06 މާޗް 2023 - 18:55
ބީއެމްއެލްގެ ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަންޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވާލައިފި އެވެ.
ބޭންކުން ބުނީ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުގެ މޮބައިލް އެޕަށް މިހާރު އަޕްޑޭޓެއް ދީފައިވާ ކަމަށާއި އެޕް އަޕްޑޭޓްކުރުމުން، ކަސްޓަމަރުން ކުރާ ކޮންމެ "ސްކޭން ޓު ޕޭ" ޓްރާންސެކްޝަނަކަށް އޯތެންޓިކޭޓާ އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަން ޖެހޭނެ ކަމަށެވެ.
މަކަރާއީ ހީލަތުން މީހުންގެ ބޭންކް އެކައުންޓްތަކާއި ކާޑުގެ މައުލޫމާތު ހޯދައިގެން ފައިސާ ފޭރޭ މީހުން މި ފަހުން ވަނީ، މީސްމީހުންގެ އިންޓަނެޓް ބޭންކިންގެ އެކްސެސްތައް ހޯދައި މޯބައިލް އެޕް ބޭނުންކޮށްގެން ސްކޭން ޓު ޕޭ އިން ބޮޑެތި މުއާމަލާތްތައް ހިންގައިފަ އެވެ. އެހެންވެ މީގެ ދުވަސްކޮޅެއް ކުރިން ބޭންކުން ވަނީ އެއްފަހަރާ ކިއުއާރް ކޯޑުން ސްކޭން ޓު ޕޭ ހިދުމަތުގައި 750ރ. އަށް ވުރެ ބޮޑު މުއާމަލާތެއް ނުކުރެވޭ ގޮތް ހަދައިފަ އެވެ. އަދި އެއް ދުވަހާ ކުރެވޭ މުއާމަލާތުގެ އަދަދުގެ ވެސް ލިމިޓްކުރި އެވެ. އެކަމަކު މިހާރު ވަނީ މި ލިމިޓްތައް އުވާލައިފަ އެވެ.
ކިއުއާރް ކޯޑުން ފައިސާ ދައްކަން އޯޓީޕީ ޖަހަންޖެހޭ ގޮތް ހަދާފައި ވާއިރު، މި މަސް ނިމުމުގެ ކުރިން ސެކިއުރިޓީ އިތުރު ފީޗާތަކެއް ވެސް ތައާރަފުކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބޭންކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިދިޔަ މަހު ވަނީ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތަކަށް އޯޓީޕީ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތް ހަދައިފަ އެވެ. އެއީ އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތްތަކުގައި ވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމަށް އެޅި ފިޔަވަޅެކެވެ.
- ވެބްސައިޓް ލިންކް ހިމެނޭ ގޮތަށް ބީއެމްއެލް އިން މެސެޖެއް ނުކުރާނެ އެވެ. މެސެޖެއް ލިބުމުން އެއީ ބީއެމްއެލް އިން ފޮނުވި އެއްޗެއް ކަމަށް ހީވިއަސް އެއްވެސް ލިންކަކަށް ނުފިތާ އަދި އެއްވެސް މައުލޫމާތެއް ހިއްސާނުކުރާށެވެ.
- ބީއެމްއެލް ނުވަތަ އިތުބާރު ކުރެވޭ އެހެނިހެން ފަރާތްތަކުގެ ނަން އޮންނަ ގޮތަށް ބޭނުންކޮށް މެސެޖުކޮށް އަދި ފޯނު ކޯލުކުރެވޭކަން ހަނދާނުގައި ބަހައްޓާށެވެ.
- އީމެއިލް އަދި މެސެޖު މެދުވެރިކޮށް އަންނަ ޝައްކުކުރެވޭ މެސެޖު، ޕޮޕް އަޕް ވިންޑޯސް ލިންކް އަދި އެޓޭޗްމަންޓް ނުހުޅުވާށެވެ.
- އޯޓީޕީ އަކީ ސެކިއުރިޓީ އަށް ބޭނުންކުރާ ވަސީލަތަކަށް ވާއިރު، ސައްހަ މުއާމަލާތެއް ކަމަށް ހީވިއަސް އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރާށެވެ.
- ބޭންކިން ޕާސްވޯޑް އަދި އީމެއިލް ޕާސްވޯޑް ދޭތެރެ ދޭތެރެއިން ބަދަލުކުރާށެވެ. ޕާސްވޯޑް ޖަހާއިރު އެހެން މީހުން ހިޔާރުކުރަން އުނދަގޫ ޕާސްވޯޑެއް ބޭނުން ކުރާށެވެ.
