އޭޝިއަން ގޭމްސް ޕްރަމޮޓް ކުރުމުގެ ގޮތުން ބޭއްވި ދުވުން ފެށުމުގެ ގޮތުން ސަންގު ފުމެނީ --- ފޮޓޯ: އެމްއޯސީ
04 ފެބުރުއަރީ 2023 - 22:24
ޗައިނާގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރަމޯޓް ކުރަން މާލޭގައި މިއަދު ބޭއްވި ދުވުން ފެށީ ސަންގު ފުމެގެންނެވެ.
ގާތްގަނޑަކަށް 700 ހައި ބައިވެރިން ވާދަ ކުރި ތިން ކިލޯ މީޓަރުގެ ދުވުމުގައި އެންމެ ހާއްސަވި މަންޒަރަކީ އެއީ އެވެ. ޗައިނާގެ ސަފީރު ވަން ލިޒިން ވެސް ބައިވެރިވެ ވަޑައިގެންނެވި ދުވުމުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުން ދުވުން ފެށުމުގެ ކުރިން ދިވެހި ސަގާފީ ހެދުމުގައި ހުރި ފިރިހެނަކު ފުމުނު ސަންގުގެ އަޑާއެކު ދުވުން ރަސްމީކޮށް ފެށި އެވެ.
މި ދުވަުމުގައި އޭޝިއަން ގޭމްސްގެ މީޑިއާ އަދި ބްރޮޑްކާސްޓިންގެ ޑައިރެކްޓާ ޒޯ ޖިއަން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ޗެއާމަން މުހައްމަދު އަބްދު ސައްތާރު ޗަންޕީ އާއި އާއި އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެރެޓަރީ ތަމްހޫ ސައީދު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި 22 ސްކޫލަކުންނާއި ކުޅިވަރުގެ އަށް އެސޯސިއޭޝަނަކުން ވެސް މި ދުވުމުގައި ބައިވެރިވި އެވެ.
އޭޝިއަން ގޭމްސް ޕްރަމޮޓް ކުރުމުގެ ގޮތުން ބޭއްވި ދުވުން --- ފޮޓޯ: އެމްއޯސީ
ސެޕްޓެމްބަރު 23 ން އޮކްޓޯބަރު 8 އަށް ޗައިނާގެ ހަންޖޯގައި ބާއްވާ ގޭމްސް އަކީ މިހާތަނަށް ރާއްޖެއިން އެންމެ ބޮޑު ކޮންޓިންޖެންޓެއް ވާދަ ކުރާ ގޭމްސް އަށް ވާނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ކުރިން އިއުލާންކޮށްފަ އެވެ. ރާއްޖޭގައި މި ބޭއްވި ފަން ރަން އަކީ ގޭމްސް ޕްރަމޯޓް ކުރަން ދެކުނު އޭޝިއާގައި ބޭއްވި ފުރަތަމަ ދުވުމެވެ. އޭޝިއާގެ އެކި ގައުމުތަކުގައި މިފަދަ ފަން ރަން ބޭއްވުމަށް ގޭމްސް އިންތިޒާމު ކުރާ ޗައިނާގެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އޭޝިއަން ގޭމްސް ޕްރަމޮޓް ކުރުމުގެ ގޮތުން ބޭއްވި ދުވުން --- ފޮޓޯ: އެމްއޯސީ
މިދިޔަ އަހަރު ސެޕްޓެމްބަރުގައި ބާއްވަން ހަމަޖެހިފައި އޮތް ގޭމްސް މި އަހަރަށް ފަސް ކުރީ ޗައިނާގެ ކޮވިޑް ހާލަތާ ގުޅިގެންނެވެ. ތިން އަހަރަށް ފަހު އެ ގައުމުގެ ބޯޑަރު ރަސްމީކޮށް ހުޅުވާލީ މިދިޔަ މަހު އެވެ.
އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަކަށް އިންޓަނޭޝަނަލް ބީޗް ވޮލީބޯލް ރެފްރީ ހުސައިން މުހައްމަދެވެ. ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
04 February 2023
ކޮންޒަމާނެއްގައި ކޮންތާކު އުޅުނު ދިވެހި ފިރިހެނުންތަ ބޮލުގައި ތިގޮތަށް ކަޅުކުލައިގެ ފޮށާ އޮޅާފައިގެން އުޅުނީ.؟
ދިއްދޫމީހާ
05 February 2023
އަފީފޫ މީގެ ކުރިން އަންހެން ކުދިން ލިބާސް ލައްވަނީ އުމުރުން 16އަހަރު ވީމަ ދެން ބުނަންވީ މިހާރުގެ އަންހެނުން ހެދުން މިއަޅަނީ ކޮންބަޔަކު ހެދުން އަޅާގޮތް ބަލާގެންތޯ؟؟
ވާންޗޯސް
05 February 2023
ދިއްދޫސޮރާ، ތާރީޚް އޮޅުވާލަން އުޅޭތީ މައްސަލައަކީ. އެއްވެސް ޒަމާނެއްގަ ދިވެހި ފިރިހެނުން ކަޅު ފޮށައެއް ނާޅައެވެ. ގަދީމީ ތާރީޚާއި ސަގާފަތް އޮތް ދެކުނުގެ އަތޮޅުތަކުގެ މީހުނަށް އިނގޭނެ/
ބިސް
07 February 2023
އަފީފު ފިލައިގެން ދިޔައީކީއްވެ އެކުގަ އުޅުނު މީހުން ދޫކޮއްލާފަ؟ ހުރިހާއެންމެން ވާވައްދާފަ.