ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމައިފި

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް: މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ކައުންސިލުން ވަނީ ފާސް ކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާ އެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ދެންމެ ފާސްކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.

ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބުކުރުމަށެވެ.

ގާސިމް ވެސް ބައިވެރިވެވަޑައިގަތް ކައުންސިލް ބައްދަލުވުމުގައި މިގޮތަށް ނިންމި އިރު ސަރުކާރު ކޯލިޝަންގައި މިވަގުތު އޮތް ޖުމްހޫރީ ޕާޓީއަށް އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް އިއްތިހާދުވެ ކުރިއަށް ދިއުމަށް ދައުވަތު ދީފަ އެވެ. އެ ދައުވަތު ދީފައި ވަނިކޮށް ޖުމްހޫރީ ޕާޓީން ހުށަހެޅި ގަރާރުތަކުގައި އެ ޕާޓީން އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރަން ހުށަހަޅާފައި ވިޔަސް މިހާތަނަށް ގާސިމް ގޮތެއް ނުނިންމަވާތީ ޖޭޕީގެ ނިންމުން އޮތީ ކަށަވަރު ނުވެ އެވެ.

މިއަދު ހަވީރު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ކައުންސިލުން ނިންމީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރަން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކައުންސިލްގެ މިއަދުގެ ނިންމުމާ އެކު ޖުމްހޫރީ ޕާޓީގެ ފަހަތަށް އަރައި އިންތިހާބަށް ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކަށް އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

ގާސިމް މި ފަހުން ގެންދެވީ މިި ސަރުކާރު ހިންގަން އެކުލަވާލި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުހިނގާ ކަމުގެ ހިތްހަމަނުޖެހުންތަކާ އެކު އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމާ ދުރު ވިސްނުމެއް ނެރުއްވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ކެމްޕޭން "ތައްޔާރު" ޖަލްސާގައި ގާސިމް ވިދާޅުވެފައި ވަނީ އަބަދު "ދަލު ބޭރުގައި" ތިބޭ ވަރަށް ވުރެން އެ ޕާޓީގެ ސައިޒާއި މަގްބޫލުކަން ވެސް މާ ބޮޑު ކަމަށެވެ. ރައްޔިތުންނަށް އެ ޕާޓީން ބޭނުންވާ ގޮތަށް ހިދުމަތް ކޮށްދެވެން އޮތީ ޖޭޕީގެ ވެރިކަމެއްގައި ކަމަށް ވިދާޅުވެފައިވެ އެވެ.

ގާސިމް ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީގެ ބައިވެރިވުން ނެތި މިހާތަނަށް އެއްވެސް ބަޔަކަށް ވެރިކަމަކަށް ނާދެވެ އެވެ. އެމްޑީޕީން 2008 ގައި ވެރިކަމަށް އަދި 2013 ގައި ޕީޕީއެމާއި 2018 ގައި މި ވެރިކަން އުފެދުނީ ވެސް ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިގެންނެވެ.

ޖޭޕީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި އެ ޕާޓީގެ ބައެއް އިސްބޭފޫލުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އާ ގާނޫނުއަސާސީއަށް ފަހު މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ވެސް ޖޭޕީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ނުކުންނަވަ އެވެ. އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓަކަށް ގާސިމް ހަމަޖައްސާފައި ވަނިކޮށް އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ޕާޓީތައް އިއްތިހާދުވެ ފުރަތަމަ ބުރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިންތިހާބުކޮށްފަ އެވެ.

އެ ނޫން އިންތިހާބުތަކުގައި ޖޭޕީއަކީ ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބޭ ޕާޓީ އެވެ. އެންމެ ގިނަ ވޯޓު ހޯދަނީ އެމްޑީޕީ އާއި ޕީޕީއެމުން ނެރޭ ކެންޑިޑޭޓުންނެވެ.

