14 އެޕްރީލް 2023 - 08:11
ސްޓްރީމިން ޕްލެޓްފޯމް "އެޗްބީއޯ މެކްސް" ރިބްރޭންޑުކޮށް، "މެކްސް" ގެ ނަމަށް ބަދަލުކުރަން ނިންމައިފި އެވެ.
މިދިޔަ ބުދަދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، "ވާނާ ބްރޯސް. ޑިސްކަވަރީ" އިން އެ ކުންފުނީގެ ސްޓްރީމިން ޕްލެޓްފޯމުގެ ނަމުން "އެޗްބީއޯ" އުނިކޮށް، ހަމައެކަނި "މެކްސް" ގެ ނަމަށް ބަދަލުކުރާކަން ވަނީ އިއުލާނުކޮށްފަ އެވެ.
"ވެރައިޓީ" ނޫހުން ބުނި ގޮތުގައި، "މެކްސް" އަށް ނަން ބަދަލުކުރަން ނިންމާފައި ވަނީ ޑިސްކަވަރީ ޕްލަސްގެ ގިނަ އާ ކޮންޓެންޓުތައް އުފައްދައި، އާ އޮރިޖިނަލް ސީރީޒްތަކެއް ނެރެން ނިންމުމަށް ފަހު އެވެ. އެޗްބީއޯއޭ ބުނުމުން، ކުޑަކުދިންގެ ބެލެނިވެރިން ޖެހިލުންވާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، ޑިސްކަވަރީ އަކީ ގިނައަދަދެއްގެ ކުޑަކުދިންގެ ޝޯތައް އެއާކުރާ ބައެއް ކަމަށެވެ.
On May 23, HBO Max is becoming Max — The One To Watch for all of HBO, hit series, movies, reality, and more. #StreamOnMax pic.twitter.com/GYJ4yJtkhG
— HBO Max (@hbomax) April 12, 2023
"މެކްސް.ކޮމް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު، އެމެރިކާގަ އެވެ. "ވާނާ ބްރޯސް.ޑިސްކަވަރީ" އިން ބުނާގޮތުގައި، މި ޕްލެޓްފޯމު ލޯންޗުކުރުމާއެކު، އެވްރެޖްކޮށް ކޮންމެ މަހަކު ސާޅީހަށްވުރެ ގިނަ ފިލްމާއި ސީރީޒް އެ ޕްލެޓްފޯމުގައި ރިލީޒްކުރާނެ އެވެ.
"މެކްސް" ގެ އަަގުތައް ހުރީ ތިން ބަޔަށް ބާހަލައިފަ އެވެ. އެއީ މަހަކު 10 ޑޮލަރު ދައްކަން ޖެހޭ، "މެކްސް އެޑް ލައިޓް" ޕެކޭޖާއި އާއި މަހަކު 16 ޑޮލަރު ދައްކަން ޖެހޭ "މެކްސް އެޑް ފްރީ" ޕެކޭޖުގެ އިތުރުން، 20 ޑޮލަރަށް ލިބޭ "މެކްސް އަލްޓިމެޓް އެޑް ފްރީ" ޕެކޭޖެކެވެ.
އަލަށް އިއުލާނުކުރި އަގުތަކާ އެކު، "މެކްސް" ވާނީ މިހާތަނަށް އެންމެ އަގު ބޮޑު ސްޓްރީމިން ޕްލެޓްފޯމަށެވެ.
އެޗްބީއޯއިން ގެނެސްދިން "ގޭމްސް އޮފް ތްރޯންސް" ފަދަ ގިނަ ސީރީޒްތަކަކާއި ފިލްމުތަކާއެކު "އެޗްބީއޯ މެކްސް" އެންމެ ފުރަތަމަ ލޯންޗުކޮށްފައި ވަނީ 2020 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާދޫ
14 April 2023
ރާއްޖެއަށް ލިބޭތަ؟