކަ ދައްކަން.. ކާކުތޯ ހުއްޓުވަން އަންނާނީ
ރަދީފް އޮފިޝިއަލް
31 December 2022
ވޯރލްޑް ކަޕްގަ ކޮންމެ މެޗެއްގަ ޕެނަލްޓީ ހޯދައިގެން ޗެމްޕިއަންކަން ހޯދި ޓީމެއްވެސް އޮތް. އެކަމަކު އޭރު ހެޑްލައިންތަކުން ފެނުނީ ވަކި ކުޅުންތެރިއެއްގެ ޖާދުލުގެ ވާހަކަ. ވޯރލްޑްކަޕް ނިމުނީ ޕެނަލްޓީ މަތިން ހަނދާންވެއްޖެ.. ސާބަހޭ ނޫސްވެރިކަން
ހުތްއާދަނު
31 December 2022
ކަލޭ ހާދަ ނެގެޓިވޭ ދޯ. އެތާތެރޭ ބަށިބޯޅަ ކުޅެންޏާ ޕެނަލްޓީ އެއް ނޫން ރަތްކާޑު ވެސް ދައްކަން ޖެހޭ
ވާނުވާ.
31 December 2022
ކޮން ޕެނަލްޓީގެ އެހީއެއް؟ ކިތައްފަހަރު އަތްލައި އެރިޔާތެރެއިން ކިތައް ފައުލް ކޮށްގެން އެންމެ ފަހުން އޭރިޔާތެރެއިން ވޮލީ ކުޅެގެން ދިން އެއްޗެއް. ގޯލަށް ޖަހާ ކޮންމެ އެއްޗެއް ޑިފެންޑަރުން ހަތަރެސްފައި ލައިގެން މަތަކުރަން އެއީ ރަނގަޅު ގޮތެއްވިއްޔާ ތިޔަހެން ލިޔަންވީ.