ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހައުސިން މިނިސްޓްރީ
11 ފެބުރުއަރީ 2023 - 11:36
ކުޑަގިރި ޕިކްނިކް އައިލެންޑާ ބެހޭ ގޮތުން ދައްކަވާނެ ވާހަކައެއް ނެތް ކަމަށާއި ވިލިމާލެ ބްރިޖާއި ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ހުރިހާ ކަމެއް ވެސް "އަންނާނެ" ކަމަށް ވިދާޅުވެ، ފާޑުކިޔުންތަކަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، މާލޭގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހެދުމުގެ ވައުދު ފުއްދައި އެ ރަށް ހުޅުވުމުގެ ރަސްމިއްޔާތުގައި އަސްލަމް ވާހަކަ ދެއްކެވުމަށް ދެއްވި ފުރުސަތުގައި ވިދާޅުވީ، ކުޑަގިރިއާ ބެހޭ ގޮތުން އެހެން ބޭފުޅުން ވާހަކަ ދައްކަވައިފި ކަމަށާއި އެހެންނެ އޭނާ ދައްކަވާނެ ވާހަކައެއް ނެތް ކަމަށެވެ.
"ކުޑަގިރިއާ ގުޅޭ ގޮތުން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑު ދައްކާނެ އެއްވެސް ވާހަކައެއް ދެން އޮތްހެނެއް. ވީޑިއޯއިން ފެނިއްޖެ، ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] ވިދާޅުވެދެއްވައިފި، ވީޕީ [ފައިސަލް ނަސީމް] ވިދާޅުވެދެއްވައިފި، [އެޗްޑީސީގެ އެމްޑީ] އާތިފް ވިދާޅުވެދެއްވައިފި. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ރައީސްގެ ވައުދު، މާލޭ ރައްޔިތުންނަށްވި މުހިންމު އެއް ވައުދު ފުދިއްޖެއޭ. މިއަދު ފުދިއްޖެ،" އަސްލަމް ވިދާޅުވި އެވެ.
މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަރުކާރުގެ މަޝްރޫއުތައް ލަސްކަމަށާއި ހުރިހާ ކަމެއް ވެސް ހުރީ "އަންނާނެ" އެއްގައި ކަމަށް ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.
ރައީސް ކާމިޔާބުކުރެއްވި ޕްރައިމަރީ ތެރޭގައި މަލާމާތެއްގެ ގޮތުގައި އަމާޒުކުރި "އަންނާނެ" ބަސް ތަކުރާރުކުރައްވައި އަސްލަމް ވިދާޅުވީ ހުރިހާ އެއްޗެއް ވެސް "އަންނާނެ" ކަމަށެވެ.
"މިއީ ގެއްލިފައި އޮތް ބޮޑު އެއްޗެއް އަނބުރާ ލިބޭ ދުވަހެއް. އަދި ބްރިޖު ވެސް އަންނާނެ. އަންނާނެ އިނގޭތޯ. ބޯހިޔާވަހިކަން ވެސް އަންނާނެ. ދަތުރުފަތުރު ވެސް އަންނާނެ. އަންނާނެ، އަންނާނެ، މި ހުރިހާ އެއްޗެެއް އަންނާނެ،" ސަމާސާ ރާގުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި އެވެ.
"ދެން މި ވައުދުގައި އިތުރަށް ފެހިކަން ވެސް އަންނާނެ، ރީތިކަން ވެސް އަންނާނެ، މީހުން އައުން އިތުރު ވެސް ވާނެ، މީހުން މަޖާ ވެސް ކުރާނެ، އުފާ ވެސް ކުރާނެ، ކައިވެނިތައް ވެސް ހިނގާނެ. އެ ހުރިހާ ކަމެއް ހިނގާނެ."
އަސްލަމް ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ވެގެން ފަސް ވަނަ އަހަރަށް ދާއިރު، ކޮވިޑްގެ ދެ އަހަރާ ވެސް އެކުގައި މިދިޔަ ދުވަސްތަކުގައި ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިންނަށް ވީ ވައުދުތައް ފުއްދަވައި ނިންމަމުން ގެންދާ ތަން ކަމަށެވެ.
"އެއީ އެއްވެސް ބަޔަކު ބާކީ ނުކޮށް. އެއީ ކުޑަ ރަށެއް، ބޮޑު ރަށެއް، އެ އަތޮޅެއް މި އަތޮޅެއް، މާލެއެއް، އަތޮޅުތެރެއެއް ތަފާތުކުރުމެއް ނެތި. މިއީ މާލޭ މީހުންނަށް ވީ އެއް ވައުދު. މިއަދު މި އޮތީ އެ ވައުދު ފުދިފައި،" އެންމެ ހަތަރު ވަރަކަށް މިނެޓްގެ ވާހަކާގައި އަސްލަމް ވިދާޅުވި އެވެ.
