ސާޖިން "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި ހއ. ތަކަންދޫގެ އުމުރުން ދުވަސްވީ ބަޔަކާ ވާހަކަދައްކަނީ.
01 މާޗް 2023 - 15:48
ޒުވާން މަސްވެރިޔާ ހަސަން ސާޖިން، ރާއްޖޭގެ "އުތުރުން ދެކުނަށް" ފެށި ދަތުރަށް މިހާރު މަސް ދުވަސް ވީ އެވެ. ހއ. ތުރާކުނުން ފެށި މި ދަތުރުގައި މިހާރު ހަތް ރަށަކަށް އޭނާ ހިނގައްޖެ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް އޭނާއަށް ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެކެވެ.
ސާޖިން ބުނީ އެ ރަށްތަކުގެ ތެރެއިން އޭނާއަށް އެންމެ ހާއްސައީ ތުރާކުނު ކަމަށެވެ. އެއީ އެ ރަށުގެ މީހުން އޭނާއަށް ކީ މަރުހަބާ އާއި ބެހެއްޓި ގާތްކަމުގެ ސަބަބުން ކަމަށް ބުންޏެވެ. އޭނާ ބުނީ އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެ އަތޮޅު ހޯރަފުށީ ކައުންސިލުގެ ފަރާތުން ކަމަށެވެ.
"ތުރާކުނުގައި ހަމަ އާދަޔާ ހިލާފަށް މީހުން ހިތްހެޔޮ. އެންމެ މީހުން ހިތްހެޔޮ، މީހުންނާ ގުޅޭ، އެއް ބަޔަކު ދިރިއުޅޭ އެއް ރަށް،" އޭނާ ބުންޏެވެ.
"މިހެން ބުންޏަސް، މި ދެވުނު ހުރިހާ ރަށެއްގެ އެންމެން ވެސް ވަރަށް ސަޕޯޓިވް."
ސާޖިން "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި ހއ. އިހަވަންދޫގެ މަސްވެރިންނާ ބައްދަލުކުރަނީ.
އޭނާ ދިޔަ ރަށްތަކުގެ މަސްވެރިންނާއި ކައުންސިލްތަކާ ބައްދަލުކޮށް، އެ ރަށްރަށުގައި މަސްވެރިކަންކުރާ ގޮތާއި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ. އަދި ސްކޫލް ކުދިންނާ ބައްދަލުކޮށް، މަސްވެރިކަމަށް އެ ކުދިންގެ ޝައުގުވެރި ކުރުވުމަށް ހާއްސަ ސެޝަންތައް ވެސް ބޭއްވި އެވެ.
ސާޖިން ބުނި ގޮތުގައި، މިހާރު މަސް ދޯންޏެއްގައި އޮންނަނީ މަސްވެރިކަން ކުރުން އެކަންޏެއް ނޫނެވެ. އެހެން ވަރަށް ގިނަ ވަޒީފާތައް ވެސް އޮވެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، މި މައުލޫމާތަކީ މިހާރު ބޮޑުވަމުން އަންނަ ކުދިންނަށް އުނގަންނައިދީފައި ހުންނަ ޖެހޭ ކަންކަމެވެ. އޭނާ ބުނީ މި ދާއިރާއަށް އެ ކުދިންގެ ޝައުގުވެރިކަން އުފެއްދޭނީ އޭރުން ކަމަށެވެ.
"ކުރީގައި ބުނާނެ ނުކިޔަވަންޏާ ދާންޖެހޭނީ މަހަށޭ. އެކަމަކު މިހާރު މަހަކަށް ވެސް ނުދެވޭނެ ނުކިޔަވަންޏާ،" އޭނާ ބުންޏެވެ.
"މަސް ދޯންޏެއްގައި އެބަ އޮވޭ މަސް ބާނާ މީހެއްގެ ވަޒީފާ، ދޯނީގެ އިންޖީނާއި ޖެނެރޭޓަރާ އެހެން ސަމާނު ބަލަހައްޓާ އިންޖީނިއަރުންގެ ވަޒީފާ، ދޯނިން ބާނާ މަހުގެ ހިސާބު ބަލަހައްޓާ ކޭޝިއަރުންގެ ވަޒީފާ، މަސް އައިންތައް ހޯދުމަށް ބޭނުންކުރާ ފްރޫނޯ ރާޑަރު ބޭނުންކުރާ މީހުންގެ ވަޒީފާ، މިހެން ގޮސް ހަމަ ކިޔަވައިގެން އަދާކުރެވޭ ކަހަލަ ވަރަށް ގިނަ ވަޒީފާތައް އެބަހުރޭ."
