މޯލްޑިވިއަން އިން ރާއްޖެ ގެނައި ދެ އޭޓީއާރް ބޯޓު ރަންވޭއަށް ތިރި ކުރަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު
04 ޖެނުއަރީ 2023 - 18:44
ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭޓީއާރު-72 ގެ ދެ ފްލައިޓް ރާއްޖެ ގެނެސްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި ދެ ބޯޓު ޖެއްސީ މިއަދު ހަވީރު 4:00 ގަ އެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގަތެވެ.
ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނީގެ މިއިން ކޮންމެ ބޯޓަކުން ވެސް 72 މީހުން އެއްފަހަރާ އުފުލޭނެ އެވެ. މި ބޯޓުތަކުގެ އިންޖީނަކީ އޭޓީއާރްގެ އެންމެ ފަހުގެ އިންޖީނުތަކެވެ. އެއާ އެކު ކުރީގެ ބޯޓުތަކަށް ވުރެ މެއިންޓަނެންސް ހަރަދު 20 ޕަސެންޓް ކުޑަވާނެ އެވެ. އަދި ތެޔޮ ބޭނުން ކުރާ ވަރު ތިން ޕަސެންޓް ކުޑަކޮށްދޭނެ އެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، މޯލްޑިވިއަން އިން ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތަކަށް ވިއްސަކަށް އަހަރުވެފައިވާ އިރު، އޭގެ ސަބަބުން މެއިންޓަނެންސް ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލް އަށް ވެސް ބުރޫ އަރަމުން ދިޔަ ކަަމަށެވެ. އެހެން ނަމަވެސް އާ ބޯޓުތަކާ އެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓު ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ އިސްވެރިންނާ ނައިބު ރައީސް ފައިސަލް ނަސީމު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި ބޯޓުތަކުގެ ގޮނޑިތައް ތަންކޮޅެއް ގިނަ ވާނެ. އަޅުގަނޑުމެންނަށް މީހުންނަށް ދެވޭ ސީޓުތައް ވެސް އިތުރުވާނެ. މި ބޯޓުތައް ގެނައިމަ އަޅުގަނޑުމެންގެ ރިލަޔަބިލިޓީ 100 ޕަސެންޓު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އަލަށް ގެނައި ދެ ބޯޓުގެ އިތުރުން އޭޓީއާރްގެ 42 ޖާގައިގެ ބޯޓެއް ވެސް މި މަހު ތެރޭ މޯލްޑިވިއަން އަށް ލިބޭނެ އެވެ. އެ ބޯޓާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 ބޯޓަށް އިތުރުވާނެ އެވެ.
އޭޓީއާރް ފްލައިޓް އެތެރެ. މި ބޯޓުން 72 މީހުންނަށް ދަތުރު ކުރެވޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޖެނިފާ ވިދާޅުވީ، އާ ބޯޓުތަކާ އެކު މޯލްޑިވިއަންގެ ބޯޓުތަކުގެ އިން-ފްލައިޓް ހިދުމަތްތައް ވެސް މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ޑޭޝް މަރުކާރުގެ ބޯޓުތައް އާ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އާ ބޯޓުތައް ލިބޭ ވަރަކުން ޑޭޝް މަރުކާރުގެ ބޯޓުތައް ބޭނުން ކުރުން ހުއްޓާލަމުންދާނެ ކަމަށެވެ. ޖެނިފާ ވިދާޅުވީ، މި އަހަރު ތެރޭ ވެސް އޭޓީއާރްގެ އާ ބޯޓުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
05 January 2023
ކޮންމެދުވަހަކު މާލެއިންއައްޑުއަށް 5 ދަތުރު ކުރުމުގެބަދަލުގައި (މިގޮތަށް ހަނިމާދުއަށްވެސް ދަތުރުކުރާނަމަ) މިމަންޒިލަށް ކޮންމެދުވަހަކު A-321 އެންމެބޯޓެއް އޮޕަރޭޓްކޮށްގެން ކުރޫސެޓަށް އަދި ކެޕްޓަނަށް ކުރާންޖެހޭހޭދަތަކާއި އެހެނިހެން އެތައްޙަރަދެއް ސަލާމަތްކުރެވޭނެ. # އަދި ކައިރީގައިހުރި ޑޮމެސްޓިކްއެއަރޕޯޓްތަކަށް ކަނެކްޓިވިޓީދީގެން ހަނިމާދޫ އަދި ގޭންއެއަރޕޯޓުން ޑޮމެސްޓިކްއެއަރޕޯޓްތަކަށް މީހުންއުފުލައިފިނަމަ ޓިކެޓް އަގުހެޔޮކުރެވި ގެއްލުން ކުޑަކުރެވޭނެ.
