ޚަބަރު / ޖުމްހޫރީ ޕާޓީ

ގާސިމްގެ ތަރުޖަމާނަކަށް އަމީން، ޖޭޕީގެ އިސް ތަރުޖަމާނަކަށް އަނެއްކާވެސް އަލީ ސޯލިހް

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް ޑރ. ހުސައިނާއި އިބްތިޝާމް އަދި އާމާލް ވެސް މިއަދު އައްޔަން ކުރައްވާފައި.

އަލީ ސޯލިހު (ކ) އާއި އަމީން

14 މާޗް 2023 - 22:48

14 comments

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ތަރުޖަމާނަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި އެ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން ކަމަށް މިހާރު ވެސް އެ މަގާމު ފުރުއްވާ އަލީ ސޯލިހު، ގާސިމް މިއަދު އަލުން އައްޔަން ކުރައްވައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޔަގީން ކުރެވޭ ގާސިމް އެކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

އަމީނަކީ ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދޭން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުގެނެވުމުގެ މައްސަލާގައި ކުރިމަތިވި ފިއްތުންތަކާ ގުޅިގެން މި ސަރުކާރުން އިސްތިއުފާ ދެއްވާފައިވާ ބޭފުޅެކެވެ. އޮކްޓޯބަރު 21، 2020 ގައި ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ޖޭޕީ އަދި ސިޔާސީ ކަންކަމާ ވެސް އަމީން ހުންނެވީ ދުރުގަ އެވެ. އެކަމަކު، މިދިޔަ ދެ މަހެއްހާ ދުވަހު އޭނާ ވަނީ އެ ޕާޓީގެ ބައެއް ހަރަކާތްތަކުން ފެނިފަ އެވެ.

ކުރީގެ ގައުމީ ޕާޓީން ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި އަމީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އަމީން ކުރެއްވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަންގެ މަގާމު ފުރުއްވާތާ 10 އަހަރު ވެއްޖެ އެވެ. އަލީ ސޯލިހު ފާހަގަކުރެވިފައި ވަނީ މީޑިއާއާ ގާތް އަދި އެ ޕާޓީއާ ގުޅޭ ގިނަ ކަންކަން މީޑިއާއާ ހިއްސާ ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަލީ ސޯލިހު ވަނީ ރާއްޖޭގެ ދެވަނަ ސިޔާސީ ޕާޓީ ޑީއާރުޕީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްކަމާއި މީޑިއާ ކޯޑިނޭޓަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ.

ގާސިމްގެ ތަރުޖަމާނަކަށް އަމީން އަދި ޖޭޕީގެ އިސް ތަރުޖަމާނުކަމުގައި އަލީ ސޯލިހު ބަހައްޓަން ނިންމެވުމުގެ އިތުރުން ގާސިމް މިއަދު ވަނީ އޭނާގެ ސްޕެޝަލް އެޑްވައިޒަރުންނަށް އިތުރު ތިން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެއީ މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ކުރީގެ ހެލްތު މިނިސްޓަރު އިބްތިޝާމް އާދަމާއި ކުރީގެ ޕްރިންސިޕަލް އާމާލް އަލީ އެވެ.

އޭގެ ތެރެއިން ޑރ. ހުސައިނަކީ ޖޭޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ އިންތިހާބުން ފެއިލް ވެފައިވާ ބޭފުޅެކެވެ. އެކަމަކު، އޭނާ ވަނީ ބަލި ގަބޫލު ކުރައްވައި ކޮންމެ ހާލެއްގައި ވެސް ޖޭޕީއާ އެކު ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގާސިމް ވަނީ އޭނާގެ ސްޕެޝަލް އެންވޯއިއެއް ވެސް އައްޔަން ކުރަން ނިންމަވައިފަ އެވެ. އެކަމަކު، އެއީ ކޮން ބޭފުޅެއްކަން އަދި ނުނިންމަވަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާ އެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެއީ މިހާރު ވެސް މި ސަރުކާރު ހިންގާ ކޯލިޝަންގެ މުހިންމު ބައިވެރިއަކަށް ވާތީ، އެ ބަދަލާ އެކު ސިޔާސީ މަސްރަހުގެ ޗާޓް މުޅިން އާ ގޮތަކަށް ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

