ޚަބަރު / ދުނިޔޭގެ ކެންސަރު ދުވަސް

ތިން އަހަރުގެ ތެރޭގައި 7500 އަށް ވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދި

ކެންސަރަށް މަގުފަހިވާ ސަބަބުތަކުގެ ތެެރޭގައި ދުފުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނޭ--

ކެންސަރު ބައްޔަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރެއިން އެއް ސަބަބު ކަމަށާއި އެ ބަލި ޖެހިގެން 2016 އިން 2019 އަށް 7500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 2020 ގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށެވެ.

ރާއްޖޭގައި އާންމުކޮށް ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ތެރޭގައި ހިމެނެނީ ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، އަދި ބަނޑާއި ފުރަމޭގެ ކެންސަރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރުގެ ތެރޭގައި ހިމެނެނީ އުރަމަތީގެ ކެންސަރާއި ފުއްޕާމޭ އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.

"އާސަންދައިގެ ހިސާބުތަކަށް ބަލާއިރު 2016 އިން 2019 އަށް ކެންސަރަށް 7500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވޭ. އޭގެ ތެރެއިން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައި ވަނީ ފުއްޕާމޭގެ ކެންސަރަށް. އަންހެނުން އެންމެ ގިނައިން ފަރުވާ ހޯދާފައި ވަނީ އުރަމަތީގެ ކެންސަރަށް،" އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މި ބަލިން މީހުން ރައްކާތެރިކޮށް ކޮންޓްރޯލްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރި ޕްރޮގްރާމުތައް ހިންގުމާއި ދުރާލާ ބަލި ދެނެގަތުމަށް ސްކްރީނިން ޕްރޮގްރާމުތައް ހިންގުމާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ދިފާއުވުމަށް ދޭ އެޗް.ޕީ.ވީ ވެކްސިން ގައުމީ ވެކްސިން ޝެޑިއުލުގައި ހިމަނާ ގަވާއިދުން އަންހެން ކުދިންނަށް ދެމުން އަންނަ ކަމަށް ބުންޏެވެ.

ދުންފަތުން ފުރުހެލިވުމަށް "ސެޒޭޝަން" ޕްރޮގްރާމުތައް ހިންގުމާއި ސެޒޭޝަން ކްލިނިކެއް ހިންގުމަށް ބޭނުންވާ ފަންނީ ތަމްރީނުތައް ސިއްހީ ހިދުމަތްތެރިންނަށް ދެމުން އަންނައިރު ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމަށް އެކަމާ ގުޅޭ ގައިޑްލައިންތައް ވެސް ނެރެމުން އަންނަ ކަމަށް އެ އެޖެންސީން ބުނެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ނޭޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭނެއް އެކުލަވާލައި، ކެންސަރު ޖެހޭ މިންވަރާއި ކެންސަރުގެ އާންމު ވައްތަރުތަކާއި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ މައުލޫމާތު އެއްކޮށް އެކަމާ ގުޅިގެން ދޭންޖެހޭ ފަރުވާގެ އެހީތެރިކަން ވިލަރެސްކޮށް، "ކެންސަރު ރަޖިސްޓްރީ" އެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

ކެންސަަރަށް އާންމުން ހޭލުންތެރިކޮށް ދުނިޔޭގެ ފެންވަރުގައި މިއަދު މި ދުވަސް ފާހަގަކުރަމުންދަނީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" ޝިއާރާ އެކުގަ އެވެ.

ކެންސަރު ޖެހުމަށް މަގުފަހިވާ ބައެއް ސަބަބުތައް:

- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން.

- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް.

- ދުފުން.

- އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން.

- ބަރުދަން ހުންނަންވާ މިންވަރަށް ވުރެ އިތުރުވުން.

- ބަނގުރާ ބުއިން

- އަތްވަށް ހުށަހެޅުން.

ކެންސަރު ބަލީގެ ގިނަ ވައްތަރުތަކެއް ހުރެ އެވެ. މި ބައްޔަކީ ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް އުފެދިދާނެ ބައްޔެކެވެ. ކެންސަރު އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް ކޮންޓްރޯލެއް ނެތި ބޮޑުވެ، އަދި ބައްޔަށް ދުރާލާ ފަރުވާ ނުހޯދިއްޖެ ނަމަ، ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ފެތުރިދާނެ ބައްޔެކެވެ.

