ކުޅިވަރު / ބާސެލޯނާ

ބިލްބާއޯ ސަޕޯޓަރުން ދަނޑަށް ފޭކު ޑޮލަރު އަޅައި ބާސެލޯނާއާ ދިމާކޮށްލައިފި

ބާސެލޯނާ އަށް ތުހުމަތުކުރެވިފައިވާ ރިޝަވަތުގެ މައްސަލައާ ގުޅިގެން ބިލްބާއޯގެ ސަޕޯޓަރުން ބާސެލޯނާއާ ދެކޮޅަށް ރޭގެ މެޗުގައި ފޭކު ފައިސާ ނޫޓުތަކެއް އުކަނީ.--

ބިލްބާއޯ (މާޗު 13) - ބާސެލޯނާ އިން ރޭ ސްޕެނިޝް ލީގުގައި 1-0 އިން ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ ބަލިކުރި މެޗުގައި، ބިލްބާއޯގެ ސަޕޯޓަރުން ދަނޑުމައްޗަށް ފޭކު ޑޮލަރު އުކައި ބާސެލޯނާއާ ދިމާ ކޮށްލައިފި އެވެ.

ބާސެލޯނާ އިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބްރެޒިލްގެ ވިންގާ ރަފީނިއާ އެވެ. މިއާ އެކު ބާސެލޯނާ ވަނީ 25 މެޗުން 65 ޕޮއިންޓް ހޯދައި، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު އަލުން ނުވަ ޕޮއިންޓަށް ފުޅާ ކޮށްފަ އެވެ.

ބާސެލޯނާގެ ލޯގޯ ޖަހައި 'މާފިއާ' ލިޔެފައިވާ ފޭކު ނޫޓުތަކެއް ބިލްބާއޯގެ ސަޕޯޓަރުން ދަނޑަށް އެޅީ، ލަ ލީގާގެ ކުރީގެ ރެފްރީސް ކޮމިޓީގެ ނައިބު ރައީސް ހޯޒޭ މާރިއާ އެންރީކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރިޝްވަތުގެ ފައިސާ ދީފައިވާކަން ތުހުމަތާ އެކު، ބާސެލޯނާގެ ކޯޓުން އެ ކުލަބާ ދެކޮޅަށް ފިޔަވަޅު އަޅަން ދައުވާ އުފުލާފައި ވަނިކޮށެވެ.

ބިލްބާއޯގެ ސަޕޯޓަރެއް ބާސެލޯނާގެ ލޯގޯ ޖަހައިފައިވާ ފޭކު ނޫޓުތަކެއް ހިފައިގެން.

މި މައްސަލައިގައި ބާސެލޯނާ އަށް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެފައި ވީ ނަމަވެސް، ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާ އިން ވަނީ 2001 އިން 2018 އާ ދެމެދު އެންރީކޭޒް ނެގްރެއިރާ އަށް ގާތްގަނޑަކަށް 7.8 މިލިއަން ޑޮލަރު ދީފަ އެވެ.

މީގެ ކުރިން 2003 އިން 2010 އަށް ވެސް ކުލަބުގެ ރައީސްގެ މަގާމް ފުރުއްވި ލަޕޯޓާގެ އިތުރުން ކުރީގެ ދެ ރައީސުން ކަމަށްވާ ސަންޑްރޯ ރޮސެލް އާއި ހޯޒޭ މާރިއާ ބާޓޮމެއޫ އާ ދެކޮޅަށް ވެސް ދައުވާ ކުރަން ބާސެލޯނާ ނިސްބަތްވާ ކެތަލޫނިއާ ސަރަހައްދުގެ ޕްރޮސެކިއުޓަރުން ވަނީ ނިންމައިފަ އެވެ.

ކޮރަޕްޝަންގެ މި މައްސަލައިގައި ސްޕެނިޝް ލީގުން ބާސެލޯނާ އަށް ފިޔަވަޅު ނާޅާތީވެ، ބާސެލޯނާ ފިޔަވައި ލީގުގައި ހިމެނޭ 19 ކުލަބުން ވެސް ވަނީ އެޓީމަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.

ރަފީނިއާ، ބާސެލޯނާ އަށް ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ޖެހި ގޯލަށް ފަހު ދެވަނަ ހާފުގައި ބިލްބާއޯ އިން ވަނީ ބާސެލޯނާގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާ ކޮށްފަ އެވެ. މެޗުގެ އެންމެ ފަހު ސިކުންތުކޮޅު ތެރޭގައި އިނާކީ ވިލިއަމްސް ގޯލެއް ވެސް ކާމިޔާބު ކޮށްދިނެވެ. އެކަމަކު ވީއޭއާރުން ވަނީ ޓީމު ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިފައި ވާކަމަށް ބަލައި ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އޭނާއަކީ ބިލްބާއޯގެ ސަޕޯޓަރުންނަށް އަބަދުވެސް ވަރަށް ބޮޑަށް އިހުތިރާމް ކުރާ މީހެއް ކަމަށާއި ނަމަވެސް ރޭގެ މެޗުގައި ފެނުނު "އަދާވާތްތެރި" މާހައުލާ ގުޅިގެން އޭނާ ހުރީ "ހައިރާންވެ އެކަމާ ހިތާމަ ކުރާ ހާލުގައި" ކަމަށެވެ. އަދި ސާބިތު ނުވާ ތުހުމަތުތަކަކަށް ބިނާކޮށް ފާޑު ކިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"ލޮކަ ރޫމުގައި ނެގްރެއިރާ ގެ މައްސަލައާ ގުޅޭގޮތުން އަހަރެމެން ވާހަކައެއް ނުދައްކަން، ޔޫރަޕް ގައި ވެސް އަހަރެމެންނަށް އޭގެ ސަބަބުން ކުރިމަތިވެދާނެ އަދަބަކާ ގުޅޭގޮތުން ވެސް އަހަރެމެން މަޝްވަރާއެއް ނުކުރަން. އަހަރެމެންނަކީ ޕްރޮފެޝަނަލް މީހުން، އަހަރެމެން ޖެހޭނީ ކުޅުމަށް ފޯކަސް ކުރަން. މިކަންކަމާ ގުޅޭގޮތުން ކުލަބުގެ ރައީސް ވަނީ ވާހަކަ ދައްކާފައި،" ޔޫއެފާ އިން އަންނަ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ބާސެލޯނާ ސަސްޕެންޑް ކޮށްފާނެ ކަމަށް ބުނާ ރިޕޯޓްތަކާ ގުޅޭގޮތުން ޒަވީ ބުންޏެވެ.

ޒަވީ އިތުރަށް ބުނީ ކުޅުންތެރިންގެ ފަރާތުން ފެންނަ ހިތްވަރަށް އޭނާ ފަހުރުވެރި ވާ ކަމަށާއި، ލީގު ކާމިޔާބު ކުރަން އަމާޒު ހިފާފައި ވާތީ އެކަމާ ޕްރެޝަރު ވެސް ކުރިމަތި ވާކަމަށެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނިފޮނިޓައްޕު ކުމާރު

13 March 2023

ޑޮލަރުއަޅަންޏާ އަޅާ މާލެއަށް. އެހެނަސް ޚާލިސް. ވަގުޑޮލަރު އަޅައިގެންނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454