ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑަށް ޓްރޮފީއެއް ނުހޯދި އޮތް އޮތުން ނިންމަން ކޯޗު އުންމީދުގައި

ޔުނައިޓެޑްގެ ކޯޗު ޓެން ހަގް (ކ) ސަޕޯޓަރަކާ އެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: އޭއެފްޕީ

ނޮޓިންހަމް (ޖެނުއަރީ 25) - އަހަރުތަކެއް ވަންދެން މެންޗެސްޓާ ޔުނައިޓެޑަށް ޓްރޮފީއެއް ނުހޯދި އޮތް އޮތުން ނުމުމަކަށް ގެނެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

އިނގިރޭސި ލީގް ކަޕް ގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ ކުރިން ޓެން ހަގް ބުނީ ތަށި ހޯދުމަކީ އެންމެ ހިތްހަމަޖެހޭ އިހުސާސް ގެނުވައިދޭ ކަންތައް ކަމަށާއި އެއީ ސަޕޯޓަރުން ވެސް އެންމެ އުފާކޮށްދެވޭނެ އެއް ކަންތައް ކަމަށެވެ.

"އަހަރެންގެ ކެރިއަރުގައި ޓްރޮފީތަކެއް އުފުލާލުމުގެ ނަސީބު ލިބިފައި ވަނީ، އެއީ ތަފާތު އިހުސާސެއް، ހާއްސަކޮށް ސަޕޯޓަރުންނަށް،" ޓެން ހަގް ބުންޏެވެ.

"މި ކުލަބުގައި ވެސް ތިބޭނެ ތަށި ހޯދުމުގެ އުފާ ތަޖުރިބާ ކޮށްފައި ވާ ސަޕޯޓަރުން، ހާއްސަކޮށް ކުލަބުގެ ދުވަސްވީ ސަޕޯޓަރުން."

ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް ހޯދީ ހޯޒޭ މޮރީނިއޯ އާއެކު 2017 ވަނަ އަހަރުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލް ގައި ނެދަލެންޑްސްގެ އަޔެކްސް ބަލިކޮށްފަ އެވެ. އޭގެ ފަހުން ހަ އަހަރު ވާން ގާތް ވެފައި ވާއިރު، އެންމެ ފަހުން ހަ އަހަރު ވަންދެން ޔުނައިޓެޑަށް ތަށްޓެއް ނުހޯދި އޮތީ 1977 އާއި 1983 އާ ދެމެދު އެވެ.

"މިހާރު ޔުނައިޓެޑަށް ތަށްޓެއް ކާމިޔާބު ނުކުރެވޭތާ ވަރަށް ދުވަސް ވެއްޖެ. އަހަރެމެންނަށް އެކަން ވަރަށް ރަނގަޅަށް އެނގޭ، ޓްރޮފީ ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ތިބެން ޖެހޭ،" މި ސީޒަން ގައި ޔުނައިޓެޑާ ހަވާލުވި ކޯޗު ޓެން ހަގް ބުންޏެވެ.

ޔުނައިޓެޑުން ލީގުގައި އާސެނަލް އަތުން ބަލިވި މެޗުގައި ޓީމުގެ މިޑްފީލްޑަރު ކާލޯސް ކަސެމީރޯ ސަސްޕެންޝަނުގައި ހުރި ނަމަވެސް ސެމީ ފައިނަލް ގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ކުޅެވޭނެ އެވެ.

ފޮރެސްޓްގެ ގޯލު ގައި މުހިއްމު ދައުރެއް އަދާކުރާ ގޯލްކީޕަރު ޑީން ހެންޑަސަން ހުރީ އަނިޔާގަ އެވެ. އޭނާ ރަނގަޅުވި ކަމުގައި ވިއަސް މި މެޗުގައި ކުޅުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ އޭނާ މި ސީޒަން ގައި ފޮރެސްޓަށް ކުޅެނީ ޔުނައިޓެޑުގެ ލޯނު އުސޫލުން ކަމަށް ވާތީއެވެ.

ފޮރެސްޓުން ވަނީ އެންމެ ފަހުން ލީގް ކަޕްގެ ފައިނަލް ކުޅުނީ 1992 ވަނަ އަހަރު ޔުނައިޓެޑާ ދެކޮޅަށެވެ. އެ އަހަރު ޔުނައިޓެޑުން ކާމިޔާބު ހޯދީ 1-0 އިންނެވެ. އޭގެ ކުރިން ފޮރެސްޓުން ވަނީ ހަތަރު ފަހަރު ލީގް ކަޕް ކާމިޔާބު ކޮށްފަ އެވެ.

މިރޭގެ ސެމީ ފައިނަލް ގައި ޔުނައިޓެޑާ ދެކޮޅަށް ފޮރެސްތް ނުކުންނަނީ ރަނގަޅު ފޯމެއްގައި އޮވެ އެވެ. އެންމެ ފަހުން ފޮރެސްތް ކުޅުނު 11 މެޗުން އެޓީމު ބަލިވީ ދެ މެޗުންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގު މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު ކުޅޭނީ ފޮރެސްޓްގެ ދަނޑުގަ އެވެ. މިއީ 1999 ވަނަ އަހަރަށް ފަހު ޔުނައިޓެޑުން ފޮރެސްޓް ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454