އަމީނީ މަގުގައި ތާރު އަޅާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ފެބުރުއަރީ 2023 - 10:59
އަމީނީ މަގުގައި ތާރު އަޅާފައި އޮތް ހިސާބު މި ހަފުތާގައި ހުޅުވާލައި އިމާދުއްދީން ސްކޫލާ ހަމައަށް ރޯދައިގެ ކުރިން ތާރު އަޅާ ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ތާރު އަޅާފައި އޮތް މަގުގެ ކައިރި ފަށް ހަދައި ޓްރެފިކް ނިޝާންތައް ކުރަހަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް ނިންމައި މި ހަފުތާގެ ތެރޭގައި އެ މަގު އާއްމުންނަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ތާރު އަޅާފައިވަނީ އަމީނީ މަގުން ބްރިޖު ފެށޭ ހިސާބުން ސްޓެލްކޯއާ ހަމައަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ރޯދަ މަސް ފެށުމުގެ ކުރިން އިމާދުއްދީން ސްކޫލާ ހަމައަށް ތާރު އެޅުމަށެވެ.
އަމީނީ މަގު އަލުން ހެދުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ސިޓީ ކައުންސިލާ އެވެ. ނަމަވެސް، އެ މަސައްކަތް ފަހުން އެމްއާރުޑީސީއާ ހަވާލުކުރިޔަސް، ތާރު އެޅުން ލަސްވުމުން މި މަހުގެ ތެރޭގައި އެކަން ހަވާލުކުރީ އެމްޓީސީސީއާ އެވެ.
މީގެ ދެ ހަފުތާ ކުރިން އަމީނީ މަގުގެ އެއްބައިގައި ތާރު އަޅައި ނިންމިއަސް، އެ މަގު ނުހުޅުވައި ދިގު ލައިގެން ދާތީ އާއްމުންގެ ޝަކުވާ ބޮޑެވެ. މަގު ހެދުމަށް ކަމަށް ބުނެ މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ވަނީ އަމީނީ މަގުގެ އެއްބައި ބަންދުކޮށްފަ އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ހީނުކުރާހާ ގޮންޖެހުންތައް ކުރިމަތިވެ އެވެ.
ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު، 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އަމީނީމަގުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ނިމޭނެ ކަމަށް ބުނީ އަންނަ ސެޕްޓެމްބަރު މަހު 27 އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޓޭ
28 February 2023
ކޮންމެހެންވެސް ހަވާ އަރުވަންވާނެ! ތިޔަ އޮތީ ވަރުގަދަ މެގަ ޕްރޮޖެކްޓެއް ނިންމާލާފަ!
އުދުހޭ
28 February 2023
ފޫޓަކުން ފޫޓަކުން ހުޅުވީމާ ގިނަފަހަރު ރިބަން ކެނޑޭނީ.
ށުކޭމު
28 February 2023
ޥަރަށް ބޮޑަށް ހަނިކޮށް މަގުގެ ދުއްވާ ބައި އޮތީ
މޮހިތު
28 February 2023
ވަރަށް ސަޅި! ރައީސް އަދި ހުރިހާ މެންބަރުން ގެންސް ކޮންމެ 100 މީޓަރެއް ނިމުން ފާހަކަކުރަން ވާނެ!
އަހައްމަދޫ
28 February 2023
އަނެއްކާ އަނެއް ރަސްމިއްޔާތު. ރަސްމިއްޔާތުބާއްވައި ލާރިތައް ތަޅައި ބުރުއްސަންވަރަށް މޮޅުވާނެ އަނގައިން ހިފެހެއްޓިޔަސް
ނާންނާނަން
28 February 2023
ނިމިފަ އޮތް ތަނެއް ހުޅުވާލަން ވެސް އެހާ ދުވަސް އެބަ ނަގާ ! މިފަހަރުވެސް ބުނި ދުވަހަކަށް ނުވި !
މަރީނާބޭ
28 February 2023
ދިވެހިންނަކީ ޕްލޭންކޮށްގެން ކަންކަން ކުރަން އެގޭބަޔެއް ނޫން. ކުއްލިޔަކަށް ކަންކަން ކުރަން އުޅޭބަޔެއް. އެހެންވީމާ ދެން ވާނެގޮތް ތަސައްވަރު ކޮށްބަލަ. ތިނިއްމާ ބައިވެސް މީހުން ބޭނުންކުރަން ހުޅުވާލާއިރު މަގު ރަގަޅަށް ލައިންތަކާއި އަދި އެހެނިހެން ސައިން ބޯޑްވެސް ހަރުކުރެވި ނަލަކޮށް އުޅެން އެންގޭގޮތަށް ބަހައްޓައްޗޭ.
