ދިރާގު މައި އެކައުންޓް
11 ޖެނުއަރީ 2023 - 15:36
ދިރާގުގެ މޯބައިލް އެޕްލިކޭޝަނަށް މުޅިން އާ އަޕްޑޭޓެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ އާ ފީޗާތަކާ އެކު އެޕްލިކޭޝަން ބޭނުންކުރަން ފަސޭހަވާނެ ކަމަށެވެ.
● މޮބައިލް ޕްލޭންތަކާއި ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަށް ބަދަލުކުރުން: މިހާރު ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު މޯބައިލް ޕްލޭންތަކާއި ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތައް ބަދަލުކުރެވޭނެ އެވެ. ކުރިން މި ބަދަލު ގެނެވޭނީ ހަމައެކަނި ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށެވެ.
● ތަފްސީލީ ބިލް ފެނުން: ރެސިޑެންޝަލް ކަސްޓަމަރުންނަށް، ފާއިތުވި 12 މަސް ދުވަހުގެ ބިލްގެ ފުރިހަމަ ތަފްސީލް މިހާރު ދިރާގު އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ. ބިލްގެ މައުލޫމާތު ދިރާގު އެޕްއަށް ލޮގިންކޮށްލުމަށް ފަހު "ވިއު ބިލްސް" ސެކްޝަނަށް ދިއުމުން ހޯދޭނެ އެވެ.
● އެޑް-އޮންސް ކެންސަލް ކުރުން: ދިރާގު ޕޯސްޓްޕެއިޑް 150 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށް މިހާރު ރިކަރަންޓް އެޑް-އޮންތައް އެ އެޕްގައިވާ "އެޑް-އޮން ބެލެންސް" ބަޓަނުން ކެންސަލް ކުރެވޭނެ އެވެ.
ގޫގުލް ޕްލޭ ސްޓޯރާއި އައިއޯއެސް އެޕް ސްޓޯރު މެދުވެރިކޮށް ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕް އަޕްޑޭޓް ކުރެވޭނެ އެވެ.
ދިރާގުން ބުނީ އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދޭން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮންބާޑިސް
11 January 2023
ތިޔަ އެޕްން ފިނިހަކަ ފީޗާސް ނަގާބަލަ
ތަލަބޯ
12 January 2023
ހަމަތެދެއް ތި ވިދާޅުވީ. 450/-ރ 50ޖީބީ"ފިނި ހަކަ" އަޅާގެން މަ މިއޮށް ހަނާވަނީ....
ަސިމްގަންނާނެއްބާ
11 January 2023
މޮޅުވާހަކަ ނުދައްކާ އަދިވެސް މިޖެހެނީ ޕޯސްޕެއިޑް 350 ޕެކޭޖާއެކު ހުންނަ ޑޭޓާ އެޑުއޮންތައް އަގުބޮޑުކަމުން ފޯނަށް އިތުރު އުރީދޫސިމައެއް ލައްވައި މަގޭޕެކް ބޭނުންކުރަން، ނޫނީ މަށައްއޮތް ގޮތަކީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރަކަށް ބަދަލުވުން
ޖޖޖޖޖޖޖޖޖޖޖސުކުނޭ
11 January 2023
ޕެކޭޖްތަށް ???????????
ކާސިންޖީ
11 January 2023
އޭ މީތި ސަޅިއޭ. ޑޭޓާ އަދިވެސް ބޮޑަށް އަގުހެޔޮ ކޮއްލަދީ.
އަޅި
12 January 2023
މިއަދުން މިއަދަށް ތިކަން ނިންމާނެ