"އޭވޮން" ފިހާރައިން އަލަށް ތައާރަފް ކުރި އެނދު. މި އެނދަކީ އޮޓމެޓިކް ކޮށް ގޮދަޑި ހިމެނޭ ބައި ހިއްލާލެވޭ އެނދެއް.
12 ފެބުރުއަރީ 2023 - 14:34
އަމިއްލަ ޑިޒައިންތަކަށް ފަރުނީޗަރު ފަރުމާކޮށްގެން ވިއްކާ "އޭވޮން" ފިހާރައިން އާ އެނދެއް ތައާރަފްކޮށްފި އެވެ.
އެ ފިހާރައިން ބުނި ގޮތުގައި މި ފަހަރު މާކެޓަށް ނެރުނު އެނދަކީ އެތަނުން މިހާތަނަށް ނެރުނު އެންމެ ތަފާތު، އިނޮވޭޓިވް އެނދެވެ. މި އެނދަކީ ގޮދަޑި ހިމެނޭ ބައި މޭމައްޗާ ހަމައަށް އޮޓޯއިން ހިއްލާލެވޭ ޓެކްނޮލަޖީއަކާ އެކު ތައްޔާރުކޮށްފައިވާ އެނދެއް ކަމަށް އެ ފިހާރައިން ބުންޏެވެ.
މި އެނދަކީ ގޮދަޑި ހިމެނޭ ބައި ހިއްލައިލެވޭ އެނދަކަށް ވުމުން ބެޑްޝީޓު އަޅަން ފަސޭހަވާނެ އެވެ.
"އޭވޮން" ފިިހާރައިގެ ފޭސްބުކް ޕޯސްޓް.
"އޭވޮން" އިން ބުނި ގޮތުގައި މި އެނދަކީ ވެސް އެ ފިހާރައިގެ އަމިއްލަ ޑިޒައިންތަކަކަށް ރާއްޖެއިން ބޭރުން ފަރުމާކޮށްގެން ގެނެސްފައިވާ އެނދެކެވެ. މި އެނދުގެ ވެސް އެކި ޑިޒައިންތަކާ، ކުލަތައް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ބެއިޖް، އަޅި ކުލަ، ކަޅު އަދި ހުދު ކުލަ ހިމެނެ އެވެ.
އަލަށް ތައާރަފް ކުރި އެނދުގެ ޑަބަލް، ކިންގް އަދި ކުއީން ސައިޒުގެ އެނދު ވެސް މިހާރު "އޭވޮން"އިން ލިބެން ހުންނާނެ އެވެ.
"އޭވޮން" ފިހާރައިގައި ސްޓޯރެޖް ބެޑް، ސޯފާ ބެޑް އަދި ޑްރެސިންގް ޓޭބަލް ފަދަ އެކި ފަރުނީޗަރު ހުރެ އެވެ. އެ ފިހާރައިން ލޯގަނޑު ބޭނުން ކޮށްގެން ތަފާތު ފަރުނީޗަރުތަކެއްގެ ސީރީޒެއް ވެސް އަންނަނީ ވިއްކަމުންނެވެ.
އެ ފިހާރައިގެ ތަފާތު ފަރުނީޗަރު ޑިޒައިންތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ފިހާރައިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
13 February 2023
ތިހާފަސޭހަކޮން ދިވެހިން އުޅޭކައް ބޭނުން ނުވާނެ.
އިބްރާހިމްބެ
12 February 2023
އިނޮވޭޓިވްގެ މާނަ އިނގޭތަ؟؟ ތިއީކީ އިނޮވޭޝަން އެއްނޫން.