އެމްޓީސީސީ ހަވާލުކޮށްގެން ހިއްކައި އެޗްޑީސީގެ ބެލުމުގެ ދަށުން ތަރައްގީކޮށް މިއަދު ހުޅުވި ކުޑަގިރި އަކީ ދަތުރުދާ މީހުންނަށް ބޭނުންވާނެ ހުރިހާ ވަސީލަތާ އެކު ހަދާފައިވާ ތަނެކެވެ. ހަފްތާ ބަންދުގައި ދިވެހިންނަށް ހިލޭ ދެވޭ އެ ރަށަށް ބުކިން ހެދުމަށް އިއްޔެ ހުޅުވާލިތާ އެއް ގަޑިއިރު ތެރޭގައި ވަނީ ފުރަތަމަ ދޫކުރަން ނިންމި 300 ޖާގަ ފުލްވެފަ އެވެ. އެއީ އެއްފަހަރާ 500-600 މީހުންނަށް ބޭނުންކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޖަމް899
12 February 2023
އަސްލަމްއަކީ ފެއިލްވެފަ ހުރި މީހެއް އެހެންވީމަ އޭނާ ދައްކާނެ ވާހަކައެއް ނޯންނާނެ އަދި މާލޭ މީހުންނަށް ބިންދޫކޮށް ..ފްލެޓަށް ލައިފައިވާ މީހުންނަށް ފްލެޓްދީ ނިމޭއިރު އަސްލަމް ގޮޅިއަށް ވަންނަން ޖެހޭވަރުގެ ކަންކަން ހިނގާނެ .....އެތަށް ބައެއްގެ ހައްގުގެއްލޭނެ ކަމީ ޔަޤީންކަމެއް ...
ހާމިދު ޝާހިދު
12 February 2023
ތިޔަ "ގިރި" އަކީ ދަތުރުދާން އެއްގޮތަކަށްވެސް ކަމުދާ ތަނެއްނޫން. އަދި އެހާ ބޮޑު ހަރަދު ކޮށްގެން ދާން ހެޔޮވެސް ނުވާނެ. ލޯންޗު ހަރަދާއި، އަށިހިފާ ހަރަދާއި މިހުރިހާކަމެއް އެކުވީމާ މާރަނގަޅު، ވިލިނގިލި އަތިރިމައްޗަށް ނޫނީ ހުޅުމާލެއަށް ދަތުރު ދިޔަޔަސް! އެހާމެ ހޫނު ގަދަ. ގަހެއް ހުރީކީ ނޫން. ހޫނު ގަދަ މޫސުމުގައި ކުދިންކޮޅު ހަމަ ފިހޭނީ. މާލޭގެ މީހުން ދަތުރު ދިއުމަށް ކުރީގެ ރަށެއް ދޭންވީ. ބަނޑޮސް ފަދަ ރަށެއް!
ހާލިދު ޝާހިދު
12 February 2023
ބަލަ ކޮއްކޯ. ކިހިނެތް ތިހަދަނީ؟ އެރަށް އެއޮތީ ގަސްއިންދަން ހުޅުވާލާފަ. ސްކްރީން ކައިރީ ކޮމެންޓްކުރަން ނުހުރެ ރައްޓެހިން ގޮވައިގެން ގަސްކޮޅެއް ހިފައިގެންގޮސް އިންދަބަ. ދެން ހިލޭ ދެވޭދުވަސްތައް ބަލައިގެން ދިޔައިމަ ފްރީ ވާނެދޯ؟
އަދު1
12 February 2023
ތިވާހަކައިގައި ރަނގަޅު ވާހަކައެބަހުރި. އެކަމު ވިލިގިލީ ގޮނޑުދޮށު ފުރުޅުލީ ގޮނޑިއެއް ނުދުއްވޭނެ. ނޯ އިންކްލޫސިވިޓީ.އައްޓެއް ލާރިއަށްވެސް ލިބޭތާ. ވިލިގިނލީގައި މާލެއިން ގެންދަން މާފަސޭހަދޯ؟ފެނެއް ނުވެރޭ ޗޭންޖެއް ނުކުރެވޭ.ތި މީހުންނަށް ރަނގަޅު ނުވާނެ މަތިން ޑޮލަރުވެހުނަސް އޮށޯވެލައިގެން އޮއްވާ. ބުނާނެ މާ ސްލޯކޮނޭ މި ވެހެނީ. އަނެއްކާ ހުސް ފަންސާންޑޮލަރޭ ވައިނޮޓް ހަންޑްރެޑް. ތި ފާޑުވެސް ތި ލިޔުނީ ގައިމު ކުޑަގިރި ވުޖޫދު ވީމައެއްނު. ވިސްނަބަލަދެންވެސް.
ވިންޑާން
11 February 2023
ސްޕީޑް ވަރަށް ސާފު. 100 ދުވަހުން ފުއްދަން އުޅުނު ވައުދެއް ސަރުކާރުގެ ހުރިހާ ކުންފުންޏެއް ވެގެން 5 އަހަރުން މިނިމުނީ. ދިވެހިން ދެކެފި މިއަށްވުރެ މާސްޕީޑް ހަލުވި ވެރިކަން. އަންނަނީ އަންނަނީ ކިޔަންފެށީމަ ކެމްޕޭނަށް ވެގެން ފަހުގަޑީ ފިލާވަޅު ކިޔުން ހަމަ.
