ޓްރެއިނިން ސެޝަނެއްގައި ޕްރޮފެސަރު ބައިވެރިންނަށް ތަމްރީނު ދެނީ. -- ފޮޓޯ: ވިލާ ކޮލެޖު
23 ފެބުރުއަރީ 2023 - 11:31
ކައުންސެލިން ސުޕަވިޝަން ޓްރޭނިން ވޯކްޝޮޕެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވައިފި އެވެ.
ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން އެތަނުގެ ކިއުއައި ކެމްޕަހުގައި ބޭއްވި މި ވޯކްޝޮޕްގައި ބައިވެރިންނަށް ތަމްރީން ދިނީ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް މުސްލިމް މެނަޓަލް ހެލްތް އެންޑް ފެމެލީ ތެރަޕީ (އައި.އެމް.އެޗް.އެފް.ޓީ) ގެ ޑައިރެކްޓާ އޮފް އެކްސެލެންސްގެ މަގާމުގައި ހުންނަވާ ޕްރޮފެސަރެވެ.
ޕްރޮގުރާމުގެ ބައެއް ބައިވެރިން. މިއީ ރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ތަމްރީނު ޕްރޮގުރާމް. -- ފޮޓޯ: ވިލާ ކޮލެޖު
ވިލާ ކޮލެޖުން ބުނި ގޮތުގައި އެ ޕްރޮގުރާމަކީ ކައުންސިލިން ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ ކައުންސިލަރުންނާއި އިންޓާނުންނާއި އެ ތަންތަނުގެ ހިދުމަތްތައް ސުޕަވައިޒްކުރާ ފަރާތްތަކަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ.
އެތަނުން ބުނީ ކަމާ ގުޅުން ހުރި އިރުޝާދުތައް ދީ، މަސައްކަތްތައް ސުޕަވައިޒްކުރާ މީހުންގެ ފެންވަރު ރަނގަޅު ކުރުމަށް މި ޕްރޮގުރާމުން އެހީވާނެ ކަމަށެވެ.
ތަމްރީނު ސެޝަނެއްގައި ތަމްރީނުގެ ބައެއް ބައިވެރިން. -- ފޮޓޯ: ވިލާ ކޮލެޖު
ވިލާ ކޮލެޖުން ބުނި ގޮތުގައި އެ ޕްރޮގުރާމުގައި ސުޕަވައިޒާ އަދި ސުޕަވައިޒީ ރިލޭޝަންޝިޕް އެގްރީމެންޓް ކުރިއަށް ގެންދެވޭނޭ ގޮތްތައް ކިޔައިދިނެވެ. އަދި އެކްޓިވް ލިސިނިން ސްކިލްސް، ތިއެރެޓިކަލް ފްރޭމްވޯކް ވަނީ ކިޔަދީފަ އެވެ. އަދި މޮޑެލްސް އޮފް ސުޕަވިޝަން ބޭނުންކޮށްގެން ސްޕަވިޝަން ސެޝަންސް އެނަލިސިސް ތައްޔާރުކޮށް، ދިމާވާ އެކިއެކި އެތިލަކް މައްސަލަތަކަށް ހޭލުންތެރި ކުރުމުގެ މައުލޫމާތާއި ބޭނުންވާ ހުނަރުތަކުގެ ތަމްރީނު ވެސް ވަނީ ދީފަ އެވެ.
އެ ޕްރޮގުރާމަކީ ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ 20 ގަޑިއިރުގެ ޕްރޮގުރާމެކެވެ.
ޕްރޮގުރާމުގެ ބައިވެރިންނަށް އިންޓަނޭޝަނަލް އިންސްޓްޓިއުޓް އޮފް މުސްލިމް މެންޓަލް ހެލްތް އެންޑް ފެމެލީތެރަޕީ، މެލޭޝިޔާގެ ސެޓިފިކެޓް ވަނީ ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީބާ
23 February 2023
ހުސް އަންހެނުން... ކޮބާ ހަމަހަމަކަން. ކޮބާ ފިރިހެނުންގެ ހައްގު؟
އާމި
24 February 2023
ރަޖިސްޓަރ ކޮށްގެން ކުރިއަށް ދިޔަ އެއްޗެއް. ކީއްވެ ފިރިހެނުން ރަޖިސްޓަރ ކޮށްގެން ނައީ ?