ހައި ކޯޓް: ހިލްޓަނަށް ފައިސާ ދޭން ސަން ކުންފުނީގެ މައްޗަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން ވަނީ އަންގާފައި -- ފޮޓޯ/މިހާރު
02 އެޕްރީލް 2023 - 17:09
ހިލްޓަނަށް ދޭން އަންގާފައިވާ 24 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާ ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.
އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ކުންފުނީގެ މައްޗަށް އަންގާފައިވާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ސިވިލް ކޯޓުން ހުކުމްކުރި އެވެ.
އެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން މިއަދު ނެރުނީ އެ ހުކުމް އިސްތިއުނާފްކުރަން ސަން ޓްރެވަލްސްގެ ފަރާތުން ހުށަހަޅާފައިވާތީ އެވެ. ހައި ކޯޓުގެ އަމުރުގައިވަނީ އެ ހުކުމަށް އަމަލުކުރުން ފަސްނުކޮށްފިނަމަ ސަން ކުންފުންޏަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ސަން ޓްރެވަލްސްގެ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލުމުން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އެންގީ 2015 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިވަންކޯޓް
05 April 2023
ހުކުން އިއްވުމާއިއެކު ރައީސްއަށް ތާއީދު. ދެން މިއިވުނީ ފަސްކުރިވާހަކަ. ކިހިނެއްވާކަމެއްބާ؟
އައްމި
03 April 2023
ކަލޯގަޔާ ހަދިޔާ އެއްދިނީތޯ؟ މިވެސް ސަރުކާރެއްތޯ ޖަންޖަލީގެ ޤާނޫނު މިތާ މިއޮތީ. މިސަރުކާރު ބަދަލް ކުރަން ޖެހޭނެ
ފިނރުޓޭ
03 April 2023
ބަލަ 10 އަަހަރުވަނިއްޔޭ ކޯޓުގެ ހުކުމެއް ތަންފީޒު ނުވެގެން އުޅޭތާ! ދެން ބުނޭ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އަންނާނެ ގޮތެއް! މީނަ ސަރުކާރަށް ތާއީދު ކުރަން މި ނިންމީވެސް މި ކަހަލަ ކޮންމެވެސް ކަހަލަ ވިޔާފާރީގެ ފައިދާގަޑެއް ހޯދުމުގެ ބޭނުމުގައި ކަމަށް ދެކެނީ އިނގޭ!
ހިންނަ
03 April 2023
އިބޫއަކީ އެއްވެސް އިރެއްގައި ރަނގަޅު މީހެއް ނޫނެވެ. ދެވަނަ ދައުރެއް މީނާއަށް ދީފިނަމަ ގައުމު އެއްކޮށް ހަލާކުވާނެ.
ހުސެން.
03 April 2023
ޔާމީން ވަރެއް ނެތް. އޭނަޔަށް ވޯޓް އަޅާނީ.
ދުޅަހެޔޮނިޒާމު
03 April 2023
ރާއްޖޭގައި އެންމެ މިނިވަނީ ކޮންތަނެއް؟ ޝަރުއީ ނިޒާމު. ރާއްޖޭގައި ކޯލިޝަން ހަދަނީ ކީއްކުރަން. އާޓިކަލް ކިޔާލާފަ އަލުން ސުވާލުކުރޭ
އެމްސް
03 April 2023
މިޤައުމުގަ އެންމެ މިނިވަނީވެސް ބިދޭސީން!
ދޮހޮއްތު
03 April 2023
ގައުމުގެ ހާލަތު ކުޑަމިންވަރެއް . ވިސްނާ ފިކުރުކުރާ މީހުނައް އިބްރަތެއް
ނަނާ241
02 April 2023
ކުޅެދޭ މީހާ ނުކުޅެދޭމީހާ އަށް ހަދާލީ
އަދުލުު
02 April 2023
ޝަރުޢީ ނިޒާމް ގަޑުބަޑު ކޮށްލައިފި ފަސްއަހަރުގައި އަދުލަށް ހުކުމް ވެވޭނޭ ފަދައެއް ނުވާ ގޮތެއްގައި ވެރިކަމުގެ ބާރު ދައްކާ ސަރުކާރަކާއި ދެކޮޅަށް އެންމެން އެކީގަ ނިކުތީ ވެރިކަން ބަދަލުކުރާނަން ވރކމށ އަންނަން އބ ކީހާ ޅެން ފަރިއްސަށް ވެ ނިމެނީ މި ކޮމެންޓް ޖަހަން ކެރޭނެ ބ؟
ހުސްނުހީނާ
02 April 2023
ކޯލިޝަނުގެ މޭވާ ލިބެން ފެށީބާ؟
ނުހީނާ
02 April 2023
ހަމަ ޔަގީނޭ.