ފްލޯޓިން ސިޓީގެ މޮކްއަޕް ނިންމައި ހުޅުމާލެ ފަޅު ތެރޭގައި. އެކަމަކު ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނުފެށޭ. --ފޮޓޯ:
21 ފެބުރުއަރީ 2023 - 10:54
ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ ގެތައް ހުންނާނެ ގޮތުގެ މޮކަޕް ހުޅުމާލެ ފަޅުތެރޭގައި އާއްމުންނަށް ދައްކާލަން ތައްޔާރުވެއްޖެ އެވެ.
ކުލަ މަންޒަރަކުން މިހާތަނަށް ދައްކަމުން އަންނަ މި ސިޓިގެ ގެތައް ހުންނާނެ ގޮތް ފުރަތަމަ ދައްކާލަން އުޅުނީ މިދިޔަ ރޯދަ މަހުގެ ތެރޭގަ އެވެ. އެކި ސަބަބުތަކާ ހެދި އަހަރެއްހާ ދުވަސް ލަސްވެފައި ވިޔަސް މިހާރު ހުޅުމާލޭގެ ފަޅުތެރޭގައި ވަނީ ގެއެއް ބައްޓައިފަ އެވެ.
މި ޕްރޮޖެކްޓުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތްތައް އެހާ ބޮޑަށް ލަސްވީ، ސަރުކާރުން ލިބެން ޖެހޭ ހުއްދަތައް ދިނުން ލަސްވުމުން ކަމަށެވެ. އެކަމަކު އާއްމުންނަށް ގެތައް ދައްކާން ވާން ޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި ހުރި ގެއެއްގެ ފޮޓޯތަކެއް އާއްމުކުރައްވައިފަ އެވެ.
ޕްރޮޖެކްޓްގެ މޮކަޕް ހެދި އިރު، އެ ޕްރޮޖެކްޓްގެ ދަށުން ގެތައް އަޅާ ފަޅުގައި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ނުކުރެވެނީ، އީއައިއީ ރިޕޯޓަށް އެންވަޔަރުމެންޓް މިނިސްޓްރީން ނުލިބުމުންނެވެ.
ފްލޯޓިން ސިޓީގެ މޮކަޕް ހުޅުމާލެ ފަޅުތެރޭގައި.
މާލެ ކައިރި ފަޅެއްގައި ތަރައްގީ ކުރާ "ފްލޯޓިން އައިލެންޑް" ޕްރޮޖެކްޓްގެ އެގްރީމެންޓްގައި އެންމެ ފުރަތަމަ ސޮއި ކުރީ 2010 ވަނަ އަހަރު އެވެ. ނަމަވެސް އޭރު ވެރިކަން ބަދަލުވުމުން ޕްރޮޖެކްޓް އޮތީ ހުއްޓިފަ އެވެ. އެއަށްފަހު މި ސަރުކާރުން ވެރިކަމަށް އައިސް ދެވަނަ ފަހަރަށް އެގްރީމެންޓްގައި ސޮއި ކުރީ 2021 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. އެއަށް ފަހު ވެސް މަސައްކަތް ކުރުމުގެ ގިނަ ތާރީހުތަކެއް ދިނުމަށް ފަހު އަނެއްކާ ވެސް އެ އެގްރީމެންޓަށް ބަދަލުތަކެއް ގެެނެސް, ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން ގަ އެވެ.
އެގްރީމެންޓަށް ގެނައި ބަދަލުގެ ތެރޭގައި މި ޕްރޮޖެކްޓްގެ މުއްދަތަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެ ޕްރޮޖެކްޓް 2019 ވަނަ އަހަރު ދިނީ ދެ އަހަރު ތެރޭ މަސައްކަތް ނިންމުމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތަކެއް ނުފެށެ އެވެ.
އެއް ބިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓްގެ ދަށުން 5،000 ގެ ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ކަނޑައެޅީ ގެއެއް 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަށް ވިއްކާށެވެ. އެހެން ނަމަވެސް ރާއްޖޭގައި ގެދޮރުގެ މައްސަލަ އޮތް މިންވަރު އެނގި އާންމުންނަށް ގަނެވޭނެ ފަދަ އަގަކަށް ބަދަލު ގެންނަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޑަޗް ޑޮކްލޭންޑުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްކޭމް
23 February 2023
އެއް ބިލިޔަން ޑޮލަރު. މިއީ ސަރުކާރުން ފަންޑުކުރާ ޕްރޮޖެކްޓެއް ނަމަ މިއީ އެމްއެމްޕީއާރްސީގެ ސްކޭމްއަށްވުރެވެސް އެތައް ގުނައެއް ބޮޑުވާނެ ސްކޭމްއެއް.
