"އެކްސްޓްރެކްޝަން" ގެ މަންޒަރެއްގައި ކްރިސް.
23 އެޕްރީލް 2023 - 11:08
އޮސްޓްރޭލިއާގެ އެކްޓަރު ކްރިސް ހެމްސްވޯތުގެ މަޝްހޫރު ފިލްމު "އެކްސްޓްރެކްޝަން"ގެ ދެވަނަ ބައިގައި އެންމެ ޓޭކަކުން ނަގާފައިވާ 14 މިނެޓުގެ ވަރުގަދަ އެކްޝަން ސީންއެއް ހިމެނޭކަން އެނގިއްޖެ އެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ "ރުސޯ ބްރަދާސް"ގެ އާ ސީރީޒް "ސިޓަޑެލް"ގެ ވޯލްޑް ޕްރިމިއާ އިވެންޓުގައި ވާހަކަދައްކަމުން ޖޯ އަދި އެންތޮނީ ރޫސޯ ވަނީ، އެ ވާހަކަ ކަށަވަރުކޮށްދީފަ އެވެ.
"އެކްސްޓްރެކްޝަން 2"ގެ ގިނަ މަންޒަރުތައް ނަގާފައި ވަނީ ފިނީގަ އެވެ. އަދި އަނދިރި ތަންތަނުގަ އެވެ. އެ ފިލްމުގެ މި ވަރުގަދަ އެކްޝަން ސީންގައި ހެލިކޮޕްޓަރެއް ބޭނުންކުރި ކަމުގެ އިޝާރާތެއް ވެސް ރުސޯ ބްރަދާސް ދީފައިވެ އެވެ.
އެ ފިލްމުގެ ފުރަތަމަ ޓްރެއިލާގައި ޖަލެއްގެ ތެރޭ ހިނގާ ހަމަނުޖެހުމެއްގެ ތެރެއިން އަންހެނަކު ސަލާމަތް ކުރަން އެ ފިލްމުގެ ލީޑު ކެރެކްޓާ ޓައިލާ ރޭކް (ހެމްސްވޯތު) މަސައްކަތް ކުރާތަން ފެނެ އެވެ. އެ މަންޒަރުތަކުގައި އެއް ޓޭކުން ނަގާފައިވާ ސީކުއެންސްގެ ތަންކޮޅެއް ދައްކާލާފައިވެ އެވެ.
"އެކްސްޓްރެކްޝަން"ގެ ފުރަތަމަ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި އެ ފިލްމުގައި ވެސް އެއް ޓޭކުން 12 މިނެޓުގެ ޝޫޓެއް ނަގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
23 April 2023
ވެއްޓޭ ހެލިޕޭޑް އަކީ ކުޑަސައިޒެއްގެ އެއްޗެއްކަން ދޭހަވާ މަންޒަރުން ފިލްމުގެ ކޮލިޓީ އެނގިއްޖެއެވެ.
ޓިއުނާ
25 April 2023
ގޮދާމަސް ބުނަން ތިޔަ އުޅެނީ ވެއްޓޭ ހެލިކޮޕްޓަރުގެ ވާހަކަ ދޯ؟ ހެލިޕޭޑްއެއް ނޫން ދޯ؟