ވިޔަފާރި

ފެނާއި ކާބޯތަކެތި ޓެސްޓުކުރާ ލެބެއް އޭއެމްޑީސީން ހުޅުވައިފި

އޭއެމްޑީސީގެ ލެބް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭއެމްޑީސީ ގެ ޗެއާމަން އާދަމް ނައީމް (ކ). ޓޫރިޒަމް މިނިސްޓަރު ޑރ. އަބްުދﷲ މައުސޫމް (ވ). އަށް ހަނދާނީ ފިލައެއް އަރުވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

26 މާޗް 2023 - 11:39

1 comments

އޭއެމްޑީސީ ކްލިނިކުން ކާބޯތަކެއްޗާއި ފެން ތަހުލީލުކުރުމަށް ލައިފް ސައިންސަސްގެ ފުޑް އެންޑް ވޯޓާ ޓެސްޓިން ލެބޯރެޓަރީއެއް ހުޅުވައިފި އެވެ.

މިދިޔަ ހަފުތާގައި އެ ލެބޯރެޓަރީ ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

އޭއެމްޑީސީން ބުނީ މިއީ ފުޑް އެންޑް ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ބޭނުންވާ އެކި ކަހަލަ ތަހުލީލުތައް ސީދާ ރާއްޖެއިން ކުރެވޭނެ މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ހުޅުވި ލެބެއް ކަމަށެވެ. ކާބޯތަކެއްޗާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެ ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެ ލެބްގެ ސަބަބުން ލުއި ފަސޭހަކަން ހޯދައިދިނުމަކީ ވެސް މަގްސަދެއް ކަމަށް ބުންޏެވެ.

އޭއެމްޑީސީން އަލަށް ހުޅުވި ލެބްގައި ތަހުލީލެއް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމަށް ވަނީ އޭއެމްޑީސީގެ ފަރާތުން ހަނދާނީ ފިލައެއް ދީފަ އެވެ. އެ ރަސްމިއްޔާތުގައި ބައެއް ރިސޯޓުތަކުގެ އިސްވެރިންނާއި ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެކި ހިދުމަތްތެރިން ބައިވެރިވެވަޑައިގަތެވެ.

އެ ލެބް ހުޅުއްވައިދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، އެ ފަދަ ލެބަކީ ކާބޯތަކެއްޗާއި ގުޅުން ހުރި އެކި ވިޔަފާރިތަކާއި ހާއްސަކޮށް ޓޫރިސްޓް ރިސޯޓްތަކާއި ޓުއާ އޮޕަރޭޓަރުންނާއި މުޅި ހޮސްޕިޓަލިޓީ އިންޑަސްޓްރީ އަށް ބޭނުންތެރި ލެބެއް ކަމަށެވެ. އަދި މިފަދަ ލެބެއްގެ ހިދުމަތް ރާއްޖެއަށް ތައާރަފްވުމުން އުފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭއެމްޑީސީގެ އާ ލެބް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ރިސޯޓް އަދި ހޮޓެލް އިންޑަސްޓްރީގައި ފެނާއި ކާބޯތަކެތީގެ ކޮލިޓީ ބައިނަލްއަގުވާމީ ވަކި ފެންވަރެއްގައި ހިފަހައްޓައި ފެނާއި ކާބޯތަކެތީގެ ރައްކާތެރިކަން ހުރި މިންވަރު ކަށަވަރު ކުރުމަކީ ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުމަށް ވެސް ސަމާލުކަން ދޭން ޖެހޭ މުހިންމު ކަމެއް. މި ހުޅުވިގެންދިޔަ އޭ.އެމް.ޑީ.ސީ ލައިފް ސައިންސަސް ގެ ފުޑް އެންޑް ވޯޓާ ޓެސްޓިން ލެބޯރެޓަރީގެ ސަބަބުން މިދެންނެވި އިންޑަސްޓްރީތަކުގެ ބޭނުމަށް ސީދާ ރާއްޖެއިން ފުޑް އެންޑް ވޯޓަ ޓެސްޓިން ގެ ހިދުމަތް ލިބިގެންދާތީ ވަރަށް އުފާކުރަން. މިއީ ވަރަށް ބޭނުންތެރި ހިދުމަތެއް." މިނިސްޓަރު ވިދާޅުވި އެވެ.