އެކަމަކު އަދިވެސް ގިނަ މީހުން މިކަންކަމަށް ހޭލުންތެރިވެފައި ނެތް ކަމަށް ސާޖިން ބުންޏެވެ.
މަސްވެރިންގެ އިތުރުން މި ދަތުރުގައި އޭނާއަށް ތަފާތު މީހުންނާ ވެސް ދިމާވި އެވެ. ލޮލުގެ ފެނުމުން މަހުރޫމް ވިޔަސް މިދިޔަ 12 އަހަރު ފަންގި ވިނުމުގެ މަސައްކަތްކުރަމުން އަންނަ އިހަވަންދޫ އަހްމަދު ހުސެއިން އާއި ހަވީރު ފިންޏަށް ހޮޅުއައްޓަށް ދާ މީހުންނަށް ވާހަކަ ކިޔައިދޭ މާރަންދޫ އަބްދުއްސައްތާރަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ މީހުންނެވެ.
ސާޖިން "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި ހއ. އިހަވަންދޫން އޭނާއަށް މަރުހަބާ ކިޔަނީ.
އިހަވަންދޫގައި ހަދާ "ހިކިމަސް ޗިޕްސް" އަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއްޗެކެވެ.
މި ދަތުރުގައި ދެން ސާޖިން ދާނީ ހއ. އުތީމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަތާވަރި އަލިފުޅު
04 March 2023
ތި ނޫނަސް ޒުވާން މ،ަސްވެރިން އެބައުޅޭ. އެމީހުން އުޅެނީ މަސްވެރިކަން ކުރަން ފޮޓޯ ނަގަ ނަގާފައި ސޯޝަލް މީޑިއާކަށް ނާޅާ. މަގޭ ހިތަށް އަރާ މީނާ ފޮޓޯ ނަގާފަ ވީޑިއޯ ހަދާފަ މަސްވެރިކަން ކުރަނީ ކޮންތާކުބާއޭ. ޒުވާން މަސްވެރިޔާ ކިޔައިގެން އަމިއްލަ އަށް މަޝްހޫރުވާން އުޅޭ މީހެެެއް ތީ
ޙަނދުކޭތަ
02 March 2023
މި މަސްވެރިޔާގެ ކަމަކީ ފޮޓޯނަގަނަގާފަ ސޯސަލް މީޑިޔާއައް އެޅުން ނަމުން މަސްވެރި ކަމުން ފުޓޯވެރި ލޮލް
ޢިބޫ
02 March 2023
ތި ދަތުރުގެ ދިރާސާ ރިޕޯރޓެއް ލިބޭނެބާ ނޫނީ ހަމަ މަޖާކޮށްލަން ކުރާ ދަތުރެއްބާ
ޕާންޑީ
02 March 2023
މިއީ މަސްވެރިއެއްތަ ނޫނީ ދަތުރުވެރިއެއްތަ ނޫނީ ފަތުރުވެރިއެއްތަ ހަމަ އަހާލީ މަސްވެރިކަމަށްވުރެން އެހެން ކަންކަމުގައި އުޅޭ މީހެއް
ސޭކުސްތާން
01 March 2023
މަހައްނުދާ މަސްވެރިޔާ އަޑުގަދަކޮށްލައިގެން ހިލޭދަތުރު. މާކެޓިން ފާރމްއަކަށް ތިކަންކުރަން ދިންނަމަވެސް މާރަނގަޅުވީސް
އުފާ
01 March 2023
ޕްރައިމަރީ އިންޑަސްޓްރީޒް ކޮޅަށް ނުޖަހާ އިގްތިސާދު ރަނގަޅު ނުކުރެވޭނެ. ޓޫރިޒަމް އަކީ ޓާޝަރީ އިންޑަސްޓްރީއެއް. ދުނިޔެއަށް އަންނަ ލޮޅުން ތަކުން ފަސޭހައިން އަސަރު ކުރާނެ. މަސްވެރިކަމާއި ދަނޑުވެރިކަން އެއީ ސަންޓެއިނަބަލް ްްޑިވެލޮޕްމަންޓަށް އެންމެ މުހިންމު ދެ ސިނާއަތް. ަާަަލ
އައްޔަ
01 March 2023
މީނަގެންގުޅެނީ އެންމެެ ޓީޝާޓެއްހެންހީވަނީ,
ސަޖުނާ
01 March 2023
މިއީދެން ޕުލޭނެއްނެތި އިޝްތިޙާރުވާން ދަތުރެއްގަ އުޅޭ މީހެއް. މިއަންނަ ދައުރުގަ މަޖުލީހަށް ކުރިމަތިލުން ބޭނުމަކީ. މަސްވެރިކަމަށް މީނަ ރަށްރަށަށްގޮސްގެން ކޮންކަމެއްވާނީ.