- ބްރައުޒާ ގައި އީމެއިލް އަދި ބޭންކިން ޕާސްވޯޑް ސޭވް ނުކުރާށެވެ. އީމެއިލް އެކައުންޓް ކޮންޕްރޮމައިޒް ވެއްޖެނަމަ، ސޭވްކޮށްފައިވާ ޔޫޒަނޭމް އަދި ޕާސްވޯޑްތައް ސްކޭމް ހިންގާ ފަރާތްތަކަށް ފަސޭހައިން އެކްސެސްވެވޭނެ އެވެ.
- ވެބްސައިޓް ލިންކް ރަނގަޅަށް ޗެކް ކުރާށެވެ. އިންޓަނެޓް ބޭންކިން ފަދަ ސެކުއާ ސައިޓްތަކުގައި އެޑްރެސް އޮންނަ ތަނުގައި 'ލޮކް" ނުވަތަ ތަޅުގެ ނިޝާނެއް ފެންނާނެ އެވެ. އެއްވެސް ލިންކެއް މެދުވެރިކޮށް އިންޓަނެޓް ބޭންކިން އަށް ނުވަންނާށެވެ. ސްކޭމް ކުރާ ފަރާތްތަކުން ޔޫސަނޭމް އަދި ޕާސްވޯޑް ހޯދުމަށް އިންޓަނެޓް ބޭންކިންއާ ވައްތަރު ވެބް ޕޭޖް ހަދައިގެން އެ މައުލޫމާތުތައް ހޯދަ އެވެ.
- ބޭންކުން ފޮނުވާ ނޮޓިފިކޭޝަން އަބަދު ވެސް ބަލާށެވެ. ބީއެމްއެލް އިން ރަޖިސްޓްރީކޮށްފައިވާ އީމެއިލް އަށް، ލޮގިންވާ ކޮންމެ ފަހަރަކު އިންޓަނެޓް ބޭންކިން ލޮގިން ނޮޓިފިކޭޝަން ފޮނުވާނެ އެވެ. އަމިއްލައަށް ލޮގިންނުވާ ނޯޓިފިކޭޝަންއެއް އައިސްފިނަމަ ނުވަތަ ލޮގިން އާ ބެހޭ މައުލޫމާތު އެހެން ފަރާތަކަށް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭނަމަ، ވީހާވެސް އަވަހަށް ޕާސްވޯޑް ބަދަލުކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭންކަށް
07 March 2023
މިވާގޮތް ހަމަ ނޭންގޭ ފަދަ ބޭންކު އޮތީ ފަހަތުގައިތަ؟ ކިހިނެއްތަ ތިހަދަނީ؟ ރަނގަޅު ކުރަންވެއްޖެ ނޫންތޯ؟ ރަނގަޅު ނުކުރެވެނީ ތޯ؟ ކުރަން ބޭނުން ނުވަނީތޯ؟ ރަނގަޅަށް ދިރާސާކޮށް ސާރވޭކޮށް ޑޭޓާގެ ބޭނުން ހިފައިގެން ދެން ނިކަން ރަނގަޅަށް ބަލާފަ ޚިދުމަތްތައް ތަޢާރަފުކޮށްބަލަ. ފައިސާއާ ގުޅޭ ކަންކަން ސޯޝަލް މީޑިއާ އެޕެއް ސްޓައިލަށް އަޖުމަ ބަލާލަންތަ ތި ނެރެނީ އެޕުތައް ހަދައިގެން؟ ކޮބާތޯ ޒިންމާ؟
ސުހާނާ
07 March 2023
ތެންކިޔޫ ކާލް. ޔޫހޭވް ޑަން ސޯވެލް އިން ފިއު ޑޭސް
ހުސެންް
07 March 2023
ބީއެމްއެލްގެ ދެންހުރި ދޯހަޅިކަންތައްވެސް ރަނގަޅުކޮށްބަލަ. ތިތާގެ ޑިޕާރޓުމެންޓު ހެޑުންތައް ބަދަލުކުރަންވީ. ޕީއޯއެސް މެޝިންތަކުން އެހަދާ ސެޓުލްމެންޓުތަކުގެ ވާއެއްނުވާއެއްނޭނގެ. ކޮންމެ ޓުރާންސެކްޝަނެއް ވަކިވަކިން ޖަމާކުރުމަށް ގޮވާލަން. އަދި ކާރޑުފީއަށް ކަންޑާވަރުވެސް ފެންނަން ހުންނަން ޖެހޭނެ. މިކަހަލަ ކަންތަކާހެދި ތިބޭންކުން މަކަރުހަދާކަމަށް ތުހުމަތުކުރެވެނީ. މިކަންތައްވެސް އަދި ސޯސަލް މީޑިއާގަ ފަޅައިގެންގާނެ. އޭގެކުރިން މިކަންތައްވެސް ހައްލުކޮށްދީ.