އޭއެމްޑީސީގެ ޗެއާމަން އާދަމް ނައީމް ވިދާޅުވި ގޮތުގައި ކާބޯތަކެއްޗާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގިނަ ބަޔަކު ބޭނުންވެފައި ތިބި ހިދުމަތެއް ކަމަށާއި އެއީ އާއްމު ސިއްހަތަށްޓަކައި ވެސް ބޭނުންޖެހިފައިވާ ހިދުމަތެއް ކަމަށެވެ.

ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެ ލެބުން ހިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ހިދުމަތް ލިބޭ ގޮތަށް ލެބު ހުޅުވުމުގެ ސަބަބުން އެންމެންނަށް ވެސް ކާބޯތަކެއްޗާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭއެމްޑީސީން ހުޅުވި ލެބަކީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ހަދާ ލިޖީއޯނޭއްލާ އަށް ހަދާ ޓެސްޓް ފަދަ ގިނަ އަދަދެއްގެ ޓެސްޓްތައް ހެދުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް ލުޔެއް ގެނެސްދޭނެ ލެބެކެވެ. އަދި ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން އެތައް ދުވަހަކު ނަތީޖާއަށް އިންތިޒާރު ކުރަންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެއެވެ.

ލެބްގެ ބައެއް މުވައްޒަފުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަލަށް ތައާރަފް ކުރި މި ހިދުމަތުގެ ސަބަބުން، ކާބޯތަކެއްޗާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ފުރުސަތު އާއްމުންނަށް ވެސް ލިބޭނެ އެވެ. މި ކަމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމެކެވެ.

އައިއެސްއޯ ލެވެލް 8 ފެންވަރުގެ ކްލީން ރޫމެއް ހިމެނޭ އެ ލެބް ތައްޔާރުކުރުމުގައި އެ ތަނަކީ ސާފު މާހައުލަކަށް ހެދުމަށް ވަނީ ހާއްސަ ސަމާލުކަމެއް ދީފަ އެވެ.

އެ ލެބުން ލިބެން ހުރި ހިދުމަތްތަކުގެ ތެރޭގައި މައިކްރޯ ބަޔޮލޮޖިކަލް ތަހުލީލުތަކާއި ކާބޯތަކެތީގައި ހިމެނޭ ވިހަ މާއްދާތަކާއި އިންސާނާގެ ހަށިގަނޑަށް ނޭދެވޭ އަސަރެއް ކޮށްފާނެ ފަދަ މާއްދާތަކަށް ޓެސްޓުކުރުން ހިމެނެ އެވެ. އޭގެ އިތުރުން އާންމުކޮށް ނުފެންނަ އެތައް ބެކްޓީރިއާކަށް ޓެސްޓުކުރުމުގެ ހިދުމަތް ވެސް އެ ލެބުން ލިބޭނެ އެވެ.

އެ ލެބަކީ ފަތުރުވެރިކަމުގެ ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް އއިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާނެ ތަނެކެވެ.

އެ ލެބް ހުޅުވީ މ. ހުދުއަސުރުމާ ހިޔާގެ ދެ ވަނަ ފްލޯގަ އެވެ. މި އިމާރާތަކީ އޭއެމްޑީސީން ދާދި ފަހުން ހުޅުވި ފިޒިއޮތެރަޕީ ޑިޕާޓްމަންޓު ވެސް ހުންނަ އިމާރާތެވެ.

އޭއެމްޑީސީ އަކީ ރާއްޖޭގައި ސިއްހީ ހިދުމަތް ދޭތާ އެންމެ ދުވަސްވީ އެއް ކުލިނިކެވެ. މި ކުލިނިކު ހުޅުވީ 1991 ވަނަ އަހަރު އެވެ. މި ކުލިނިކުގެ ހިދުމަތް ދެމުންދާތާ މިހާރު 31 ވަނަ އަހަރު ވަނީ ވެފަ އެވެ.

ނޯޓު: މިއީ އޭއެމްޑީސީގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަހުމަތު ސުކިރަން

26 March 2023

އަދި ކިރިޔާ މި އެނގުނީ. ނޮވެމްބަރު ތިނަކާ ގުޅިގެން ނިކަން ގިނައިން އިވޭ ދެ ނަމެއް އާދަމް ނައީމްއާ ހުދުއަސުރުމާގެ. ޙާއްސަކޮށް މައުމޫނުގެ އާއިލާ މީހުން އެ ވާހަކަތައް ކިޔައި ދޭއިރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454