މޯޑު ޕައިލެޓް
06 January 2023
ދިވެހިން އެއް ގަޑިއަށް ކެއްކޮށް ލެވޭނެތަ
އޮނަރަބްލް އަފީފު ދީދީ
05 January 2023
ކުންފުނި ސަލާމަތްކުރުމަށްޓަކާ މާލެއިން ޑޮމަސްޓިކް އެއަރޕޯޓްތަކަށް ޑެއިލީ ޝެޑިއުލްދަތުރު ކުރުމުގެބަދަލުގައި ކޮންމެ ބްރާސްފަތިދުވަހެއްގައި ޑައިރެކްޓްދަތުރުކޮށްފައި އެހެންދުވަސްތަކުގައި (ފުވައްމުލަށް ދަރަވަންދޫ އިފުރުފިޔަވާ) ދެންހުރި އެއަރޕޯޓްތަކަށް ދަތުރުކުރެވޭނީ ގޭން ނުވަތަ ހަނިމާދޫގައި ޓްރާންސިޓްވުމަށްފަހުގައި ކަމަށްނިންމާފަ މާލެއިން ހަނިމާދުއާއި ގޭންއަށް A-321 އުދުހުނީމަ އޮޕަރޭޝަނަލް ކޮސްޓް ބަޑުތަނުން ސަލާމަތްވާނެ. ކީއްވެ ޓްރައި ނުކުރާންވީ.
މައްކަރަ.
05 January 2023
ސިޔާސީ ވެރިންނާއި ހެދި ތިކަން ތިހެނެއް ނުކުރެވޭނެ. މޯލްޑިވިއަންގެ މެނޭޖުމަންޓުން ބޭނުން ވިޔަސް އެއަރޕޯޓް ހުރި ރަށް ރަށާއި އެރަށާއި ކައިރީގައި ހުރި ރަށްރަށުގެ މެންބަރުންގެ ނުފޫޒުގައި 4 މީހުން ގޮވައިގެންވެސް ކޮންމެ ދުވަހަކު ބޯޓު އުދުހެންޖެހޭ. އެވަރު ތަނެއްގައި ކިހިނެއް ދީދީ ތިބުނާ ގޮތަށް ކަންކުރަނީ.
އައިމިނަ ދައްތަ
05 January 2023
ދަތުރުކުރުން ހުއްޓާލަން އުޅޭ ، ތިއިން ބޯޓެއް އަހަރަމެންގެ ރަށުގެ އަތިރިމަތީގައި ބާއްވަން ދެއްޗޭ
ޢެމެރިކާ
04 January 2023
ކުއްޔަ ބޯޓުތައް ގެނޭމަ ކޯޗަކައްވާނީ
ގުސައިންސް
04 January 2023
އަހަރުމެން އެދެނީ ތިބޯޓުތަކާއިއެކު ޓިކެޓުގެ އަގަށްވެސް ކޮންމެވެސްވަރެއްގެ ހެޔޮބަދަލެއް އައުން، އަސްލު ކުންފުނީގެ މައްސަލައަކީ ކުންފުނީގެ އޯވަހެޑް ބޮޑުވުން އެކަމާއިހެދި ކުންފުނި ސަލާމަތްނުވެގެން ތިއުޅެނީ
ފައިސަލް ނަސީ
04 January 2023
ތިޔަ ބޯޓުތައް ގެނައުމުން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ. މިހާރުވެސް ފުލައިޓުގެ ޓިކެޓުގެ އަގު ބޮޑުކަމުން ފުވައްމުލަކާއި އައްޑޫގެ ރައްޔިތުން ތިބީ ދަތުރު ނުކުރެވި ރަށުބަންދުވެފައި. ކަނޑު ބޯޓުންވެސް މިހާރު ދަތުރުރުނުކުރެވޭތީ، އާއިލާގެ ހަމީހުން ދާ ނަމަ 20000 ރުފިޔާ ހަރަދުވޭ. އަހަރުމެނަކަށް ނުލިބެއޭ މަޖިލީހުގެ މެންބަރުންނަށް ލިބޭ ވަރުގެ ބޮޑެތި މުސާތަކެއް. ވީމަ ފުވައްމުލަކާއި އައްޑޫގެ ގިނަ ރައްޔިތުން ތިބީ ރަށުބަންދު ވެފައިނޫންތޯއެވެ.