ވިސްނާ.
28 February 2023
މިތާ މި ކޮމެންޓު ކުރާ ސެލްފް ސަޓިފައިޑް އިންޖިނިއަރުންނަށް. މި ސެގްމެންޓް ލަސްވަނީ ސްޓެލްކޯ އިންޖީނުގޭން ނުކުމެފަ އޮތްހާ ކޭބަލެއް އޮޅުން ފިލުވާ ޑަކްޓްތަކަށް ފެއްތުމަށް. އަމީނީ މަގަކީ ވަޅުލާފަ އޮތް އެއްޗެއް އޮތް ތަނެއް، ހުރި އަދަދެއް އެނގޭ މީހަކު ނެތް ތަނެއް. އެ އެއްޗެހި ހުރި ގޮތަށް ދޫކޮށް މަތިން ތާރުއެޅުން އެކަނި ނަމަ 1 މަހުންވެސް ކުރެވިދާނެ. އެކަމު އެ ހަމައަކަށް އަޅުވާ، އާ އެއްޗެހި ވަޅުލާ ހަދަން 26 ދުވަސް އެއީ ވަރަށް ކުރު މުއްދަތެއް.
ވިރޭ
28 February 2023
އެއްވެސް ރޭވުންތެރިކަމެއް ނެތި މަސައްކަތް ކުރަންޏާ ވާނެ ހައެއްޗެއް ވަނީ
ވިސްނާފަ
28 February 2023
ހީނުކުރާހާ ގޮންޖެހުން ކުރިމަތިވީކަމަށް ބުނަން އެޖެހެނީ ކަމެއްގަ ހުންނާނެ ބޮޑުކަން އަންދާޒާކުރަންވެސް ނޭނގޭލެއް ބޮޑުކަމުންނާ، ނޭނގޭ ކަންކަން އެނގޭކަމަށް ހެދޭލެއް ބޮޑުކަމުންނާ، ސިޔާސީ ގޮތުން އެހެން ބަޔަކަށްވުރެ މާ މައްޗަށް އުފުލެންވެގެން ހިސާބަށްވުރެ ބޮޑަށް މާކުރިން ސަޅިކަނޑާތީ.
ދުމައިނު
28 February 2023
ވިސްނާޔަށް ނުވިސްނުނުކަމަކީ ތިނޫން މަގުމަގުވެސް ހަދައިފިކަން. ތިބުނާ ޗްލެންޖު ނެތެކެނޫން. އެކަމަކު ބޮޑުރަކުރުފާނުމަގާ ބޮޑު ބުރިޖަކާ އެއާގުޅުނު ލިންކުރޯޑު (ހިއްކައިގެން) ހަދާ ނިންމާ ހުޅުވާން ނެގިހާދުވަސް ތި އޮޅުން ފިލުވަން އެކަނި ނަގާތީ އެވާހަކަ މީހުން އެދައްކަނީ.
ޢަލީބެ
28 February 2023
ނޭނގޭތަ، މަޖީދީ މަގު 2018 ވަނަ އަހަރު ތާރު ނާޅާ ހަދާފަ އެ އޮތީ ތި ހުރިހާ އޮޅުންބޮޅުން ފިލުވާފަ، މިހާރުވެސް ހަމައެކަނި ބިންގަނޑު ލެވެލް ކޮށްލާފަ ތާރު އަޅަންވީ
ސަސި.
28 February 2023
ޓީވީއިން ލައިވްކޮށް ހަވާވެސް އަރުވަން ވާނެ
ގެދާނޯމޮސް
28 February 2023
މާލޭގެ ރައްޔިތުންނަށް އެންމެ ދަތި އުނދަގޫ ކަމަކީ ޕާކިން މަށްސަލައެވެ. ސަރުކާރުގެ އެންމެ ދޯދިޔާސިޔާތު ގެންގުޅޭ ޕާކިން އަށް އަމީނީ މަގުން ޖާގައެއް ނުލިބި ގެދޮރަށް ދާން ކާރު ސައިކަލުގެ ބޭނުން ނުހިފޭނަމަ އޭގެ ފީތަކުން ސައިކަލުތަކުގެ އިންސުއެރެންސް ފީ ކަންޑާލަދިނުމަށް ދަންނަވަމެވެ. އެއީ އެއްވެސް ގޮތަކުން މަރާމާތަކަށް ހިނގާ ޚަރަދަކަށް ނުވުމާއެކު ސަރުކާރުން ނާއިންސާފުން ނެގޭ ފީއަކެއެވެ.