ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރިއަށްދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 މާޗް 2023 - 13:09
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގެނައި ބޮޑު ބޯޓު، ރުމޭލާ ފޮނުވާލީ މި ވަގުތަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށް ފަހު ކަމަށް ބްރިޖު އޮފީހުން މިއަދު ބުނެފި އެވެ.
ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، ރުމޭލާ މިދިޔަ އާދިއްތަ ދުވަހު ފޮނުވާލީ މި ވަގުތަށް އެ އިން ކުރަންޖެހޭ މަސައްކަތެއް ނެތުމުން ކަމަށެވެ. ބޯޓު ފޮނުވާލުމުގައި އިތުރު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރުމޭލާ އަކީ ޖިއޯ ޕައިލް ލައިން އެޅުން ފަދަ މަސައްކަތްތަކަށް، ބްރިޖު އަޅަން ހަވާލު ކޮށްފައިވާ އެފްކޮންސް އިން މިދިޔަ އަހަރު ގެނައި ބޯޓެކެވެ.
"ބްރިޖު ހެދުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ރާއްޖޭގައި. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭ އެބަ،" ޖިނާން ވިދާޅުވި އެވެ.
މާލޭގައި ކަނޑުގައި ޖަހާ ދެ ތަނބުގެ ޕައިލިންގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ވިލިމާލެ ކައިރިން ކަނޑުގައި ޖަހާ ހަ ތަނބެއްގެ ޕައިލިން މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ އަންނަ ޑިސެމްބަރު މަހު ބްރިޖުގެ މަސައްކަތް މާލެއިން ވިލިމާލެއަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އަންނަ އަހަރު މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ އޮގަސްޓް 26، 2021 ގަ އެވެ. އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
30 March 2023
އަހަރެންވެސް މިތިބީ ޗައިނާ މީހުން ސިނަމާލެ ބްރިޖް އެޅިތަން ހަމަ ލޮލުން ވަރަށް ކައިރިން
އެއްފަސް އަލީ
29 March 2023
ޤައުމު ތަރައްގީ ކުރުމުގައި އަދު މިފެންނަނީ ވާހަކައިން މުޅި ޤައުމު ރަންގިރިޓީވެ އުޖާލާކުރި ރާއްޖެ އެކެވެ
ޖާބިރު ް
29 March 2023
އަދިވެސް ދޮގޭ ހަދަނީ. މަސައްކަތް ނެތިގެންނެއް ނޫން ފޮނުވާލީ. އެޔަށް ފައިސާ ނުދައްކައިގެން ގެންދިޔައީ !
ރަމްޒީ1
30 March 2023
އެނީ ޕުރޫފް އޮތީޔާ ހިއްސާ ކޮށްލަދީބަލަ
ސުން ސަނަނަނަނާނާ
29 March 2023
ބްރިޖު ހެދުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ރާއްޖޭގައި. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭ އެބަ،" ޖިނާން ވިދާޅުވި އެވެ. އެކަމަކުދޯ. ކިހިނެތްތަ ދެން ރައީސް ވިދާޅުހެން ދައުރު ނިމުމުގެ ކުރިން ވޯޓުލުމުގެ ކުރިން ބުރިޖުމަތިން ހިގާލާފަ ވިލިގިއްޔަށް ދާނީ. އަވަސްކުރަން 40 ބިލިޔަން ވެސް ދިނެއްނު. ނެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެނު. ގާހަކަ އަކީ ތާކު މަދިއްޕާފަ އިންނަ ގޮލައެއް. މި ބުރިޖަކީ އެކަހަލަ ގޮލައަކީހަމަ.
އެމްސް
29 March 2023
މާނައަކީ އޭގެއިން ބްރިޖުގަ ކުރަން ހުރި ކަންކަން ނިމުނީ އޭ!
ޑޮންކީ
29 March 2023
ތީ ދިވެހިންގެ ނަސީބު .. އެއްގަމާވީކޮޅުން ޖަހާ ތަނބުތަކުގެ ފަލަމިންބަލާ .. ގެއެއްގެ ތަނބުޖަހާއިރު މިއަށްވުރެ ފަލަ ދަނގަނޑު ބޭނުންކުރަނީ . ތިޔައެންމެންވެސް އަވަހަށް ޕެކުކޮއް ރުމޭލާގަ ފުރުވާލާ
އަދިއެބަ އަންނަން
29 March 2023
މަ އަންނާނަން އަދި ވަރި ސާބިތުކުރަން. ހަރަދު ލައްވަން -އެކުވެރި ރުމައިލާ-
ޢަރަބި މުދައްރިސް
29 March 2023
"ރުމައިލާ" މިނަމުގެ މާނައަކި ކުޑަ ވެލިފުކެއް.
ދޮންމަނިކުބޭގެކުޑަޅިޔަންސޮރު
29 March 2023
މިހާރު އެއްޗެއްނުނަގާތާ ދޭތެރެ ތަންކޮޅެއް ދުރުވީހެންހީވަނީ. އެހެންވީމާ ރުމޭލާ ގެންނަން އިތުރު ދެތިން މިލިއަން ނަގާފަ ދޭންވީ. އެހެންނުނީ މިވަގުތަކަށް ކަމެއްނެތިގެން އެއްޗަކުން އެއްޗަކުން ދާނީ. ކަމެއްނެތިގެން ދެންދާނީ ބޮޑުމަރުތޭލު. މިއުޅެނީ ބުރިޖު އަޅަން އިގޭގުރޫޕެއްނޫން. ލާރިދެވިގެން މިއުޅެނީ ހުދުމާ ކަންމަތީގަ އުޅޭ ފާޑުގެ ބޮންދުގުރޫޕަކަށް .
އައްޑޫ123
29 March 2023
މި ސަރުކާރައް ވޯޓްދޭނީ ގަމާރުން