އަދު1
12 February 2023
މާ ސްޕީޑް ވެރިކަން ދެކެފި. އެ ސްޕީޑުގެ ވއކނ ވެސް ދެކެފި. ސްޕީޑް ބާރުކަމުން މިހާރު އެއޮތީ ބޮޑު ވގ ޖަލުގަ. ކިހާ ބާރެއް. ހަމަ އެދިޔަގޮތަށް ގޮސް ޖަލަށް.
ބޮޑުމީހާ
11 February 2023
ބްރިޖާއި ބޯހިޔާވެހިކަމަކީ 2018 އިން 2023 ގެ ވައުދު. 2023 އިން 2028 ގެ ވައުދު ބެނާތަކުގަ ބޯހިޔާވެހިކަން، ބްރިޖް ވާހަކަ ނުލިޔާތި
ކުޑަކުއްޖާ
12 February 2023
ބޮޑު ތިވީ ދުނިޔޭގެ އާޖުފާޖުވެސްނޭނގި. ހަވާކައިގެން ބޮޑުވިއިރު ބޮޑުވީ ހަށިގަނޑު. ސިކުނޑި އޮތީ އޮތްވަރަށް. އެންމެ ބޮޑެތި ޑިމޮކްރަޓިކް ގައުމުތަކުގައިވެސް މިހާރުވެސް ބޯހިޔާވަހިކަމުގެ ވަޢުދުތައް ހިމެނޭ. އެއީ ހުއްޓޭނެކަމެއްނޫން.
އަހްމަދު
11 February 2023
ލޮލް. އަސްލަމު ކީކޭތަ މިކިޔަނީ? 5 އަހަރު ވަނިކޮށް އެންމެ ވައުދެއް ފުއްދިގެން ވާމޮޅު މިއީ? އަހަރެން ބަލަން މިހިރީ އިރާދުކުރެއްވިއްޔާ ތި ބުރިޖު އަންނާނެތޯ. އެހެންނޫނަސް ޞާލިހުގެ ވެރިކަން ފެށޭތާ 100 ދުވަސްތެރޭގައި ތި ޕިކްނިކް ރަށެއް ހުޅުވައިދޭނެ ކަމަށް ބުނެފަ އޮތްކަމަށް އަހަރެންނަށް އެނގިފަ އޮތީ. އަދި ކިރިޔާ 100 ދުވަސްވީ?މމ
ބޮލްބީ
11 February 2023
މީނަޔަކީ ފައްކާ ބޯވައެއްކަން އަބަަދު މަށަށް އިނގޭ. އައްނި ސްރުކާރުގަ އެއްމެ ކަރަޕުޓު ވަޒީރު. އައްނި ކާރީ އޭރު ވެސް އަބަދުވެސް ބުނިން. މިއަދު މިއޮތީ އަސްލު ކުލަ ދައްކާލާފަ. އަދިވެސް އައްނި ބުނާނެ އަސްލަންޓޭ ވ ރަނގަޅު ވާނޭ. ދޯކާ ނުދޭނެއޭ ތިމައްނަޔަށް
އިތިންމަތިން
11 February 2023
އަހަރެން ބަރުލަމާނީއަށް ތާއީދުކުރަންނިންމީ އަސްލަމް މަޖިލީހަށާއި ރައްޔިތުންނަށް ޖަދަލުކުރާތީ. އައްޔަނުކޮށްފަ ހުންނަމީހަކު ރައްޔިތުން ވޯޓުން ހޮވާމީހުންނަށް ޖަދަލު ކުރުމަކީ ލަދެއް.
އައްޑޫ123
11 February 2023
ރާއިސް ޔާމިންގެ ދުރުވިސްނުން ރަނގަޅުކަން ފާހަގަ ވެއްޖެ. މަހާ ޖައްރާފަ ނެއްނަމަ ކިހިނެއްތަ ތިތަން ހިއްކާނީ.
ހުވަދޫ123
12 February 2023
މަހާ ޖައްރާފާ އައުމުގެ ކުރިން މި ރާއްޖޭގައި ތަންތަން ނުހިއްކާ؟ ދޭ ބަ ސިކުނޑީގެ ޑޮކްޓަރަކަށް ދައްކާލަން.
ފޮނިފޮނިޓައްޕު ކުމާރު
11 February 2023
އަންނަނީ އަންނަނީ. އަބަދުސް އަންނަނީ. އައިއްސަ ހުންނަދުވަހެއް ދުވަހަކުވެސް ނުފެނޭ. ދެން ޕިކުނިކު ދާތަނެއް ހެދުނަކަސް އަދި އެހާ ބޮޑާވެގަންނާކަށްނުޖެހޭ.
ާއަޒުމީ
11 February 2023
އެކަމު ތިތާގެ ހިދުމަތްތަކަށް ތިނަގާ އަގު ހާދަބޮޑޭ..ދަތުރުދާ އުޅަނދު ފައްތިޔަލެއްގައި މަޑުކުރުމަށްވެސް 500ރފ؟؟؟