14 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާންބޭ

04 February 2023

އެކަކުކިތަށްފަހަރު ފަރުވާ ހޯދި

The name is already taken The name is available. Register?

ފައިސާ އަލް

04 February 2023

އަތްވަށް ހުށަހެޅިގެން ކިތަށް މަސްވެރިންނަށް ކެންސަރު ޖެހިއްޖެ ތަ؟

The name is already taken The name is available. Register?

ޖަހުރާން

04 February 2023

މޫނުމަތީގައި ޖަހާފައި ހުންނަ ރޭޑިއޭޝަން އެންޓަނާތަށް. ފިނިވެ، ފިނިކެނޑި އަނެއްކާ ފިނިކޮށްފައި ހުންނަ މަހާ ކާނާގެ ބާވަތްތަށް އައިސް އަލަމާރިން ނަގާގޮތަށް މައިކްރޯވޭވް ކޮށްގެން ކެއުން ކެމިކަލް ބޭނުން ކޮށްގެން ހައްދާ ތަރުކާރީއާ މޭވާ އަދި އެގޮތަށް ބޮޑުކުރާ ކުކުޅާ އެހެން އަޅުވާ ބިސް. ކުރިން ނެތް ވަރަށް ކެންސަރު ގިނަވަންޏާ މިލިސްޓްގައި މިހުރީ ކުރިން ނެތް މިހާރު ޢާންމު ކަންކަން.

The name is already taken The name is available. Register?

ސަކީނާއްތަ

04 February 2023

ރާއްޖޭއަށް އެތެރެ ކުރާ މުދަލުގެ ޖުމަލަ އަދަދުގެ %30 އަކީ ދުންފަތުން ހަދާފައިވާ ތެކެތި އެތަކެތި ބޯ އެއްމެގިނަމީހުއްނަކީ ދިވެހި ޒުވާނުން. މިކަން ހުއްޓުވަން ޑިއުޓީ ބޮޑުކުރުން އެއީހަމައެކަނި ސިޔާސަތަށް ހަދައިގެން ކުރެވޭ ކަމެއްނެތް. ސަރުކާރުގެ ސިޔާސަތު ވަނީ ފެއިލްވެފައި.

The name is already taken The name is available. Register?

ކޮރަލް

04 February 2023

ސޮސެޖް އަދި އަޖިނަމޮޓޯ އަދި ސިނގިރެޓް ރާއްޖެ އެތެރެ ކުރުން މަނާ ކުރަން ވީ އެވެ.

The name is already taken The name is available. Register?

ބައިކަލޯ

04 February 2023

އިރުއެރުން ވެސް މަނާ ކުރަންވީ

The name is already taken The name is available. Register?

އާގާ

05 February 2023

އަޖިނަމޮޓޯ އިން ޖެހޭކަމަށް ކޮން ދިރާސާއަކު އޮތީ؟

The name is already taken The name is available. Register?

ތެފައ

05 February 2023

ސޮސެޖާ ސިނގިރެޓު މަނާކުރަންވީއޭ ބުނާއިރަށް އިރުއެރުންވެސް މަނާކުރަންވީއޭ ބުނެފި. އިރުގެ އަލިކަމަކީ އޭގައި ނުހަނު ގިނަގުނަ ފައިދާ އެކުލެވޭ، އަދި އެ އަލިކަމާ ނުލާ އިންސާނުންނަށް ދިރިނޫޅެވޭނެ އެއްޗެއް. ސޮސެޖާ ސިނގިރެޓަކީ އެކަހަލަ އެއްޗެއްތަ؟ އަންތަރީސްވެދާނެ

The name is already taken The name is available. Register?