ހަތަކަލަ
04 January 2023
"މި ބޯޓުތަކުގެ ގޮނޑިތައް ތަންކޮޅެއް ގިނަ ވާނެ. އަޅުގަނޑުމެންނަށް މީހުންނަށް ދެވޭ ސީޓުތައް ވެސް އިތުރުވާނެ." މީކީކޭ މިކިޔަނީ؟ މީހުނަށް ހިލޭ ދެވޭ ސީޓްތައް ގިނަވަނީބާ؟
މުހައްމަދު 22
04 January 2023
ހަމަ ބްރޭންޑް ނިޔު ތަ؟ ޓެކްސް ބޮޮޑު ކުރީ މި ބޯޓްތަކަށް ފައިސާ ދައްކަންތަ؟
އޮނަރަބްލް އަފީފު ދީދީ
04 January 2023
ބާދަގަނޑަށް ކިރަންވެފައިވާ ޑޭޝް ކުންފުނީގެބޯޓްތަކުގައި ޕެސެންޖަރުންއުފުލުމަކީ ޒިންމާދާރުކަމެއްނެތި ކުރިކަމެއް. # ފްލީޓަށް ބޯޓްއިތުރުކުރިއިރު "ސަބަބެއްނެތި" 72 ސީޓްގެ 2 ބޯޓް އިތުރުކުރާންޖެހުނީ ކީއްވެ. ހުޅުލެއާއި ގޭންއެއަރޕޯޓާއި ދޭތެރޭގެ ފްލައިޓްފިޔަވާ ޓްއަރިސްޓް ސީޒަންތެރޭގައި ދަރަވަންދުއަށް ފުލް ފްލައިޓް ދަތުތުކުރިކަމުގައިވިޔަސް ޑޮމެސްޓިކް އެއަރޕޯޓްތަކަށް ފުލްލޯޑްލިބެނީ ވަރަށްމަދުން. 72 ޝީޓްގެ 2 ބޯޓްގެނައުމަށް ކުންފުނިން ފޯކާސްޓްކުރިގޮތަކީ ކޮބާ.؟
ބައްލަވާ
04 January 2023
ތިބޭފުޅާ ހަނިމާދޫއަށް ދުރުވިންތޯ؟ ދުވާލަކު ފަސް ފުލައިޓް ބާއްވާއިރުވެސް އޮންނަނީ ފުރިފަ. ތިޔަ ބުނާހާ ރިސޯޓްތަކެއްވެސް ނޯންނާނެ
ޑޭޝް އޭ
05 January 2023
ޑޭޝް ކުންފުންޏެއް ނޫން. ބޮމްބާޑިއަރ އެއާކްރަފްޓް ކޮމްޕެނީ.
އަލީހަމީދު
04 January 2023
ގައުމީ އެއަރލައިނޯ، ޓިކެޓްއަގު ކިހާވަރެއް ބޮޑުކޮއްލާނެބާ؟
ބަރަބޯ ކާއްޓޯ
04 January 2023
"އިން އޭޓީއާރު-72 ގެ ދެ ފްލައިޓް ރާއްޖެ ގެނެސްފި އެވެ." ބޯޓަކާ ފްލައިޓަކާ ހުރި ތަފާތުވެސް ނޭގޭ!!! ބޯޓަކީ އެއަރކްރާފްޓް. ހަރުމުދާ! ފްލައިޓް އަކީ ދަތުރު ޕްލޭން. ފްލައިޓް އެއް ނުގެންނާނެ ގަނެގެނެއް ހަރުމުދަލެއްހެނެއް!
ހަކަތަ
04 January 2023
މަގުމަތީ ގަޔާ އެތަންމިތާގަ މައުމޫން ގެ ސަރުކާރަށް ބެވުމަކީ ކޮލިފިކޭޝަން ކަމަށް ބަލައިގެން ބޮޑެތި ޓެކްނިކްލް ކުންފުނިތަކުގެ ވެރިންނަށް ލީމަ ކިޔޭ ނުކިޔޭ ނޭގޭނެ. އކ އަށް ގަދަވިޔަސް އެއަރލައިން އެއް ނުހިންގޭނެ