ވިސްނުން
22 February 2023
ވަރަށް ވިސްނާތި
2023
22 February 2023
ދުވާލާ ރޭގަޑުވެސް ހުވަފެން ވޯޓްކާރިވާވަރަކަަށް..ބޮއިހަލަކި
ދޮންމޮހޮނ
22 February 2023
2028 ވަނަ އަހަރު އިންތިޚާބާ ހަމައިން ފްލޯޓިން ސިޓީއެއް ދިވެހިރާއްޖޭގައި ހަދައިދޭނެ ކަމަށް އެމްޑީޕީން ވައުދު ވާނެ. ކޮބައިތަ ބައި އިލެކްޝަނެއްތެރެއިން ކުރެންދޫ ރައްޔިތުންނަށް އަޅައިދޭން އަންނި ބުނި ކަނޑުގެތައް.
ޔުގާހު
22 February 2023
ތީތި ތިތާއޮއްނާނެތަ؟ ގުދުރަތީގޮތުއަންނަ ކޮންމެ ވިއްސާރައެއްގެބާރުތަފާތު އެހެންކަމުންތިއެއްޗަކާއި ދިވެހިންކާރިއެއްނުވާ ތީހަމަ ހުވަފެން ހޭލާ ތިބޭއިރު މިހާރުގިނަހުވަފެންފެންނާނެ ތިވެސްއޭގެވައްތަރެއް
ނަސްރު-ބ12
21 February 2023
ފާނަކޮށިވެސް ތިޔެއްވުރެ ރަނގަޅު..ރަނގަޅު ފެންވަރުގެ ފާނަކޮށިއެޅޭ 400000 ރުފިޔާއިން
އައްބާސްބެ
21 February 2023
ކޮބާ ބިންކޮޅު ވިއްކަަލާފަ މީގެ އެއްޗެއް ގަންނަން ހިނގާ. ބޯ ހަމަަޖެހޭނެ ގައިމު. ރާޅު ތަކުގެއަޑާ ނޫވިލު އޮންނާނީ އަތްފޯރާފަށުގަ.
ހޮޓްކިންގ
21 February 2023
ކަންނެލި އޮޑިއަކަށް އެރިޔަސް ތިޔަށްވުރެން ހިތްފަސޭހަވާނެ. ގައިމު އަބަދު އެއްތާކު ނޯންނާނެ.
އުދުހޭ
21 February 2023
ރިޔާޒަކީ އަންނިގެ ގާތް މީހެއް. އަންނި ވެރިކަމުގައި ގުޅިފަޅު ނުވަތަ ތިލަފުށި ކުންފުނީގެ އެމްޑީ އަކަށް ހުރީ އޭނާ. ބިޑަކާނުލާ ރީކޯމޫސަ ކުންފުންނަށް ބިންހިއްކަން ހަވާލުކުމާ ގުޅިގެން ކޮރަޕްޝަނުގެ ވާހަކަ ވަރަށްބޮޑަށް ދެކެވުނު އަދި ރިޔާޒު ދައްކާފަހުރި ވާހަކަތަކެއްކަމަށް ބެލެވޭ އޯޑިއޯއެއްވެސް ލީކުވެގެން އުޅުން. ފްލޯޓިންގ ސިޓީގެ އެއްޗެސް ތަޖުރިބާއެއްނެތި މިއޮތީ ކޮންސަލްޓަންޓަކަށް ވެފަ.
ޙަސަން ކުރުސީ
21 February 2023
ދަގަނޑު ބަނޑެއް ބަނދެފައި ޕްލައިވުޑުން ކޮޓަރިއެއް އަޅާފަ ފްލޯޓިންގ ސިޓީއޯ! ފުޅިމަދު ފޮށިން ހެދިނަމަ. މިސަރުކާރުގެ މެގަ ޕްރޮޖެކްޓްތައް ދޯ؟