15 ޖެނުއަރީ 2023 - 09:46
އެލައިޑް އިންޝުއަރެންސް އަކީ ދިމާވާ އެކި ހާލަތްތަކުގައި ލިބޭ ގެއްލުން ފޫބައްދައިދިނުމަށް ބޭނުންވާ އިންޝުއަރެންސް ފޯރުކޮށްދޭ ކުންފުންޏެކެވެ. އަގު ބޮޑު މުދަލުން ފެށިގެން، ގެދޮރާއި، ސިއްހީ ހިދުމަތްތަކަށް ވެސް ބޭނުންވާ އިންޝުއަރެންސް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.
އެ ކުންފުނީގެ ހިދުމަތްތައް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެލައިޑުން ތައްޔާރުކުރަމުން އަންނަ އިސްތިހާރުތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާ، ގިނަ ބައެއްގެ ތަރުހީބު ލިބޭ އިސްތިހާރުތަކެކވެ. އެ އިސްތިހާރުތަކުން އެ ތަނުގެ ހިދުމަތްތަކާއި، އިންޝުއަރެންސް ހޯދަން ޖެހޭ ގިނަ ސަބަބުތައް ވަނީ ބުނެދީފަ އެވެ. ޝައުގުވެރި ގޮތްތަކަށް އާއްމުންނާ ހަމައަށް ވީޑިއޯ އަދި އިޝްތިހާރުތައް ގެނެސްދެމުން އަންނަ އެލައިޑުން އަނެއްކާ ވެސް މީހުންގެ ސަމާލުކަން ލިބޭ ފަދަ ތަފާތު ކެރެކްޓާއެއް ވަނީ ތައާރަފް ކޮށްފަ އެވެ.
މުހިންމު މެސެޖެއް ހިމެނޭ އެނިމޭޓަޑް ވީޑިއޯއަކުން އަހަރެމެންނާ މިދިޔަ ނޮވެމްބަރު މަހު ބައްދަލު ކުރި ހަސަނަކީ ދެން އެލައިޑުގެ ވީޑިއޯތަކުން އަހަރެމެންނަށް ފެންނާނެ ކެރެކްޓާ އެވެ.
ހަސަނު ތައާރަފުކޮށް ނެރުނު ވީޑިއޯ
މަޑުމައިތިރި މިޒާޖެއްގެ ހަސަނަކީ ތޫނުފިލި ކެރެކްޓާ އެކެވެ. ނޫ ކުލައިގެ އެ ދޫންޏަކީ އަހަރެމެންނަށް މުސްތަގުބަލަށް ރައްކާތެރިވުމަށް އިންޝުއާ ކުރުމަށް ބާރު އަޅާ އެ ކަމަށް މަގު ދައްކައިދޭނެ މާލިމީ އެވެ. ހަސަނުގެ ކެރެކްޓާ އެނިމޭޓުކޮށް ތައްޔާރުކޮށްފައި ވަނީ ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިންނެވެ.
މުސްތަގުބަލުގައި ކުރިމަތިވެދާނެ ކާރިސާއަކަށް ނުވަތަ ލިބިދާނެ ގެއްލުމަކަށް ތައްޔާރުވުމަށް ކުރެވޭނެ އެންމެ ބުއްދިވެރި އެއް ކަމަކީ އިންޝުއަރަންސް ހޯދުމެވެ. އަމިއްލަ ގެދޮރާއި މުދަލާއި ވިޔަފާރި އާއި ހަށިގަނޑު ވެސް އިންޝުއަރަންސް މެދުވެރިކޮށް ރައްކާ ކުރެވިދާނެ އެވެ.