ޖޭޕީން މި ފަހަރު އިންތިހާބުގައި އެކަނި ވާދަކުރަން ޖެހޭ ސަބަބެއް ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރުން ހިސާބު ޖަހަމުން ދިޔައީ، އެމްޑީޕީ އެކުގައި ނުނިކުމެވޭ ވަރަށް ދެބައިވެފައި އޮތުމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާ ހެދި ޖުމްހޫރީ ޕާޓީއަށް ކުރިއަށް ވުރެން ފުރުސަތު ބޮޑު ކަމަށް ފެންނާތީ އެވެ.

127 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 1%
icon angry icon angry 51%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންދަލޫސިޔާ

16 March 2023

އިއްތިފާޤުވުމަކީ އެންމެންގެ ރުހުން ލިބުން! ސަމީރު ވޯޓު ނުދޭއިރު ކިހިނެތް އިއްތިފާޤަކަށްވީ؟

The name is already taken The name is available. Register?

ޢެޑްމުންޑޯ

15 March 2023

ނަހުލާ މަގާމް ވަކޮއްބަލަ ، އެހާ ހިސާބުން ގާސިމް ސައިޒްވީ ،

The name is already taken The name is available. Register?

ކަތްދަ23

15 March 2023

ގާސިމް އިންދަޖެހިގެން ދުއްވައިގަނެގެން ޞާލިޙް ހޯދަން ނާންނާނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

އެމްސް

15 March 2023

އެއަށްވުރެ ގިނައިން މިދައުރުގަވެސް ކައްވާލައިފި.

The name is already taken The name is available. Register?

Happ? birthday happy

15 March 2023

ޜިޕް ގާސިމް ދުވަސް ތި ދިޔައީ!!

The name is already taken The name is available. Register?

އިބޫ2023

15 March 2023

އިބޫ ސޯލިހު 2023 ވަނަ އަހަރު ވެރިކަމަށް ހޮވަންޖެހޭ ސަބަބު މެދުވެރިވެއްޖެ!

The name is already taken The name is available. Register?

ކޮއްކޮއަމް

15 March 2023

ކުރީ ސަފުހާ ޕީޕީ

The name is already taken The name is available. Register?

ސުއްބު

15 March 2023

ވިޔަފާރިވެރިން ވެރިކަމާ އުޅުނީމަ ދެންވާނި ކިހިނެތް. ހިތް ނުފުރޭ ދަހިވެތިކަމެއް ވީމާ އެވަރަށް މުދަލާ ފައިސާ ދެއްވީމަވެސް ވެރިކަމާވެސް ފުމެނީ

The name is already taken The name is available. Register?

ޙިނި

15 March 2023

ތިވީ ގޮތުން ވަރައް ގިނަ ޕަސްޓްލޭޑީން އުޅޭނެ

The name is already taken The name is available. Register?

ޕަކާސް މަނިކެ

15 March 2023

ސޯލިބޭ ދެން ލަލަލާ

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

15 March 2023

މިސަރުކާގެނެސް މިސަރުކާރު ހިފަހައްޓަން ކޮނޑުވިއްދައިގެން ހުރި އެކަކަށްވެސް ރައްޔިތުން ވޯޓުދިނުމުގެ ބޭނުމެނެތް މިވެރިކަންމިހާ އަނިޔާވެރިވެފަސާދަވީ ގާސިމާ ނާޒިމާ މައުމޫނާ އުމަރާ އިމުރާނާ ސަންޝިޔާމާ މިމީހުން ހަނުތިބުމުން މަޖުލިހުގަތިބެ މިސަރުކާރު ޒިންމާކުރަން ކުރިމަސައްކަތެނެތް ގާސިމުއޮތީ ސަންއައިލެންޑުގަ ނާޒިމު އާސީސީހިންގުމުގަ ދައުރުނިމި އާއިންތިޙާބަކަށް6މަހަށްވީމަ ސަރުކާރާތިމަންނަޔާބެހޭކަމެނޫނޭ ބުންޏަސް ދެންބުނެވޭނީ ވެރީސޮރީއޭ.ރޔާމީން އިންޝާﷲ2023

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454