ވިޔަފާރި

ބިލަބޮންގް އާއި ފިންލެންޑް ސްކޫލުގެ އެޑްމިޝަނަށް ބުރާސްފަތި ދުވަހު ހުޅުވާލަނީ

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

25 އެޕްރީލް 2023 - 13:44

2 comments

އޮގަސްޓް 2023 ގައި ފަށާ އާ ދިރާސީ އަހަރަށް، ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1 ގެ އެޑްމިޝަނަށް ބުރާސްފަތި ދުވަހު ހުޅުވާލާނެ އެވެ.

އެޑްމިޝަނަށް ހުޅުވާލާނީ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައި އައިލަންޑާސް އެޑިއުކޭޝަންގެ ވެބްސައިޓުގަ އެވެ.

މި އަހަރު ގްރޭޑް 1 އަށް އެޑްމިޝަން ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ޕްރީ ސްކޫލްގެ ދަރިވަރުންނާއި އެހެން ޕްރީސްކޫލްތަކުގެ ދަރިވަރުންނާ ވެސް އެކު އެވެ.

އޮންލައިން ފޯމް ހުށަހަޅާ ތަރުތީބުން އައިލެންޑާސް އެޑިއުކޭޝަންގެ ޕްރީ ސްކޫލްތަކުގެ ދަރިވަރުންނަށް އިސްކަންދިނުމަށް ފަހު އެހެން ޕްރީސްކޫލުތަކުގެ ދަރިވަރުން ހިމެނޭހެން "ފަސްޓް ކަމް ފަސްޓް ސާވް" އުސޫލުން ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލޭގައި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލް ވެސް ހިންގާ އިމާރާތުގައި 2019 އަހަރުން ފެށިގެން ހިންގަމުން އަންނަ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޓެރްހީ މެރެންސްކީ ވިދާޅުވީ މި ސްކޫލް އެހެން ސްކޫލްތަކާއި ތަފާތުވާނެ ކަމަށެވެ. އެގޮތުން އެންމެ ހާއްސަ އެއް ކަމަކީ، ކޮންމެ ކްލާހެއްގައި ފިންލެންޑުން މާސްޓާސް ހަދައިގެން ހުންނަވާ ފިނިޝް މުދައްރިސަކާއި ދިވެހި ދެ މުދައްރިސުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާކަމެވެ.

ފިންލެންޑް އިންޓަނޭޝަނަލުން ކިޔަވާ ނިންމާ ކޮންމެ ދަރިވަރެއް ވެސް ގްރެޖުއޭޓް ވާނީ ދެ ސެޓްފިކެޓާއި އެކުގަ އެވެ. އެއީ ގްރޭޑް 9 ނިމޭ ހިސާބުން ލިބޭ ފިނިޝް ބޭސިކް އެޑިއުކޭޝަން ސެޓްފިކެޓާއި ގްރޭޑް 10 ނިންމައި އޯލެވެލް އިމްތިހާނު ނިމުމުން ލިބޭ އައިޖީސީއެސްއީ ސެޓްފިކެޓެވެ.

"ފިންލަންޑް ސްކޫލުގެ މައިގަނޑު މަގުސަދަކީ ހަމަހަމަ ކަމަށް އިސްކަންދީ ހުރިހާ ކުދިން ޝާމިލްވާގޮތަށް ކިޔެވުން ބައްޓަން ކުރުން. މި ގޮތަށް ކިޔެވުން ބައްޓަން ކުރެވޭނީ ސްކޫލު މުދައްރިސުންނަށް ސްކޫލުން ކުރާ އިތުބާރާއި، ކަރިކިއުލަމް އާއި ފޮތްތައް ވަކި ވަގުތަކަށް ނިންމަން މަޖުބޫރު ކުރުމުގެ ބަދަލުގައި ކުދިން ދަސްކުރާހިތްވާ ގޮތަށް މުދައްރިސުންނަށް ކިޔަވައިދިނުން ރާވަން މަގުފަހި ކޮއްދީފައިވާތީ." ޓެރްހީ ވިދާޅުވިއެވެ.