ލިބޭ ގެއްލުމަކުން އާއިލާ ހާލުގައި ޖެހެން ނުޖެހޭނެ ފަދަ ހައްލުތަކާއި ކަމެއް ދިމާވެގެން ވިޔަފާރި ހުއްޓިއްޖެ ހާލަތެއްގައި ލިބެން އޮތް ވިޔަފާރީގެ ފައިދާ ވެސް އެކަމަށް ހާއްސަ އިންޝުއަރެންސް ޕްލޭނެއް މެދުވެރިކޮށް ހޯދޭނެ މަގު އޮވެއެވެ. އަދި ކުރިމަތިވާ ބަލިމަޑުކަމަކުން އަރައިގަތުމަށް ހޭދަވާ ހަރަދު ކުޑަކޮށްދޭނެ ޕްލޭނުތައް ވެސް އޮވެ އެވެ.
ހަސަނުގެ އަމާޒަކީ އެ މައުލޫމާތުތައް އާއްމުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ. ހަސަނުގެ ބަސްއަހައިފި ނަމަ އެ މީހަކަށް އޮތް ރައްކާތެރިކަން އެލައިޑްގެ ޕްލޭންތަކުގެ ދަށުން ހަސަނު ކަށަވަރު ކޮށްދޭނެ އެވެ.
ނޯޓު: މިއީ އެލައިޑު އިންޝުއަރެންސްގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ތައްޙާނު
15 January 2023
ތީ ހަސަނެއް ނޫން. ތިއީ މާކަނާ ޝޯގަ އުޅޭ ހަސަންދީ
ފޮނިފޮނިޓައްޕު ކުމާރު
15 January 2023
ތީ ތުނޑުހަސަނު. މީދާތަކުން ލިބޭ ގެއްލުންތަކުން އޭނާގެ މުދަލާ ޖިސްމު ހުންނަނީ އިންޝުއަރުކޮށްފާ.
ތުނޑުހަސަނު
15 January 2023
65 އަހަރު ވެއްޖިއްޔާ އެއްވެސް މީހަކު ތި ތަނަކުން ހެލްތު އިންޝުއަރެންސް ކޮށް ނުދޭ. މީ ކިހިނެތްވާ ކަމެއްތަ!
ތެފައާސާ.
15 January 2023
އަނގަޔާ ސަމުސަލާ ދިމާނުވެގެންނޭ މި އުޅެނީ، މަސްނިންމާފަ މުސާރަ ނަގައިގެން ކުއްޔާ ބިލްތައް ދައްކާފަ އެމްއައިބީއަށް އައިފޯނު 14 އިންސްޓޯލްމަންޓް ދައްކާފަ އެމްއެފްއެލްސީއަށް 75 އިންޗީގެ ޓީވީ އިންސްޓޯލްމަންޓް ދައްކާފަ ޝީޝާއަށް އެއާރބްލޭޑްގެ އިންސްޓޯލްމަންޓް ދައްކާފަ އެލޯރާއަށް ބަދިގޭ ކަބަޑުސެޓު އިންސްޓޯލްމަންޓް ދައްކާފަ ބީއެމްއެލްއަށް ލުއިލޯނު ދައްކާފަ ބާކީ އޮންނަ އެއްޗަކަށް އަންހެނުން ގޮވައިގެން ވީކެންޑު ވެކޭއަކަށް ކިރިއާ ރިސޯޓަކަށް މި ދެވެނީ...
ގތވގތވގތ
15 January 2023
ކަމެއް ދިމާވެގެން އިންޝުއަރެންސް ހޯދަން ވާހަކަ ދެއްކީމަ ވާކަމެއް ނޯވެ... ހަމަ ބޭކާރު ފައިސާ ތަކެއް
ޑެނިއަލް ލީވީ
15 January 2023
ޓޮޓެންހަމްގެ ލޯގޯ ކަމަށް މަ ހީކުރީ
ހަސަން ކަލޯ
15 January 2023
ތީ ހަސަނެއް ނޫނެއް ނު.ތިއީ މާކަނާ ޝޯވގަ އުޅޭ އެތި އެއް ނު.ތި ކަމަކު ނުދޭ.އަލުން ރިވައިސް ކުރަން އުޅޭ.ހަމަ ސީދާ މާކަނާ ޝޯވގެ ނަކަލެއް.