ޭޤޢޭޤޭ

04 February 2023

ކުރާ ކަމަކީ ދުޅަހެޔޮ ސިއްހަތެއް ކުރިއަރުވަން މަސައްކަތް ކުރުމެއް ނޫން. ކްލިނިކްތައް ހިންގާ ފަރާތްތަކަށް ފައިސާ އަޅާނެ މަގުފަހިކޮށްދިނުން. ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރަންޔާ ތަރުކާރީއާ މޭވާގެ އަގު ކޮންޓްރޯލް ކޮށްބަލަ. މިހާރުވެސް މޭވާކޮޅެއް ގަންނަންވިއްޔާ ކިޑުނީއެއް ވިއްކާލައިގެން ވަނީ. ހެވާ އެއްކޮޅަށް މަސައްކަތްކުރާ އިހުލާސްތެރިންނެއް ނެތް..

The name is already taken The name is available. Register?

ކެމިކަލް ދަނޑުވެރިޔާ

04 February 2023

އަހަރެމެންތެރޭ ނުހުނާނެ ކާން ކަމުދާނެ އެކަށްޗެއްވެސް، ދަޑުވެރިން ބަންގާޅަށް ދަނޑު ދޫކޮށްފަ 1 ހަފްތާއިން ގޮވާންކަނޑަން ތިބީ، އެވަރަށްމިވަނީ ކެމިކަލް 10 ބަސްތާ އަޅާ 24 ގަޑި އިރު ކެމިކަލް ސްޕްރޭ ކޮށްގެން، އަދި ގޮވާން ހަލާކުވެދާނެތީ އިތުރު ކެމިކަލް ޕޫލަކަށް އެބަލާ، މީގެ ނުރައްކާ 100 ގުނަ ބޮޑު، ވިޔަފާރިވެރިން ބޭރުން ގެންނަ މުދާގެ 90 % އަކީ ފޭކު އެއްޗިސް، އިއިސް ކުކުޅާއި ގެރިސް ކާން މި ލިބެނީ 10 ފަހަރު ފިނި ކެނޑި އަލުން އައިސް ކުރާ ފަހުން،

The name is already taken The name is available. Register?

ސަލާމަތްއެދެން

04 February 2023

މިވަރުވީ އިރުވެސް ދިރާސާ ކުރެވިފައެއްނެތްކަމީ ދިވެހިރާއްޖޭގެ ސިއްހީ އިދާރާޔަށް މިކަން އިހުސަސް ނުވާ މިންވަރު. ދިރަސަާކޮށްގެން ނޫނީ ކަމުގެ އަސްލަށް ވާސިލުވާކަށް ފަސޭހަނުވާނެ. މިކަމަކީ މިހާރަށްވުރެ ސީރިޔަސް ކަމެއްގޮތުގައި ދެކި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމެއް. ސިއްހީ އިދާރާތައް ކޮންމެ 3 މަހަކުން ހެޑްލައިނެއްް ހެދުމުގެ ބަދަލުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މިންވަރި އިރުތުކުރަންޖެހޭ ކަމަށްދެކެން. ގައުމީ ކެމްޕޭން ކުރާވަރަށް ސީރިޔަސް.

The name is already taken The name is available. Register?

ޗަކޮއި

04 February 2023

ކިހިނެއް ދިރާސާއެއް ކުރާނީ. އެޗްޕީއޭއިން މައުލޫމާތު އެނަގަނީ އާސަންދައިން. ހުރިހާ ސިއްހީ މަރުކަޒަކުން މައުލޫމާރު ހެލްތު މިނިނސްޓުރީއަށް ފޮނުވުމަކީ ލާޒުމުކަމެއް. އެކަމުން އެމައުލޫމާތުވެސް ރައްކާކުރެވޭކަމަކަށް ނުވޭ ހެލްތު މިނިސްޓުރީއަކަށް.

The name is already taken The name is available. Register?

އެމްސް

04 February 2023

ރާއްޖޭގައި ދަނޑުވެރިކަން ކުރަނީވެސް މިއަދު ބަންގްލަދޭޝް މީހުން! ދަނޑު ހައްދަން އަދި މޭވާ ދޮންކުރަނީވެސް ކެންސަރަށް މަގުފަހިވާ ކެމިކަލް ބޭނުންކޮށްގެން! ކާބޯތަކެތި ތައްޔާރު ކުރުމުގަވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުން!

The name is already taken The name is available. Register?

ياربي

04 February 2023

حسبنا الله ونعم الوكيل

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454