ގައުމުގެ އަޑު
07 March 2023
ކަސްޓަމަރުންގެ މައުލޫމާތު ލީކުވަނީ އައްޑޫ ކޯލް ސެންޓަރުން. މޯބައިލް ފޯން ވޯކް އޭރިޔާއަށް ވެއްދުން މަނާ ކުރަން ޖެހޭ. އާންމުކޮށް ބޭނުންކުރާ ޑިވައިސް ނޫން ޑިވައިސް އަކުން އިންޓަނެޓް ބޭންކިން ލޮގިންވާނަމަ އޯޓީޕީ ބޭނުންވާ ގޮތަށް ހަދަން ޖެހޭ. ބޭންކުގެ ސޯޝަލް އިންޖިނިއަރިން ވަރަށް ދޯދިޔާ. ހަމަ ސުމެއް. ކަންކަން ދިމާވަނީ ދިމާވާން ޖެހޭތީ.
އޯޓީޕީ
07 March 2023
ބޭންކު ގެ އިންޓަނެޓް ބޭކިންގ އަށް ލޮގިން ވާއިރު ކީއްވެ ތަ އޯޓީޕީ ޖަހަން ނުޖެހޭ ގޮތަށް އިންނަނީ. މިހެންވެ އެ ވައްކަން ކުރަނީ
އަލިފުޅު3
07 March 2023
ބމލ އަށް ލޮޅުން އަރާ ވަރަށް އެތައް ބަޔަކު ބމލ ދޫކޮށް އެހެނިހެން ބޭންކްތަކަށް މިސްރާބު ޖެހީމާ ކުޑަކޮށް ރާގު ބަދަލު ވާ ހެން އެބަ ހީވޭ. ބމލ އަށް ބައެއް ފަަހަރު ހީވާ ކަހަލަ އެމީހުންނަކީ ގައުމުގެ މަނިޓަރީ އޮތޯރިޓީ އޭ!! ލޮލް...
ކަނޑުކޮސްބޭންކް
07 March 2023
އަޅެ ކިޔުއާރު ކޯޑުން ލާރި ދެއްކެނީ އިންޓަނެޓް ބޭންކިންގ ލޮގިން ލިބިގެން، އެހެންވިއްޔާ އޯޓީޕީ ލިބޭގޮތަށް އޯތެންޓިކޭޓަރވެސް އެމީހާގެ ފޯނުގަ ސެޓަޕް ކޮށްލެވޭނެ ދޯ!
ބަޑިތަކުރު
07 March 2023
ތަންކޮޅެއް ކުރިން މިކަހަލަ މައްސަލަތަކާބެހޭގޮތުން މިނޫހުން ކީ ލިޔުމެއްގައިވާގޮތުންނަމަ އީމެއިލް ހޯދާފައި އީމެއިލްގެ ޕާސްވޯޑް ބަދަލުކޮށްގެން އެ އީމެއިލްއަށް އޯޓީޕީ ދާގޮތަށް ހަދައިގެންވެސް ފައިސާފޭރުމުގެ ކަންތައްވަނީ ހިންގާފައެވެ. ވީއިރު އީމެއިލަށް އޯޓީޕީ ފޮނުވުމަކީ ވަކި ރައްކާތެރި ކަމަކަށްވާނެބާވައެވެ. ހަމައެކަނި ފޯނަށް އޯޓީޕީ ފޮނުވުން ރަނގަޅެއް ނުވާނެ ބާވައެވެ.
ރިޔާޒު ރަށީދު
07 March 2023
އިތުރު 3 ކްލިކް (ޓެޕް). ކީއްކުރާނީ މި ކަހަލަ އެއްޗެހި ބޭނުންކުރަން ނޭނގޭ މީހުން އުޅޭތީ އަހަރެމެންނަށް މިވީ އުދަނގޫ.
ލާމަސީލު
07 March 2023
ޔާﷲ ބީއެމްއެލްގެ ދޯހަޅި ކަންޖޫސީ ސިޔާސަތުގެ ސަބަބުން އަޅަމެން ބުރަމަސައްކަތުން ހޯދާ ފައިސާކޮޅު ސަލާމަތް ކުރައްވާށި. އާމީން.