އެމްޓީސީސީ ކަށަވަރު ޝޯރޫމް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 އެޕްރީލް 2023 - 12:06
އެމްޓީސީސީން ސުޒުކީ އައުޓްބޯޑް އިންޖީނެއް ދޭ ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގައި މި މަހުގެ 22ގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ފޭސްބުކް، އިންސްޓަގުރާމް އަދި ޓުވިޓާގަ އެވެ.
ޕްރޮމޯޝަނުގެ ޕޯސްޓު
ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމްޓީސީސީގެ ސޯޝަލް މީޑިއާ ޕޭޖުތަކަށް ލައިކުކޮށް ފޮލޯ ކުރުމަށް ފަހު ޕްރޮމޯޝަނާ ގުޅޭ ޕޯސްޓަށް ލައިކް ކުރަން ޖެހޭނެ އެވެ. އެއަށް ފަހު ޕޯސްޓުގެ ކޮމެންޓުގައި ބޭނުން ބަޔަކު ޓެގް ކުރެވޭނެ އެވެ. އެ ތިން ކަންތައް ފުރިހަމަ ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައިި ބައިވެރިވޭނެ އެވެ.
މި ޕްރޮމޯޝަނަކީ ރޯދަ މަހަށް ހާއްސަކޮށް އެމްޓީސީސީއިން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ އިތުރުން އެމްޓީސީސީން ވަނީ ޑިސްކައުންޓުތައް ލިބޭ ޕްރޮމޯޝަނެއް "ކަށަަވަރު ޝޯރޫމް"ގައި ފަށައިފަ އެވެ. އެ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy