ވޯލްޑް ކަޕުން މަޝްހޫރުވި ކްރޮއޭޝިއާގެ މޮޑެލް އިވާނާ ކްނޮލް ގައުމީޓީމަށް ސަޕޯޓުކުރަން ދަނޑަށް ގޮސް
18 ޖެނުއަރީ 2023 - 06:25
މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ބޮޑު ސަމާލުކަމެއް ހޯދި ކްރޮއޭޝިއާގެ މޮޑެލް އިވާނާ ކޮނޯލް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
އުމުރުން 30 އަހަރުގެ އިވާނާ އޭނާގެ އިންސްޓަގްރާމްގައި ރާއްޖޭގެ ރިސޯޓެއްގައި ނަގާފައި ހުރި ފޮޓޯތަކެއް އިއްޔެ ޕޯސްޓުކޮށްފައިވެ އެވެ. އެއީ ކޮން ރިސޯޓެއް ކަމެއް އެނގޭކަށް ނެތެވެ.
ވޯލްޑް ކަޕްގައި "އެންމެ ރީތި ފޭން" ގެ ގޮތުގައި މަޝްހޫރުވި އިވާނާ
ވޯލްޑްކަޕުގައި އޭނާ މަޝްހޫރު ވެފައިވަނީ "އެންމެ ރީތި ފޭން" ގެ ގޮތުގަ އެވެ. އޭނާގެ ގައުމުގެ ދިދަ ރަމްޒުކޮށްދޭ ކުރު ޓޮޕްތަކެއް ލައިގެން ގައުމީ ޓީމަށް ސަޕޯޓުކުރަން ދަނޑަށް ގޮސް ހުރި ފޮޓޯތައް އޭރު މުޅި ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ.
އެ ފޮޓޯތައް މައްސަލަގަނޑަކަށް ވެ އެއްބަޔަކު ދެކޮޅަށް އަޑު އުފުލި އެވެ. އެއީ ގަތަރުގައި ހުއްދަ ނޫން މިންވަރަށް އޭނާ ނިވާކަން ކުޑަކޮށް ހުންނާތީ އެވެ.
ވޯލްޑް ކަޕަށް ފަހު އިވާނާ އަށް ވަނީ މިލިއަނުން އިންސްޓަގްރާމް ފޮލޯވަރުން އިތުރުވެފަ އެވެ. މުބާރާތުގެ ކުރިން މިލިއަނަކާ ގާތްކުރާ ވަރަށް ވެސް ފޮލޮވަރުން ނެތް އިވާނާގެ އިންސްޓަގްރާމަށް ފޮލޯކުރާ މީހުންގެ އަދަދު މިހާރު އުޅެނީ 3.6 މިލިއަންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
20 January 2023
މި ކަމަނާ މީ މިނިޝްޓަރު ބޭފުޅެއް ނޫން ދޯ؟
ކިހިނެތްތިހޮވީ
18 January 2023
އެންމެ ރީތި ފޭން ކަމަށް ހޮވޭނީ އެހެން ފޭންތަކާ ކޮންމެވެސް ގޮތަކަށް ވާދަކޮށްގެން. ކޮންތާކު އެކަން ހިނގީ؟
ށަވިޔަނި
18 January 2023
މަށަށް ހުރިހާތަނެއްގެ ވެސް ރީތިކުދިން ރީތި. ރާއްޖޭގަވެސް ވަރަށް ރީތިކުދިން ތިބޭ. ރީތިކަމަކީ ނިސްބީކަމެއް. އެކަކަށް ރީތިވާމީހާ އަނެކާއަށް ހަޑިވެސްވެދާނެ. އަރަބިންވީތީ ވަކިން ރީއްޗޭ ނުބުނެވޭނެ.
ކައުންސެލަރު
18 January 2023
ކަނބުލޯ މިހިރީ ސޭޓު. ސޭޓޭމީ. އާދޭ މެޓައެއްކާލަން
ކަޗާ ބަދަމް
18 January 2023
ކޮބާ އަހަރުމެންގެ ކައިއްކޮ.
ތުނިޔަ
18 January 2023
ކޮބާތަ ބިންމާގެ ވާހަކަ މިއަދު.
ަސޭޑް
18 January 2023
ކަލޭމެނަށް ފެންްނަނީ ފޭކު އަންހެނުން. ރީތިކަމަކީ މެކަޕުކޮށް އަސްލުސޫރަ ފޮރުވުމެއްނޫން. ފިރިހެނުންވެސްތިބޭ ރީތި
ވފދ34
18 January 2023
އަރަބި ކުދިން މާ ރީތި.. ތިޔަ މަންޖެ ތީ 0
ސަދ
18 January 2023
އަރަބި ވެއްޖިއްޔާ ކައިފަލެވޭ ވައިވެސް ކަމުދާނެ ކަލޭމެނަށް
ދވފދ35
18 January 2023
ސަދ..އަރަބި ކުދިން ވަރަށް ރީތި//
ހށނ
18 January 2023
ދެގައުމުގެ ނަސީބުވެރިއެއް. ގަތަރާއި ރާއްޖޭގަ. ރީތިތަކެއްޗަކީ އެންމެނަށްވެސް ހިތްހަމަޖެހުން ލިއްބައިދޭ ތަކެތި. ހިތްހަމަ ޖެހުމަކީ ފުރިހަމަ ސިއްހަތުގަ ހުރުމުގެ މައި އަސާސް.
ރޯސް
18 January 2023
ބައެއް ފަހަރު ލަނޑުވެސް ލިބޭ..ހާއްސަކޮށް އުޅުމެއް ނެތް ވިޔާ ނުދާ ރީތި އަންހެނަކާ ޖެހުނީމަ.