ފިންލެންޑް ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

އޭނާ ފާހަގަކުރެއްވި ގޮތުގައި ފިންލަންޑް ސްކޫލުގެ ތައުލީމީ ނިޒާމް ބިނާކޮށްފައި ވަނީ ކިޔެވުމުގެ ތެރެއިން އެކި ހުނަރުތައްދަސްކޮށްދޭ ގޮތަށެވެ. އޭނާ ވިދާޅުވީ ފިންލެންޑް ސްކޫލުގައި ކްލާސް ޓައިމްޓޭބަލްގެ ތެރޭގައި ގްރޫޕް ޕްރޮޖެކްޓްތަކަށް ބިނާކޮށް ފިލާވަޅުހެދުމާއި ވަޑާމުގެ ތެރެއިން އެކި ތަކެތި އުފެއްދުމާއި އަމިއްލައަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅެން ދަރިވަރުންނަށް ދަސްކޮށްދޭ ހޯމް އިކޮނޮމިކްސް ކްލާސްތަކެއް ހިމަނާފައިވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އެއް އިންޓަނޭޝަނަލް ސްކޫލްކަމަށްވާ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޑރ. ލޯރާ އޯޓާ ވިދާޅުވީ އެ ސްކޫލްގެ އެންމެ ހާއްސަ އެއް ކަމަކީ ސްކޫލްގެ ޒަމާންވީ ކަރިކިއުލަމް އެވެ. އަދި އެ ކަރިކިއުލަމް އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަރިކިލަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސްކޫލުގައި ގްރޭޑް އެކަކަށް ވަންނަ ގިނަ އަދަދެއްގެ ދަރިވަރުން ޕްރީސްކޫލް ފުރިހަމަކޮށްފައިވަނީ ކެންގަރޫ ކިޑްސް ޕްރީސްކޫލުގަ. ކެނގަރޫ ކިޑްސް ޕްރީ ސްކޫލުން ފަށާ މަންހަޖް މެދުނުކެނޑި ބިލަބޮންގްއިން އެ މަންހަޖު އުމުރާ ގުޅޭ ގޮތަށް ކުރިއަށް ގެންދަން ލިބުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް." ޑރ. ލޯރާ ވިދާޅުވިއެވެ.

ޑރ. ލޯރާ ވިދާޅުވީ ޕްރީސްކޫލް ނިންމާ، ގްރޭޑް އެކެއް ފަށާ ދަރިވަރުންނަށް އެންމެ މުހިއްމުކަމެއްގެ ގޮތުގައި، އުނގެނުމުގެ އަސާސީ ހުނަރުތައް ތަރައްގީ ކުރުމަށް ސްކޫލުން އިސްކަންދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންގެ ސިއްހަތާއި ތައުލީމުގެ ހައްގަކީ އަބަދުވެސް އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ސްކޫލްގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ އިޖުތިމާއީ، ނަފްސާނީ، އަދި ޖިސްމާނީ ސިއްހަތު ކުރިއެރުވުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އުނގެނުން ބައްޓަންކުރުން" އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރަކުވެސް އެސްކޭޖީ ނިންމާ ގިނަ އަދަދެއްގެ ދަރިވަރުން ގްރޭޑް އެކަކަށް ވެއްދުމުގައި ޖާގައިގެ ވާދަވެރިކަން ނުހަނު ބޮޑެވެ. އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލްތަކުން ޖާގަ ހޯދުމަށް އެޑްމިޝަން ހުޅުވާލާ ވަގުތު ވީހާވެސް އަބަހަށް އެޑްމިޝަނަށް ހުށަހެޅުމުން ދަރިވަރަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑު ވާނެ އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް އެކެއްގެ އެޑްމިޝަނާގުޅޭ ހުރިހާ މައުލޫމާތު އެ ސްކޫލްތަކުގެ ވެބްސައިޓުން ލިބޭނެ އެވެ.

ނޯޓް: މިއީ އައިލެންޑާސް އެޑިއުކޭޝަނުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމިއްޓޭ

25 April 2023

“ އޭނާ ވިދާޅުވީ ފިންލެންޑް ސްކޫލުގައި ކްލާސް ޓައިމްޓޭބަލްގެ ތެރޭގައި ގްރޫޕް ޕްރޮޖެކްޓްތަކަށް ބިނާކޮށް ފިލާވަޅުހެދުމާއި ވަޑާމުގެ ތެރެއިން އެކި ތަކެތި އުފެއްދުމާއި އަމިއްލައަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅެން ދަރިވަރުންނަށް ދަސްކޮށްދޭ ހޯމް އިކޮނޮމިކްސް ކްލާސްތަކެއް ހިމަނާފައިވާ ކަމަށެވެ.” ބަލަގަ ސަރުކާރު ސްކޫލްތަކުގައި މިކަންކަން ނުކުރެވެންވީ ކީއްވެ. ކޮބާތަ ބޮޑެތި ޑރ ފާސްޖަހައިގެން މަތީމަގާމުތައް ފުރާ މީހުން. ނުވަންޏާ އިސްތިއުފާދީބަލަ.

The name is already taken The name is available. Register?

އަނދިރި ފަރާތް

26 April 2023

އަދި ތިތަނުގެ އަނދިރި ފަރާތް ނުފެންނާތީ ހީވާގޮތް. އިޖްތިމާއީ ބޮޑު ބަލިމަޑުކަމެއްގެ ވިއްސާ ހާލިތަކެއް ތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454