14 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 38%
icon wow icon wow 38%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނިޓައްޕހު ހަސަނު

15 March 2023

ތި ގައްދޫ އަމީނަކީ ކަމުދާ މީހެެއް ނުން. ވެންޓިލޭޓަރު ގަތުމުގެ ކަންތައް ހިންގާލިގޮތް ބަލާ.

The name is already taken The name is available. Register?

ހާމިދު ޝާޙިދު

15 March 2023

އަމީންވެސް ނިދާފައި އޮތުމަށްފަހު އިންތިހާބު ބޯމަތިވީމާ ހޭލެވިގެން އެއުޅެނީ. އަދި ވެންޓިލޭޓަރު ތަކުން ކުރި ވައްކަމާއި، ހެލްތް މިނިސްޓްރީގައި އޭނާ އުޅުއްވަން ގަނޑުވަރެއް ބިނާކުރުމުގެ ވައްކަމާ ކަންކަން އޮތީ ނުބެލި ޕާކު ކުރެވިފައި.

The name is already taken The name is available. Register?

ބޮޑުމީހާ

15 March 2023

އަންނިއަކަސް، ޔާމީނަކަސް، އިބޫއަކަސް ކޮންމެ ވެރިކަމެއްގައި މިމީހުން އެބައުޅޭ، މިއަށްވުރެ ނަސީބުވެރިންތަކެއް މިގައުމުގަ ނެތް. ހުރިހާ ވެރިކަމަކަށްވެސް ފިޓް

The name is already taken The name is available. Register?

މަގޭ ޚިޔާލު

15 March 2023

މާ ބޮޑަށް މޭކަޕް ކުރުމުގަ ވަގުތުދުއްވާލާ މީހުން އެޑްވައިޒަރަށް ލައިގެން ވަގުތު ނަގާލައި އުޅުމަށްވުރެ ކަންކަމުގަ ސީރިޔަސް ކަމައި އެކު އުލޭނެ މީހުން ޖަމާކޮށްގެން ނިކުތުން ބުއްދިވެރި

The name is already taken The name is available. Register?

އަބްޑޫޅް

15 March 2023

މި އަމީނު މިއީ ސިޔާސީ މޫސީގީ ގޮނޑި (كرسي الموسيقية السياسية) ކުޅޭ މީހެއްތަ؟

The name is already taken The name is available. Register?

އިޙްސާސް.

15 March 2023

ވެންޓިލޭޓަރު ވަގުންތައް ކޮބާހޭ؟

The name is already taken The name is available. Register?

އަޙްމަދުދީ

15 March 2023

ކަމަކު ނުދޭ. އެތައް ތާއީދެއް ގެއްލެޭނެ. އަވަހަށް ދުރުކުރޭ.

The name is already taken The name is available. Register?

އުދުހޭ

15 March 2023

ކޮންމެހާލެއްގައިވެސް ހުންނާނެދޯ މިނިސްޓަރުކަން ދިނީމަ

The name is already taken The name is available. Register?

ބައިކަރުން

15 March 2023

ވެންޓިލޭޓަރު ކޭ ބައިގަޑަށް ދައުވާ ނުކުރެވެނީ މިހެންވެ.

The name is already taken The name is available. Register?

ޑެބީ

14 March 2023

ގާސިމް ދިވެހި ބަހުން ދިވެހިންނާ ދައްކާ ވާހަކަ ތަރުޖަމާ ކުރާނެ މީހަކުވެސް ހުންނަން ޖެހޭތަ؟ ހަމަޖެހޭ މީހަކު ލިނަމަވެސް އޯކޭ އެކަމުދެން މިއަމީން އަހަރެމެން ބަލައެއް ނުގަންނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454